Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންކަރިންގެ ހިދުމަތް

މިއަހަރު ނިމުމުގެ ކުރިން ބަންކަރިންގެ ހިދުމަތް އިހަވަންދިއްޕޮޅުގައި ދޭން ފަށާނެ – ނަހުލާ

އިހަވަންދިޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ސެޕްޓެމްބަރު 2022 | ބުދަ 09:19
ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ

އާގު ބޯޓު ފަހަރަށް ބޭނުންވާ ބަންކަރިންގެ ހިދުމަތް މިއަހަރު ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ދޭން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުދަތުރާ ބެހޭ ދުވަސް ފާހަގަކުރުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރީ ސަރުކާރުތަކުން މެރިޓައިމް ދާއިރާ ކުރިއަރުވަން މަސައްކަތް ކޮށްފައި ނުވި ނަމަވެސް މި ސަރުކާރުން އެ ދާއިރާ ކުރިއެރުވުމަށް ހާއްސަ އިސްކަމެއްދޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް މިއަހަރު ނިމުމުގެ ކުރިން އިހަވަންދިޕޮޅުގައި ފެށިގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އިހަވަންދިޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ދެވިދާނެ ހިދުމަތްތައް ފާހަގަކޮށް، ހއ. ހޯރަފުށި، ތުރާކުނު އަދި އުލިގަމު ކައުންސިލުން ހުށަހަޅުއްވާފައިވާ ގަރާރުގައިވާ ކަންކަން ވީ އެންމެ އަވަހަށް އެ ސަރަހައްދުގައި ފެށުމަށްޓަކައި، އެ މިނިސްޓްރީގެ އިސްނެގުމަށް ކަމާ ގުޅޭ އިދާރާތައް ހިމެނޭ ގޮތަށް ވޯކިންގ ގްރޫޕެއް އެކުލަވާލެވި މަސައްކަތް ކުރެވެމުންދާ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ވޯރކިންގ ގްރޫޕުން ކުރެވުނު މަޝްވަރާތަކަށް ފަހު އިހަވަންދިއްޕޮޅުގައި އެންމެ އަވަހަށް ފެށިދާނެ ހިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖްގެ ހިދުމަތާއި، ޝިޕް ސްޓޯރ އަދި ސަޕްލައި ފޯރުކޮށްދިނުމުގެ ހިދުމަތް ފާހަގަކުރެވޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ކަންކަމަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ގާއިމްކޮށް، ވާންޖެހޭ އެހެނިހެން ތައްޔާރީތައް ވުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އިން ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރު ފަހުކޮޅު ނުވަތަ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށްވެސް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ދަނީ މަސައްކަތް ކުރެވެމުން ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި، އުޅަނދު ފަހަރާއި އިކުއިޕްމެންޓް ހޯދުމާއި، ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި، އެހެނިހެން ތައްޔާރީތަކުގެ މަސައްކަތްތައް އެސްޓީއޯ އާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކާއި މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު