Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޓީ ކައުންސިލާއި ވެމްކޯގެ އެއްބަސްވުން

ވެމްކޯ އާއި ސިޓީ ކައުންސިލާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައިވަނީ ގަވާއިދާ ޚިލާފަށް އަޅާކުނި ނެގުމާމެދު

19 ސެޕްޓެމްބަރު 2022 | ހޯމަ 19:07

ގަވާއިދާ ޚިލާފަށް މަގުތަކަށް ނެރެފައި ހުންނަ ކުނި ނެގުމުގައި ސިޓީ ކައުންސިލުން ބޭނުންވާ ސްޕީޑްގައި ވެމްކޯއަށް އެމަސައްކަތް ނުކުރެވޭކަމަށް ސިޓީ ކައުންސިލުން ފާހަގަކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ސެޕްޓެމްބަރު 2022 | ހޯމަ 19:07
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު

މާލެ އާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަން ސާފުކުރުމަށް ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި މައިގަނޑު ސަބަބަކީ ގަވާއިދާ ޚިލާފަށް މަގުތަކަށް އަޅާފައި ހުންނަ ކުނި ނެގުން މާނަކުރުމުގައި އުޅޭ މައްސަލައެއްކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި މިއެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސިރާޖު ވިދާޅުވީ އެއްބަސްވުން އައު ނުކުރުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމާއެކު މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ކައުންސިލާއި ވެމްކޯއާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ. މޭޔަރު ބައިވެރިވެވަޑައިނުގަންނަވާ މިބައްދަލުވުމުގައި ފާހަގަވެގެންދިޔަ ކަމަކީ ސިޓީ ކައުންސިލުގެ ކަންބޮޑުވުމަކީ ވެމްކޯގެ މުވައްޒަފުންނަށް މާލެތެރެ ކުނިކަހާ ސާފުނުކުރެވޭ މައްސަލަ ނޫންކަމަށް ސިރާޖު ވިދާޅުވިއެވެ.

ނަމަވެސް ގަވާއިދާ ޚިލާފަށް މަގުތަކަށް ނެރެފައި ހުންނަ ކުނި ނެގުމުގައި ސިޓީ ކައުންސިލުން ބޭނުންވާ ސްޕީޑްގައި ވެމްކޯއަށް އެމަސައްކަތް ނުކުރެވުންކަމަށް ސިރާޖު ވިދާޅުވިއެވެ. ސިރާޖު ވިދާޅުވީ އެގޮތަށް ހުންނަ ކުނި ނެގުމުގެ މަސައްކަތް މިއަދާ ހަމައަށްވެސް ވެމްކޯއިން ކުރަމުން އައީ ހެދިފައި އޮންނަ ވައިބަރ ގްރޫޕުގެ ތެރެއިން ރިޕޯޓްކުރާ ކަންކަންކަމަށެވެ.

ސިރާޖު ވިދާޅުވީ އެކަން އެނޫން ގޮތަކަށް ކުރާކަށް ސިޓީ ކައުންސިލުން މީގެކުރިން ހުށަހަޅާފައިނުވާކަމަށެވެ. ސިރާޖު ވިދާޅުވީ ސިޓީ ކައުންސިލު ވެސް އަދި ވެމްކޯއިން ވެސް ބޭނުންވަނީ މާލެތެރެ ސާފުކޮށް ބާއްވަންކަމަށެވެ. ގަވައިދާ ޚިލާފަށް ބަޔަކު މަގުތަކަށް ކުނި އެޅުމަކީ އޭގެ ޒާތުގައި ވެމްކޯގެވެސް އަދި ސިޓީ ކައުންސިލުން ވެސް ޒިންމާ ނަގަންޖެހޭ ކަމެއް ނޫންކަމަށެވެ.

ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި މިހާރު ނިންމާފައިވަނީ ވެމްކޯގެ މުވައްޒަފުން ކުނި ނަގާ ގަޑީގައި އެފަދަ ކުނި ނެގުމަށްކަމަށާއި އެމަސައްކަތް ކުރިޔަށް އޮތް ދެހަފުތާގައި ކުރުމަށްފަހު އަނެއްކާވެސް ބައްދަލުވުމެއް ބާއްވާނެކަމަށް ސިރާޖު ވިދާޅުވިއެވެ.

ވެމްކޯއާ އެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޑިސެމްބަރު މަހު 26ށް ހަމަވާއިރު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވަނީ އެއްބަސްވުން އައުނުކޮށް މާލެއިން ކުނި ނެގުމުގެ މަސައްކަތް ކައުންސިލުން ކުރާގޮތަށް ފާސްކޮށްފައެވެ. އެއްބަސްވުން އައުނުކުރުމަށް ސިޓީ ކައުންސިލުން ނިންމުމާއެކު ވެމްކޯގައި ކުނި ކެހުމުގެ މަސައްކަތްކުރާ 200އެއް ހާ މުވައްޒަފުންގެ ވަޒީފާއާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.

މާލޭ ސިޓީ ކައުންސިލްވެމްކޯ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް