Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ވިކްޓޯރިއާ ޕްލެޒެން ބަލިކޮށް އިންޓަ އިން ފުރަތަމަ މޮޅު ހޯދައިފި

ދެވަނަ މެޗުގައި ވިކްޓޯރިއާ ޕްލެޒެންގެ ދަނޑުގައި އިންޓައިން މޮޅުވީ 0-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ސެޕްޓެމްބަރު 2022 | ބުދަ 02:25
އިންޓަ އިން ކުޅުނު މެޗުގެ ތެރެއިން

އިންޓަ އިން ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ވިކްޓޯރިއާ ޕްލެޒެން ބަލިކޮށް އިންޓަ މިލާނުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ ފުޓުބޯޅަ މެޗުގައި އިންޓަ އިން ވަނީ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން ބަލިވެފައެވެ. ދެވަނަ މެޗުގައި ވިކްޓޯރިއާ ޕްލެޒެންގެ ދަނޑުގައި އިންޓައިން މޮޅުވީ 0-2 އިންނެވެ.

މެޗުގައި އިންޓައިން ރަނގަޅަށް ކުޅުނުއިރު، އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި އެޑިން ޖެކޯއެވެ. އޭނާ މި ލަނޑު ޖެހީ ޔަކީން ކޮރެއާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އިންޓަގެ ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ޖެކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ ޑެންޒެލް ޑަމްފްރީސްއެވެ.

މި މޮޅާއެކު އިންޓައިން ވަނީ ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ދެ މެޗުން އިންޓައަށް ތިން ޕޮއިންޓު ލިބޭއިރު، ދެ މެޗުން ބާސެލޯނާ އަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ނަމަވެސް ބާސެލޯނާއިން ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. ބާސެލޯނާ އަށް ގްރޫޕްގެ ދެވަނަ ލިބޭއިރު. އިންޓަ އަށް ލިބެނީ ތިންވަނަ އެވެ.

ގްރޫޕް ސްޓޭޖުގައި އިންޓަ އަށް ދެން އޮތީ އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭއެވެ.

ޗެމްޕިއަންސް ލީގުއިންޓަރ މިލާންވިކްޓޯރިއާ ޕްލެޒެން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު