Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިން ދިނުން

ކޮވިޑް ވެކްސިން ދިނުން، އައިޖީއެމްއެޗްގެ ނަރސިންގ އޯޕީޑީއަށް ބަދަލުކޮށްފި

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު މެންދުރުފަހު 1:00ން 3:00ށް ދަމަނަވެށީގައި ވެކްސިން ދިނުން ކުރިއަށްދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ސެޕްޓެމްބަރު 2022 | ހޯމަ 17:00
ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން

ދަރުމަވަންތަ ހޮސްޕިޓަލްގައި ކުރިއަށް ގެންދިޔަ ކޮވިޑް-19 ވެކްސިން ދިނުން, އައިޖީއެމްއެޗްގެ ނަރސިންގ އޯޕީޑީއަށް ބަދަލުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ, އައިޖީއެމްއެޗްގެ ނަރސިންގ އޯޕީޑީގައި ކޮވިޑް-19 ވެކްސިން ދިނުން އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 10:00ން މެންދުރު 12:00ށް ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލްގައި އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00ން މެންދުރުފަހު 3:00ށް ވެކްސިން ދިނުން ކުރިއަށްދާނެއެވެ.

Advertisement - newsAdvertisement

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު މެންދުރުފަހު 1:00ން 3:00ށް ދަމަނަވެށީގައި ވެކްސިން ދިނުން ކުރިއަށް ދާނެއެވެ. މިހުރިހާ ތަނެއްގައިވެސް ޖަހާނީ ފައިޒަރ ވެކްސިނެވެ.

18 އަހަރުން މަތީ އުމުރުފުރާގެ މީހުންނަށް ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒެއް ދިނުމަށް 8 ސެޕްޓެމްބަރ ވަނަ ދުވަހުން ފެށިގެން ވަނީ ނިންމާފައެވެ. އެގޮތުން މި ޑޯޒް ޖަހާނީ ކޮވިޑް-19ގެ ފުރަތަމަ ބޫސްޓަރ (3 ވަނަ ޑޯޒް) ޖެހިފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށާއި، އަތޮޅުތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމުކުރާނެކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ކޮވިޑް-19ން ރައްކާތެރިވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި, ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމައި އެކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

އެޗްޕީއޭކޮވިޑް-19ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު