Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އެލްޗޭ ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް، ތާފަތަކަށްވީ ލެވަންޑޯސްކީ

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-3 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 16:46
ބާސެލޯނާގެ މެޗުގައި ލެވަންޑޯސްކީ

ބާސެލޯނާގެ މެޗުގައި ލެވަންޑޯސްކީ

ސްޕެނިޝް ލީގުގައި އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮބާޓް ލެވަންޑޯސްކީގެ މޮޅު ކުޅުމާއެކު މޮޅުވެ ބާސެލޯނާއިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

މެޗުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓާއެކުއެވެ. ބާސެލޯނާއަށްވުރެ އެއް މެޗު މަދުން ކުޅެ ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 15 ޕޮއިންޓެވެ. ލީގުގައި އާދިއްތަ ދުވަހުގެ ރޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ރެއާލަށް އަލުން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-3 އިންނެވެ. މެޗުގައި ލެވަންޑޯސްކީ ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ ފުރަތަމަ ލަނޑު އޭނާ ޖެހީ 34 ވަނަ މިނެޓުގައެވެ. ބާސެލޯނާގެ ދެ ވަނަ ލަނޑު 41 ވަނަ މިނެޓުގައި ޖެހީ މެމްޕިސް ޑިޕާއީއެވެ. އޭގެ ތިން މިނެޓު ފަހުން ޕެޑްރީ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަަލައިނުގަންނަން ނިންމާފައެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑު ލެވަންޑޯސްކީ ޖެހީ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައެވެ. މިއީ ސްޕެނިޝް ލީގުގައި ލެވަންޑޯސްކީގެ އަށް ވަނަ ލަނޑެވެ.

ބަޔާން މިއުނިކް ދޫކޮށް ބާސެލޯނާއަށް ބަދަލުވެ ލެވަންޑޯސްކީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް އޭނާ ވަނީ އެ ޓީމަށް ކުޅެދިން އަށް މެޗުން 11 ލަނޑު ޖަހާފައެވެ.

ސްޕެނިޝް ލީގުބާސެލޯނާރޮބަރޓް ލެވަންޑޯސްކީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު