Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ކަމްޕޯސްގެ ތައުރީފު މެސީއަށް، އެދެނީ މެސީ ޕީއެސްޖީގައި މަޑުކުރުމަށް

17 ސެޕްޓެމްބަރު 2022 | ހޮނިހިރު 02:47

އޭނާ ބުނީ މެސީއަކީ ވަރަށް މޮޅު ކުޅުންތެރިއެއްކަމަށާއި، މި ސީޒަންގައި މެސީ އަންނަނީ ޕީއެސްޖީއާއެކު މޮޅު ކުޅުމެއް ދައްކަމުންކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 02:47
ކަމްޕޯސްއާއި މެސީ، ޕީއެސްޖީގެ ރައީސާއެކު

ކަމްޕޯސްއާއި މެސީ، ޕީއެސްޖީގެ ރައީސާއެކު

ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެ ޓީމުގައި މަޑުކުރަން އެދޭކަމަށް ލުއިސް ކަމްޕޯސް ބުނެފިއެވެ.

ދާދި ދަހުން ޕީއެސްޖީގެ ސްޕޯޓިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ކަމްޕޯސް މިހެން ބުނީ އޭނާ ދިން އިންޓަވިއުއެއްގައެވެ. އޭނާ ބުނީ މެސީއަކީ ވަރަށް މޮޅު ކުޅުންތެރިއެއްކަމަށާއި، މި ސީޒަންގައި މެސީ އަންނަނީ ޕީއެސްޖީއާއެކު މޮޅު ކުޅުމެއް ދައްކަމުންކަމަށެވެ. އަދި އެދެނީ މެސީ ޕީއެސްޖީގައި މަޑުކުރަން ކަމަށާއި، މެސީއަކީ ޕީއެސްޖީއަށް މުހިންމު ކުޅުންތެރިއެއްކަމަށެވެ. ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާނެއެވެ. ނަމަވެސް މެސީ އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމާނީ މިއަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ފަހުކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި އިންޓަވިއުގައި ކަމްޕޯސް ވަނީ އެކި ކަންކަމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. އޭނާ ބުނީ ޕީއެސްޖީގެ ރައީސް އޭނާއަށް އެ ކުލަބުގެ ސްޕޯޓިންގ ޑިރެކްޓަރުގެ މަގާމު ހަވާލުކުުރުން އެކަމަށް ޝުކުރުވެރިވާކަމަށެވެ. އަދި އޭނާއަށް އެ މަގާމު ލިބުމާއެކު އެންމެ ފުރަތަމަ ގުޅީ ކްރިސްޓޮފް ގަލްޓިއޭއާކަމަށެވެ. އެއީ ޕީއެސްޖީގެ ކޯޗުކަމުގެ މަގާމާ ހަވާލުވުމަށް އެދިއެވެ. މީގެ އިތުރުން އޭނާ ބުނީ ފްރާންސްގެ ޒައިނުއްދީން ޒިދާން އެ ޓީމުގެ ކޯޗުކަމަށް ގެންނަން މަޝްވަރާ ނުކުރާކަމަށާއި، ހަމައެކަނި މަޝްވަރާކުރީ ގަލްޓިއޭއާ ކަމަށެވެ.

އިތުރަށް ވާހަކަދައްކަމުން ކަމްޕޯސް ބުނީ، ޕީއެސްޖީގެ ޓްރާންސްފަރތަކާމެދު އޭނާ އެންމެ ހިތްހަމަނުޖެހޭ ކަމަށެވެ. އޭނާ ބުނީ ޕީއެސްޖީން އިތުރު ޑިފެންޑަރުން ހޯދުމަށް ވެސް މަސައްކަތްކޮށް، މަޝްވަރާތަކެއް ކުރިނަމަވެސް، އެ ކުޅުންތެރިންގެ ސޮއި ހޯދޭ ގޮތް ނުވީކަމަށެވެ.

ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް ކަމްޕޯސް ހަމަޖައްސައި، އެ ކުލަބުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކުލަބުގެ އެންމެ ބޮޑު އަމާޒަކީ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.

ޕީއެސްޖީލުއިސް ކަމްޕޯސްލިއޮނެލް މެސީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް