Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ބަޔާންގެ ވަޒީފާގައި ނާގަލްސްމަނަށް އެއްވެސް ނުރައްކަލެއް ނެތް

އިންޓަވިޔުއެއްގައި ހާބާ ވަނީ ނާގަލްސްމަނަށް އެއްވެސް ނުރައްކަލެއް އަދި ބިރެއް ނެތްކަން ޔަޤީންކޮށްދެއްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ސެޕްޓެމްބަރު 2022 | އަންގާރަ 03:35
ބަޔާންގެ ރައީސް ހާބާ އަދި ނާގަލްސްމަން

ބަޔާންގެ ރައީސް ހާބާ އަދި ނާގަލްސްމަން

ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަން އަށް ވަޒީފާގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ ކުލަބުގެ ރައީސް ހާބާ ހައިނާ ވިދާޅުވެއްޖެއެވެ.

ހާބާ މިހެން ވިދާޅުވީ ބަޔާން މިހާރު އޮތް މަގާމުގެ ގޮތުން ގިނަ ބަޔަކު ނާގަލްސްމަންގެ ވަޒީފާއާމެދު ސުވާލުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ސީޒަންގެ މިހާތަނަށް ކުޅުނު ހަތް މެޗުން ބަޔާނަށް ލިބެނީ 12 ޕޮއިންޓެވެ. އެ ޓީމު އޮތީ ތާވަލްގެ ފަސް ވަނަ މަގާމުގައެވެ. އެއް ވަނައިގައި އޮތް ޔޫނިއަން ބާލިންއާ ބަޔާނާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގު އެބަ އޮތެވެ.

އެކަމާ ގުޅިގެން ޓީޒެޑަށް ދެއްވި އިންޓަވިޔުއެއްގައި ހާބާ ވަނީ ނާގަލްސްމަނަށް އެއްވެސް ނުރައްކަލެއް އަދި ބިރެއް ނެތްކަން ޔަޤީންކޮށްދެއްވާފައެވެ. ހާބާ ވިދާޅުވީ މުޅި ބަޔާނުން ނާގަލްސްމަނާއި، ޓީމުގެ ކުޅުންތެރިންނަށް އިތުބާރުކުރާ ކަމަށާއި، ނާގަލްސްމަންގެ މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ އިންޓަނޭޝަލަން ބްރޭކަށްފަހު، ބަޔާނުން މިހާރުގެ ހާލަތު ބަދަލުކުރާނެ ކަމަށާއި، މިހާރު ދިމާވާ ދަތިތަކުން ވެސް އަރައިގަންނާނެ ކަމަށެވެ. ހާބާ ވިދާޅުވީ އެ މީހުންނަނީ ބަޔާން ކަމަށެވެ.

ބަޔާންގެ ކޯޗުކަމުގެ މަގާމަށް ނާގަލްސްމަން ހަމަޖެއްސީ 2021 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ބަޔާން ވަނީ މިހާތަނަށް 58 މެޗު ކުޅެފައެވެ. އޭގެ ތެރެއިން ބަޔާން ވަނީ 40 މެޗުން މޮޅުވެ، 10 މެޗުން އެއްވަރުވެފައެވެ. އެ ޓީމު ބަލިވެފައިވަނީ އަށް މެޗުންނެވެ.

ބަޔާން މިއުނިކްހޫލިއަން ނާގަލްސްމަންހާބާޓް ހައިނަރ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު