Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ސިޓީ ކައުންސިލަށް މަގުބައްތި ހަވާލުކުރުން

ޗައިނާ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަވާލުކޮށްފި

ޒަމާންތަކެއްވަންދެން ބަދަލުނުކުރެވިހުރި މާލޭ އަދި ވިލިނގިލީގެ ހުރިހާ މަގު ބައްތިތައް، ޒަމާނަށްފެތޭ، އަލި ހެޔޮވަރު އަދި ކަރަންޓު ޚަރަދު ކުޑަ އެލް.އީ.ޑީ. ލައިޓިންގް އަށް އެކީ ބަދަލުކުރެވިގެންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2022 | އަންގާރަ 03:38
ޗައިނާއިން މާލެ ސިޓީ ކައުންސިލަށް 3،000 ޕްލެޓް އަދި މަގު ބައްތި ހަވާލުކުރަނީ

ޗައިނާއިން މާލެ ސިޓީ ކައުންސިލަށް 3،000 ޕްލެޓް އަދި މަގު ބައްތި ހަވާލުކުރަނީ

ޗައިނާއިން މާލެ ސިޓީ ކައުންސިލަށް 3،000 ޕްލެޓް އަދި މަގު ބައްތި (ޒަމާނީ ލެޑް ލައިޓް) ހަދިޔާކޮށްފިއެވެ.

މިތަކެތި ސިޓީ ކައުންސިލާއި ހަވާލު ކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

Advertisement - newsAdvertisement

ޗައިނާގެ ފަރާތުން ސިޓީ ކައުންސިލަށް މިތަކެތި ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލީޖިންގ އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މަގު ބައްތިތަކާއި ހަވާލުވެވަޑައިގެންނެވީ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ފަސޭހައަށްޓަކައި ޗައިނާ އެމްބަސީ މެދުވެރިކޮށް މި ލިބުނު އަގުހުރި ހަދިޔާގެ ސަބަބުން، ޒަމާންތަކެއްވަންދެން ބަދަލުނުކުރެވިހުރި މާލޭ އަދި ވިލިނގިލީގެ ހުރިހާ މަގު ބައްތިތައް، ޒަމާނަށްފެތޭ، އަލި ހެޔޮވަރު އަދި ކަރަންޓު ޚަރަދު ކުޑަ އެލް.އީ.ޑީ ލައިޓިންގް އަށް އެކީ ބަދަލުކުރެވިގެންދާނެކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ސިޓީގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މީގެ ދުވަސްކޮޅެއް ކުރިން، ސަފީރު ވާންގް އާ ރަސްމީ ހައިސިއްޔަތުން ބައްދަލުކުރުމަށް ލިބިގެންދިޔަ ފުރުޞަތުގައި، މާލޭ ސިޓީ ކައުންސިލުން ދެމުންދާ ޚިދްމަތްތަކާއި އަދާކުރަމުންދާ ޒިންމާތަކުގެ މައުލޫމާތު އެކަމަނާއަށް އަރުވާފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

އެގޮތުން، މާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަވެގެންދާނެގޮތަށް ސިޓީ ކައުންސިލުން ދެމުންދާ މުނިސިޕަލް ޚިދްމަތްތައް ހަލުވިވެ، އިތުރަށް ފުޅާވެގެންދާނެ ބައެއް ކަންކަމުގެ ވާހަކަވެސް އެކަމަނާ އަރިހުގައި ދަންނަވާފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގެ ނަތީޖާއަކީ، ޗައިނާއިން މި ހަދިޔާކުރާ މަގު ބައްތިތައް ހަމަޖެހިގެންދިއުން ކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި މާލޭގެ އުމްރާނީ ތަރައްޤީއަށް އަދި ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމަށް އަބަދުވެސް ޗައިނާއިން ވެދެމުންދާ ދީލަތި އެހީތެރިކަމަށް ޗައިނާ ސަރުކާރަށް ވަނީ އިޚްލާސްތެރި ޝުކުރެއް ދަންނަވާފައެވެ.

ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާ މަސައްކަތްތައް ފާހަގަކުރައްވާ ދެއްކެވި ވާހަކަފުޅުގައި މޭޔަރު މުޢިއްޒު ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޗައިނާ ސަރުކާރުގެ އެހީގައި އެޅި ސިނަމާލެ ބްރިޖްގެ މަޝްރޫއުއަށް އަލިއަޅުއްވާލައްވާފައެވެ.

މި ޙަފްލާގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރާއި ކައުންސިލަރުން އަދި ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ޗައިނާ އެމްބަސީއަކީ މާލޭ ސިޓީ ކައުންސިލާ ވަރަށް ގާތް ގުޅުމެއް ދަމަހައްޓަމުންދާ، އަދި ކައުންސިލްގެ މަސައްކަތްތަކަށް އަބަދުވެސް ހިތްވަރާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތެއް ކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ސަފީރު ވާންގް އަކީ ވެރިކަން ކުރާ މާލޭގެ ރައްޔިތުންގެ ބޭނުންތަކާމެދު އަބަދުވެސް މަޢުލޫމާތު އޮޅުންފިލުއްވާ، ރައްޔިތުންނަށް ލުއިފަސޭހަކަމާއި އުފާވެރިކަން ގެނުވާނެ އެކި ކަންކަމަށް މަދަދުވެރިވެދެއްވަމުން ގެންދަވާ ފަރާތެއް ކަމަށާއި އެކަމަނާ އަކީ މާލެ ސިޓީ ކައުންސިލްގެ މިތުރެއް ކަމުގައި މޭޔަރު ވިދާޅުވިއެވެ.

ޚާއްސަ ރަސްމިއްޔާތު ސަފީރު ވާންގް ޝަރަފުވެރިކޮށްދެއްވިކަމީ، މާލެ ސިޓީ ކައުންސިލަށް ލިބިގެންދިޔަ ޚާއްސަ އުފަލެއްކަމުގައި މޭޔަރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން ޗައިނާ ސަފީރު ވަނީ ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮންނަ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާފައެވެ.

މާލޭ ސިޓީ ކައުންސިލްޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު