Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލަންކާއިން ދިވެއްސަކު ހައްޔަރުކުރުން

ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައިގެ ތުހުމަތުގައި ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފި

ހައްޔަރު ކުރި ދިވެހި މީހާއަކީ ކުރީ ސަރުކާރުތަކުގައި ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ޖުލައި 2021 | ހޯމަ 08:00
މައުންޓް ލެވީނިއާ ހޮޓެލް - 15 އަހަރުގެ ކުއްޖާ ހަށިވިއްކުވަން ބޭނުންކޮށްފައިވަނީ މި ހޮޓެލްގެ ކޮޓަރިތައް

މައުންޓް ލެވީނިއާ ހޮޓެލް - 15 އަހަރުގެ ކުއްޖާ ހަށިވިއްކުވަން ބޭނުންކޮށްފައިވަނީ މި ހޮޓެލްގެ ކޮޓަރިތައް

15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައެއްގައި ލަންކާއިން ދިވެއްސަކާއެކު އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ނިއުސް ވަޔަރ ގައި ބުނެފައިވަނީ 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 4 މީހުން ކަމަށާއި، މީގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ ކަމަށެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހައްޔަރު ކޮށްފައިވަނީ މީގެ ކުރިން ސަރުކާރުތަކުގެ އިސްމަގާމުތަކުގައި އުޅުއްވި ބޭފުޅެކެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު އެސްޑީއައިޖީ އަޖިތް ރޯހާނާއާއި ހަވާލާދީ ލަންކާގެ ނޫހުގައި ބުނެފައިވަނީ އޮންލައިންކޮށް ހަށިވިއްކުމުގެ ވަގުފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ މައުލޫމާތު ލިބުމާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށެވެ. މި މީހުން އަތުލައިގެންފައިވަނީ ދިވެހިންގެ މެދުގައި މަޝްހޫރު އެއް ހޮޓަލް ކަމުގައިވާ މައުންޓް ލެވީނިއާގައި މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ތަރުޖަމާނު ވިދާޅުވެފައިވަނީ ފައިސާއަށް ކުޑަކުއްޖާ ވިއްކުމުގެ މުއާމަލާތް ކުރަމުން ދިޔަ މައި ވެބްސައިޓުގެ އިތުރުން، އިތުރު 4 ވެބްސައިޓެއް ވެސް މިކަމުގައި ބޭނުންކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރެވުނު 4 މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ވެބްސައިޓް ހިންގާކަމުގެ ތުހުމަތުގައި އާދިއްތަ ދުވަހުއެވެ. އަދި ދިވެހި ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ ކަސްޓަމަރެއްގެ ހައިސިއްޔަތުން އެ ނެޓްވޯކަށް އެހީތެރިވެދޭކަމުގެ ތުހުމަތުގައެވެ.

ހައްޔަރު ކުރެވުނު ހަތަރުވަނަ މީހާއަކީ މައުންޓްލެވޭނިއާގެ މެނޭޖަރެވެ. އޭނާ ހައްޔަރުކުރީ މި އަމަލުގައި ކަސްޓަމަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް ކޮޓަރި ހަމަޖައްސައިދޭތީއެވެ.

ތަރުޖަމާނު ރޯހާނާ ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާ އިރު، ދިވެހި ފިރިހެން މީހާގެ އިތުރުން އެ ކުޑަކުއްޖާގެ މަންމައާއި، އޮޓޯ ދުއްވާ މީހަކާއި، ކާރު ދުއްވާ މީހެއްގެ އިތުރުން ގަހަނާ ވިއްކާ މީހަކާއި ފާދިރީއެއް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ބޯޓެއްގެ ކެޕްޓަނާއި، އެ ބޯޓުގެ ފަޅުވެރިންނާއި، މިހިންޓާލޭ ޕްރަދޭޝިއާ ސާބާގެ ޑެޕިއުޓީ ޗެއަރމަން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން 3 މީހަކު ހައްޔަރުކޮށްފައިވަނީ ވެބްސައިޓުގައި އިސްތިހާރު ޖެހި މައްސަލައިގައެވެ. މީގެ އިތުރުން ކުޑަކުއްޖާއެކު ބަދު އަހުލާގީ އަމަލު ހިންގާ ރޭޕް ކުރި މައްސަލައިގައި އިތުރު 12 މީހަކު ދެނެގަނެވިފައިވާކަމަށް ލަންކާ ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު މީހާ މިދިޔަ މަހުގެ 7 ވަނަ ދުވަހު ލަންކާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ 15 އަހަރުގެ އަންހެން ކުއްޖާ 3 މަސް ވަންދެން އެކި މީހުންނަށް ދީގެން ނަޖާއިޒް ފައިދާ ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްސްރީލަންކާސްރީލަންކާ ފުލުހުންޖިންސީ ގޯނާމޭބިސްކަދުރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު