Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޕީއެސްޖީ މޮޅުވިއިރު ރޮނާލްޑޯގެ ރެކޯޑެއް މެސީ މުގުރާލައިފި

މެސީ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ޓީމާ ދެކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާއަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:51
ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން މެސީ

ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން މެސީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ވެސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެއެވެ.

ގްރޫޕް އެޗްގައި ޕީއެސްޖީން ބައްދަލުކުރީ މެކަބީ ހައިފާއާއެވެ. މެކަބީ ހައިފާގެ އަމިއްލަ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗުން ޕީއެސްޖީން މޮޅުވީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެކަބީ ހައިފާ އިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖާރޯން ޗެެރީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއެވެ. މި ގޯލާއެކު މެސީ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ޓީމާ ދެކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. އެއީ 39 ޓީމެވެ. ކުރިން މި ރެކޯޑު އޮތީ 38 ޓީމާ ދެކޮޅަށް ލަނޑު ޖެހި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. އަދި މި ގޯލާއެކު މެސީ ވަނީ ޖެހިޖެހިގެން 18 ސީޒަންގައި ޗެމްޕިއަންސް ލީގުގައި ގޯލު ވެސް ޖަހާފައެވެ.

ދެވަނަ ހާފު ފަށައިގެން ޕީއެސްޖީއަށް ނަތީޖާ ލީޑު ނަގައިދިނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއެވެ. މެޗުގެ 69 ވަނަ މިނެޓުގައި އެމްބާޕޭ ލަނޑު ޖެހުމަށް އެހީތެރިވެދިނީ މެސީއެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި މާކޯ ވެރާޓީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާއެވެ. މި މެޗަކީ ޕީއެސްޖީގެ ތިން ތަރިން ކަމަށްވާ މެސީ، އެމްބާޕޭ އަދި ނޭމާ ޗެމްޕިއަންސް ލީގުގެ އެއް މެޗުގައި ލަނޑު ޖެހި ފުރަތަމަ މެޗެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ ހަ ޕޮއިންޓު ހޯދައިގެން ޕީއެސްޖީ އޮތީ ތާވަލްގެ އެއްވަނަ މަގާމުގައެވެ. ދެވަނަ މަގާމުގައި އޮތް ބެންފީކާއަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ނަމަވެސް ޕީއެސްޖީން ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. ތިންވަނާގައި އޮތް ޔުވެންޓަސް އާއި ފުލުގައި އޮތް މެކަބީ ހައިފާއަށް ޕޮއިންޓެއް ނުލިބެއެވެ.

ޗެމްޕިއަންސް ލީގުޕީއެސްޖީލިއޮނެލް މެސީ

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

20 ޑިސެމްބަރު 2025
މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި
18 ޑިސެމްބަރު 2025

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް
15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު