Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވެންޓިލޭޓަރުގެ މައްސަލަ

ވެންޓިލޭޓަރުގެ މައްސަލަ, ޕީޖީ އަދިވެސް ދައުވާކުރެއްވުމުގެ އުންމީދުގައި

ދިވެހި ރައްޔިތުންގެ ފައިސާއިން 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2022 | ބުދަ 13:40
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ކޮވިޑް-19އިގެ ބަލިމަޑުކަމާއި އެކު ދިވެހިންނަށް ކުރިމަތިވި ހިތްދަތިކަމަށް އިތުރު ތަކުލީފެއް ގެނުވީ އެ ދަނޑިވަޅުގައި ހިންގި ޚިޔާނާތުގެ ބޮޑު މައްސަލަ އާއި އެކީގައެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އިންތިހާއަށް ހީވެފައި އޮތް ދަނޑިވަޅެއްގައި، ރާއްޖެ އަށް ވެންޓިލޭޓަރު ގެންނަން ބަޔަކާ ހަވާލުކުރުމުން، ވެންޓިލޭޓަރުތައް ލިބުމުގެ ބަދަލުގައި ދައުލަތުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއް ކުރާ ހިސާބަށް ކަންކަން ވެގެން ދިޔައީ ކޮވިޑްގެ ބަލިމަޑުކަމުން އަރައި ނުގަނެވި ވަނިކޮށް ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމަކަށެވެ.

އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި މިނިސްޓްރީގެ 10 މުވައްޒަފުން ހިމެނޭހެން ސިއްހީ ވުޒާރާގެ ނަގާކިޔާ މީހުންނަށް އެ ވެންޓިލޭޓަރުތައް ނުލިބުމާއި ގުޅިގެން އާއްމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުމާއި ސުވާލުތަކާއި ކުރިމަތިލާން ޖެހިވަޑައިގަތެވެ. އެންމެ ފަހުން އޭރުގެ ވަޒީރު އަމީން އަށް ވެސް ޖެހިވަޑައިގަތީ މި ތުހުމަތުތަކުން މުޅިން ބަރީއަ ނުވެވި އިސްތިއުފާދެއްވާށެވެ. އެހެންނަމަވެސް މި މައްސަލަ އާއި ގުޅިގެން އެއްވެސް ބަޔަކަށް ދައުވާ ނުކުރެވުނު ހިސާބުން އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީ އާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ކުރިމަތިލާން ޖެހުނު ބަހުގެ ހަމަލާތައް ވެސް މަދެއް ނޫނެވެ.

ހަތަރު ފަހަރެއްގެ މަތިން އޭސީސީން މައްސަލާގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވުމުން ވެސް، ދައުވާ ފުރިހަމަނުވާ ކަމަށް ބުނެ އަނބުރާ ފޮނުވާލުމުން މި މައްސަލައިގައި އަލިމަގެއް ފެނިދާނެތޯ އާއްމުން ދަނީ ތަކުރާރުކޮށް ސުވާލު އުފައްދަމުންނެވެ. ކަންމިހެން އޮތް އިރު ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ކުރާ ތުހުމަތުތަކުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ނިިންމައި ފޮނުވާފައިވާ ލިޔެކިއުންތަކަށް ބައެއް އިސްލާހުތައް ގެނެސްގެން އަދި ވެސް މި މައްސަލައިގައި ދައުވާ ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ގަބޫލުކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެމަނިކުފާނު ދެއްކެވި ވާހަކަތަކުން އެ މައްސަލައިގައި އަދިވެސް ޕީޖީ އަށް އުންމީދު އެބައޮތްކަން ހާމަވެއެވެ. މި މައްސަލައިގައި ފުރިހަމަކުރަން ޖެހޭ ފަންނީ ބައެއް ކަންކަން ނެތުމުން އެ ކަން އިސްލާހު ކުރަން ފޮނުވާލީ ކަމަށައި އެކަންކަން ފުރިހަމަނުކޮށް ކޯޓަށް ގޮސްފިނަމަ މައްސަލަ ކާމިޔާބުނުވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ޕީޖީ ނުދެއްވައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު މި އަދާހަމައަށް އައި އިރު ވެސް ލިބިފައެއް ނެތެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިކުރުމަކާއި ނުލާ 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ވަނީ ދޫކޮށްފައެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނި ނަމަވެސް ޑަބްލިއުއެޗްއޯއިން އެކަން ދޮގުކުރެއެވެ.

މި މައްސަލަ ފެންމަތިވީ 2020 ވަނަ އަހަރެވެ. އޭގެ ފަހުން ދެ އަހަރު ދުވަސް ހޭދަވި އިރު މި މައްސަލަ ޕީޖީ އާއި އޭސީސީގެ ދެމެދުގައި ތާށިވެފައި އޮތުމުން ޚިޔާނާތުގެ އެހެން މައްސަލަތައް ފަދައިން މި މައްސަލައިގައި ވެސް އިންސާފު ލިބިދާނެކަމާއި މެދު ސުވާލު އުފެދެއެވެ. ދައުލަތަށް މިލިއަނުން ލިބުނު ގެއްލުމަށް ޒިންމާވާނެ ބޭފުޅަކު ނެތެވެ. ތުހުމަތުތައް ކުރެވުނު ބޭފުޅުންގެ މައްޗަށް ދައުވާ ކުރެވޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

02 ޖުލައި 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު