Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެސްޓުގެ ޝަރީއަތް

ޑްރަގް ޓްރެފިކިންގ: ޕެސްޓުގެ ފަރާތުން ސުޕްރީމް ކޯޓުގައި 2 އިސްތިއުނާފީ ނުކުތާއެއް

18 ސެޕްޓެމްބަރު 2022 | އާދީއްތަ 09:04

ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ވަނީ ސާފު ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ސެޕްޓެމްބަރު 2022 | އާދީއްތަ 09:04
އިފްހާމްގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެއްގެ އަޑުއެހުން

އިފްހާމްގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެއްގެ އަޑުއެހުން

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުން ނިންމާލައިފިއެވެ.

އިސްމާއިލް އިފްހާމް މުޙައްމަދުގެ އިތުރުން، މުހައްމަދު ސުއައިދުއާއި، އަހުމަދު ޝައްމޫނުއާއި، އަހުމަދު ހުޝާމްގެ މައްޗަށް މި މައްސަލައިގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާ ގުޅޭ ދައުވާތައް ވަނީ އުފުލާފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އިފްހާމްގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެއްގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިފްހާމްގެ ވަކީލުން ވިދާޅުވާ ގޮތުގައި، މި މައްސަލައިގައި ހައިކޯޓުން އަމަލުކޮށްފައިވަނީ އޭނާއަށް ޤާނޫނުން ލިއްބައިދޭ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ހުރަސްއެޅޭ ގޮތަށެވެ. އެގޮތުން ހައިކޯޓުގައި ކަން ހިނގާފައިވާ ގޮތަށް ބެލުމުން އެކަން ސާފުވެގެންދާކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، ޤާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދިން ނަމަވެސް، ވަކީލާ މަޝްވަރާކޮށް، ޤާނޫނޫ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ހޯދުމުގެ ފުރުސަތާއި ވަގުތު އޭނާއަށް ލިބިފައިނުވާ ކަމަށެވެ.  

އިފްހާމްގެ ފަރާތުން ހުށައަޅާ ދެވަނަ އިސްތިއުނާފީ ނުކުތާއަކީ އޭނާގެ ބޭންކް އެކައުންޓުގެ ސްޓޭޓްމެންޓް ހޯދީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމުމާއި ގުޅިގެން އިސްތިއުނާފު ކުރި ނުކުތާއެކެވެ. އެގޮތުން އޭނާގެ އޭނާގެ އެކައުންޓް ސްޓޭޓްމަންޓް ޝަރީއަތަށް ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމެވުމުން، ދައުލަތުން އެ ނިންމެވުން އިސްތިއުނާފުކޮށް، އެ ނުކުތާ ނިމިފައިވަނީ ދައުލަތާއި އެއްކޮޅަށެވެ.

އެ ދެ ނުކުތާއާ ގުޅިގެން ދެފަރާތުންވެސް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކާފައިވާއިރު، ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ވަނީ ސާފު ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގައި ކުރިއަަށްދާ އިސްތިއުނާފުގައި ދެން އޮންނާނީ ޙުކުމް ކުރެއްވުމެވެ،

މި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. އެހެންނަމަވެސް، ދައުވާލިބޭ ފަރާތެއް ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ސަބަބަކީ މިއީ މި މައްސަލައިގެ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމަކަށްވެފައި، އެންމެންގެ ހާޒިރުގައި ހެކިބަސް ނެގުމަށެވެ.

ކްރިމިނަލް ކޯޓްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް