Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ ރިޕޯޓް

މި މަންމަ އާއި ބައްޕަ ބޭނުންވަނީ ދަރިންގެ ލޮލުގެ ފެނުން ގެއްލުމުގެ ކުރިން މުޅި ދުނިޔެ ދައްކާލަން

24 ސެޕްޓެމްބަރު 2022 | ހޮނިހިރު 06:00

މި ދެމަފިރިންގެ އަޒުމަކީ ދަރިންގެ ލޮލުގެ ފެނުން ގެއްލުނު ނަމަވެސް އެއީ ނަސީބުވެރި ކުދިންތަކެއްކަން އިހުސާސް ކޮށްދިނުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 24 ސެޕްޓެމްބަރު 2022 | ހޮނިހިރު 06:00
އީޑިތު އާއި ސެބާސްޝަންގެ އާއިލާ

އީޑިތު އާއި ސެބާސްޝަންގެ އާއިލާ

ކެނެޑާގެ ދެމަފިރިން ކަމަށްވާ އީޑިތު ލެމޭ އާއި ސެބާސްޝަން ޕެލެޓިއަރގެ އެންމެ ދޮށީ ދަރި އަދި އެ ދެމީހުންގެ ހުރި އެންމެ އަންހެން ދަރިފުޅު މިއާ (12) ގެ ލޮލުގައި މައްސަލައެެއް ހުރިކަން އެ ދެމަފިރިންނަށް ފާހަގަކުރެވުނީ އޭނާގެ އުމުރުން އެންމެ ތިން އަހަރުގައެވެ. އޭނާގެ މި މައްސަލަ ފާހަގަކުރެވުނު ނަމަވެސް ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުނީ އޭގެ އަހަރުތަކެއް ފަހުންނެވެ. އޭނާ ޑޮކްޓަރަށް ދެއްކުމުން ޖެނެޓިކް ކޮންޑިޝަނެއް ކަމަށްވާ "ރެޓަނައިޓަސް ޕިގްމަންޓޯސާ" ޖެހިފައި ހުރިކަން އެނގުނެވެ. މި ބައްޔަކީ ދުވަސް ވާވަރަކަށް އިންސާނާގެ ލޮލުގެ ފެނުން ދަށްކޮށްލަދޭ ބައްޔަކެވެ.

އީޑިތު އާއި ސެބާސްޝަންގެ ކައިވެންޏަށް 12 އަހަރުވެފައިވާއިރު އެ ދެމަފިރިންނަށް ވަނީ 4 ދަރިން ލިބިފައެވެ. ދޮށީ ދަރި، މިއާގެ ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ހިތާމަވެރި ޚަބަރު އަޑުއިވުނު އެ ދެމަފިރިންނަށް ބާކީތިބި ދަރިންގެ ތެރެއިން އެންމެ ހަނގަށް ތިބި ދެ ފިރިހެން ދަރިންގެ ކިބައިންވެސް އެ ނިޝާންތައް ފެންނަން ފެށިއެވެ. އެ ދެމަފިރިންގެ ބިރު، ހަގީގަތަކަށްވީ 2019 ވަނަ އަހަރު އެ ދެ ކުދިން ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުންނެވެ. ހަތް އަހަރުގެ ކޮލިން އާއި ފަސް އަހަރުގެ ލޮރެންޓަށް ވެސް ވަނީ ދައްތަ މިއާއަށް ޖެހިފައިވާ ޖެނެޓިކް ބަލި ޖެހިފައެވެ.

ހަތަރު ދަރިންގެ ތެރެއިން ތިން ދަރިންނަށް މިބަލި ޖެހުނު ނަމަވެސް ނުވަ އަހަރުގެ ލިއޯގެ އެ ބަލި ނެތް ކަމަށް ޑޮކްޓަރުން ވަނީ ކަށަވަރު ކޮށްދީފައެވެ. ޑޮކްޓަރުންނާ ހަވާލާދީ އީޑިތު ބުނެފައިވާ ގޮތުގައި ތިން ދަރިންގ ވެސް ލޮލުގެ ފެނުން އެ މީހުންގެ އުމުރު ދެ ބައިވާއިރު އެއްކޮށް ގެއްލޭނެއެވެ. އެ ބަލި ފެތުރެމުންދާ ހަލުވި މިނެއް އަދި ފާހަގަ ނުކުރެވޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި ހިތްދަތި ޚަބަރު އަޑުއިވުނު ނަމަވެސް އީޑިތު އާއި ސެބާސްޝަން ވިސްނީ އެކަމާ ކެތް ކުރުމަށެވެ. އަދި ކުރިއަށް އޮތްތާނގައި ދަރިންގެ ދިރިއުޅުމަށް އަންނާނެ ބަދަލުތަކަށް ވިސްނައި އެ ކުދިންގެ "އާ ދިރިއުޅުމަށް" އެ ކުދިން ތަމްރީން ކުރަން ފެށިއެވެ. މިއާގެ ޑޮކްޓަރު އޭނާއަށް "ވިޝުއަލް މެމޮރީސްތައް" ނުވަތަ ސިފަ ކުރެވޭ ފަދަ ހަނދާންތައް ހޯދައިދިނުމަށް ލަފާ ދިނުމުން އީޑިތު އާއި ސެބާސްޝަން ބޭނުންވީ އެ ކުދިންގެ ލޮލުގެ ފެނުން ހުރި އިރު އާއިލާއާއެކު އުފާވެރި ހަނދާތައް ހޯދައިދިނުމަށެވެ.

އީޑިތު ބުނި ގޮތުގައި އޭނާ ބޭނުންވީ ފޮތަކުން މަންޒަރެއް ދެއްކުމަށްވުރެ ދަރިން ގޮވައިގެން އެތަނަކަށް ގޮސް އެ މަންޒަރު ހަމަ ލޮލަށް ދެއްކުމެވެ. ހަނދާންތަކެއް ދަރިންނަށް ދޭ ނަމަ ދޭން ބޭނުންވަނީ އެންމެ ފުރިހަމަ ހަނދާންތައް ކަމަށް އޭނާ ބުންޏެވެ. އެ ވިސްނުމާއެކު އެ ދެމަފިރިންގެ ދިރިއުޅުމުގެ އާ ސޮފުހާ ފެށުނީއެވެ. ދަރިންނަށް މުޅި ދުނިޔެ ދައްކާލުމުގެ ދަތުރު ފެށުމަށް ތައްޔާރުވާން ފެށިއެވެ.

ކައިވެންޏަށްފަހު ދަރިން ލިބުމުގެ ކުރިން އީޑިތު އާއި ސެބާސްޝަން އަކީ އެކުގައި އެކި ތަންތަނަށް ދަތުރުކޮށް އުޅުނު ދެމަފިރިންނެވެ. ނަމަވެސް ދަރިން ލިބުމުން ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އެ ދަތުރުތައް މަދުކުރަން ޖެހުނެވެ. ދަރިންގެ ބަލީގެ ވާހަކަ އަޑުއިވުމުން ޚަރަދުތައް ބޮޑުވުން ވެސް ފިނޭންސް ދާއިރާގައި މަސައްކަތް ކުރާ ސެބާސްޝަންއަކަށް މައްސަލައަކަށްނުވިއެވެ. އޭނާ ބުނީ ގޭގައި ތިބެގެން ކުރެވޭނެ ކަންކަން ވެސް އެބަހުރި ކަމަށެވެ. ނަމަވެސް ދަތުރު ކުރުމުން ތަފާތު މީހުންނާ ބައްދަލުވެ ތަފާތު ސަގާފަތްތަކާ ކުދިން ރައްޓެހިވާނެއެވެ.

މި ދެމަފިރިންގެ ފުރަތަމަ ދަތުރުގައި ރަޝިއާ އާއި ޗައިނާއަށް ދިއުމަށް ރޭވީ 2020 ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑް-19 އާއެކު އައި ދަތުރުކުރުމުގެ ގޮންޖެހުންތަކާއެކު އެ ދަތުރު މަޑުޖައްސާލަން ޖެހުނެވެ. ހާލަތު ރަނގަޅުވުމުން އެ އާއިލާގެ ދަތުރު މިއަހަރުގެ މާޗު މަހު ވަނީ ފަށައިފައެވެ.

ދާނެ ވަކި މަންޒިލްތައް އެ ދެމަފިރިން ކަނޑައަޅަނީ އެދަތުރެއްގައި ދާން ވުމުންނެވެ. ނަމަވެސް ދަތުރު ފެށުމުގެ ކުރިން އެ އާއިލާއިން ވަނީ "ބަކެޓް ލިސްޓް" ތައްޔާރު ކޮށްފައެވެ. މިއީ މީހަކު މަރުވުމުގެ ކުރިން ކުރަން ބޭނުންވާ ކަންކަން ހާމަކޮށް އެކުލަވައިލާ ލިސްޓެކެވެ. އެ ލިސްޓުގައި މިއާ ބޭނުންވަނީ އަހެއްގެ ސަވާރީ ކުރާށެވެ. އެހެންވެ ފުރަތަމަ ދަތުރުގައި އެ އާއިލާއިން ދިޔައީ ނަމީބިއާއަށެވެ. އެއަށްފަހު ޒަމްބިއާ އަށާއި ޓެންޒޭނިއާ އަދި ތުރުކީއަށާއި މޮންގޯލިއާ އާއި އިންޑޮނޭޝިއާއަށް ވެސް އެ އާއިލާއިން ވަނީ ދަތުރު ކޮށްފައެވެ.

އީޑިތު އާއި ސެބާސްޝަން ބޭނުންވަނީ ދަރިންނަށް ގޭގައި ތިބެގެން ނުވަތަ ޤައުމުގައި ތިބެގެން ނުފެންނާނެ ފަދަ މަންޒަރުތައް ދައްކާލުމެވެ. މީގެ ސަބަބުން ދަރިންގެ ލޮލުގެ ފެނުން ގެއްލުނު ނަމަވެސް އެ ކުދިންނަށް އެ މަންޒަރުތައް ސިފަ ކުރެވިފައި ހުންނާނެ ކަމަށާއި އެ ހަނދާންތައް ހުންނާނެ ކަމަށް އެ ދެމަަފިރިން ގަބޫލުކުރެއެވެ. އަދި ދިރިއުޅުމުގައި ކޮންމެ ފަދަ ކަމެއް ދިމާވި ނަމަވެސް އެ ކުދިންނަކީ ދުނިޔެ ބަލާލުމުގެ ނަސީބު ލިބުނު ނަސީވުވެރި ކުދިންތަކެއްކަން ވިސްނޭނެ ކަމަށް ވެސް އެ ދެމަފިރިން ގަބޫލު ކުރެއެވެ.

މި އާއިލާގެ ހުރިހާ ދަތުރެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ދަނީ އާއްމުންނާ ހިއްސާ ކުރަމުންނެވެ. އެގޮތުން ފޭސްބުކް އާއި އިންސްޓަގްރާމް މެދުވެރިކޮށް މި ވާހަކަތައް އެ އާއިލާއިން މުޅި ދުނިޔެއާ ހިއްސާ ކުރެއެވެ. މީގެ ސަބަބުން އެ އާއިލާއަށް ގިނަ ބައެއް ލޯބި ލިބޭ ކަމަށާއި އެ ބަލި ހުންނަ ކުދިން ލިބިފައިވާ އެހެން މައިންބަފައިން ވެސް މެސެޖުކޮށް ހިތްވަރު ދޭ ކަމަށް އީޑިތު ވަނީ ބުނެފައެވެ. އަދި ޅޯފަން ކުދިންނަށް ކިޔަވައިދޭ ޓީޗަރެއް ވެސް އެ އާއިލާ ސޯޝަލް މީޑިއާގައި ފޮލޯ ކުރާ ކަމަށާއި އެ ޓީޗަރުގެ ކްލާހުގައި އެ ދަތުރުތަކާ ގުޅޭ ވާހަކަތައް ކުދިންނަށް ސިފަވާގޮތަށް ކިޔައިދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ދަތުރު ކުރި ނަމަވެސް އެ ދެމަފިރިން ދަރިންނަށް ދޭން ޖެހޭ ތައުލީމު ދިނުމުގައި އެއްވެސް ވަރަކަށް އިހުމާލެއް ނުވެއެވެ. ކެނެޑާ އަކީ ހޯމް ސްކޫލިން ނުވަތަ ގޭގައި ތިބެގެން ދަރިންނަށް ކިޔަވައިދެވޭ ޤައުމަކަށްވާތީ އެ ދެމަފިރިންނަށް ދަރިންނަށް ކިޔަވައިދެނީ އެގޮތަށެވެ. މީގެ ސަބަބުން ދަރިންގެ އެކުވެރިކަމާއި އެކަކު އަނެކަކަށް އޮންނަ ލޯބި އިތުރުވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް އެ ދެމަފިރިން ބުނެއެވެ.

އާއިލާއާއެކު އުފާވެރި ވަގުތުތައް ހޭދަ ކުރި ނަމަވެސް ދަރިންގެ ލޮލުގެ ފެނުން ގެއްލިގެން ދިއުމުގެ ބިރު އަބަދުވެސް އޮންނަ ކަމަށް ވެސް އެ ދެމަފިރިން ބުނެއެވެ. ނަމަވެސް އެކަމާ ހިތާމަކޮށް ދިރިއުޅުން ހުއްޓޭކަށް އެ ދެމަފިރިން ބޭނުމެއް ނުވެއެވެ.

ދަރިންނަށް ދުނިޔެ ދައްކާލަން ފެށި ދަތުރު ނިންމާލުމަށްފަހު އެނބުރި ޤައުމަށް ދާން އީޑިތު އާއި ސެބާސްޝަން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗު މަހުގައެވެ. އޭގެ ފަހުންވެސް ދަރިންނަށް އުފާވެރި މުސްތަގުބަލެއް ހޯދަައިދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް އެ ދެމަފިރިން ބުންޏެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
05 އެޕްރީލު 2017

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

05 އެޕްރީލު 2017
ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
04 މާރިޗު 2017

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
24 ފެބުރުއަރީ 2017

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
07 ޖެނުއަރީ 2017

ބައްޕައަށް ކަމޭ ނުހިތި ދުންޔާ އެންދެރިމާގެއިން ބޭރަށް؟؟

07 ޖެނުއަރީ 2017
ބައްޕައަށް ކަމޭ ނުހިތި ދުންޔާ އެންދެރިމާގެއިން ބޭރަށް؟؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް