Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާބާ ބާސްކެޓު ޗެމްޕިއަންޝިޕް

މުބާރާތަށް ދިވެހި ޓީމު އޮތީ ތައްޔާރަށް، އެދެނީ ސަޕޯޓަރުންގެ އެހީއަށް

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޖުމުލަ ފަސް ޤައުމަކުން ވާދަކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ސެޕްޓެމްބަރު 2022 | އާދީއްތަ 03:38
ޕްރެސްގެ ތެރެއިން

ޕްރެސްގެ ތެރެއިން

މި މަހު ރާއްޖޭގައި ފަށާ ސައުތު އޭޝިއަން ބާސްކެޓް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕަށް ޤައުމީ އަންހެން ޓީމު އޮތީ ތައްޔާރަށް ކަމަށާއި، އެދެނީ އެންމެހައި ސަޕޯޓަރުންގެ ސަޕޯޓަށް ކަަމަށް ޓީމުގެ ކުޅުންތެރިން ބުނެފިއެވެ.

ކުޅުންތެރިން މިހެން ބުނީ މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޤައުމީ އަންހެން ޓީމުގައި ހިމެނޭ ޝިއުރާ ބުނީ، މިހާ ހިސާބަށް އާދެވުނު އިރު، މުޅި ޓީމު އޮތީ މުބާރާތަށް ތައްޔާރަށް ކަމަށެވެ. ޝިއުރާ ބުނީ މީގެ ކުރިން އަބަދުވެސް މުބާރާތްތައް ކުޅެނީ ރާއްޖެއިން ބޭރުގައި ކަމަށާއި، ކުޅެން ޖެހެނީ އެ މުބާރާތެއް ބާއްވާ ޤައުމުގެ ސަޕޯޓަރުންނާ ދެކޮޅަށް ކަމަށެވެ. ނަމަވެސް ރާއްޖޭގައި މުބާރާތް ބާއްވާއިރު، ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ ހިތްވަރަަކަށްވާނެ ކަމަށް ވެސް ޝިއުރާ ބުންޏެވެ.

މީގެ އިތުރުން ޤައުމީ ޓީމުގައި ހިމެނޭ ރިޝްމާ ވެސް ބުނީ މުބާރާތަށް މުޅި ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި އަންހެން ބާސްކެޓުގެ މިހާ ބޮޑު މުބާރާތެއް ކުޅެވޭއިރު، ޓީމުގެ ހުރިހާ ކުޅުންތެރިން އެދެނީ ދިވެހި ރައްޔިތުން ޓީމަށް ސަޕޯޓުކޮށްދޭން އައުން ކަމަށެވެ. މީގެ އިތުރުން ރިޝްމާ ބުނީ މީގެ ކުރިން ރާއްޖެއިން ބޭރުގެ ކުޅޭ މުބާރާތްތަކުގައި ވެސް ސަޕޯޓަކާ ނުލާ ކުޅުނު އިރު ވެސް ރަނގަޅު ނަތީޖާތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި މުބާރާތް އޮންނަ އިރު، ސަޕޯޓަރުންގެ އެހީތެރިކަމާއެކު ރަނގަޅު ނަތީޖާ ހޯދޭނެ ކަމަށެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުން ވަނީ އިންޑިއާ އަދި ތައިލެންޑުގައި ފަރިތަކުރުންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެކަމާ ގުޅޭ ގޮތުން ރިޝްމާ ބުނީ، އިންޑިއާގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕުން ޓީމަށް ވަރަށް ބޮޑު ބަދަލު އައިސްފައިވާ ކަމަށެވެ.

ބާސްކެޓު ޓީމުގެ ކުޅުންތެރިން ވަނީ ޓީމުގެ ފަރިތަކުރުންތަކާއި، އެހެނިހެން ކަންކަމުގައި މިނިސްޓަރު މަޚްލޫފާއި ބާސްކެޓު އެސޯސިއޭޝަނުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޖުމުލަ ފަސް ޤައުމަކުން ވާދަކުރާނެއެވެ. އެއީ އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްއެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ވަނީ އިންޑިއާ އަދި ތައިލެންޑުގައި ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

މުބާރާތް ކުރިއަށް ދާނީ މި މަހުގެ 24 އިން 30 އަށް ޒުވާނުން މަރުކަޒުގެ އެތެރޭ ހޯލުގައެވެ.

ސާބާ ޗެމްޕިއަންޝިޕްމޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގައުމީ ބާސްކެޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

01 މާރިޗު 2025

ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް

01 މާރިޗު 2025
ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް
23 އޮކްޓޯބަރު 2024

އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި

23 އޮކްޓޯބަރު 2024
އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި
02 އޮކްޓޯބަރު 2024

20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި

02 އޮކްޓޯބަރު 2024
20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި
30 އޯގަސްޓު 2023

ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!

30 އޯގަސްޓު 2023
ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!
29 އޯގަސްޓު 2023

އައިއޯއައިޖީ: ބޮޑުތަފާތަކުން ސީޝެލްސް ބަލިކޮށް، އަަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ އަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ބޮޑުތަފާތަކުން ސީޝެލްސް ބަލިކޮށް، އަަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު