Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޣައްޒާގައި އަންހެނުންނަށް ތަފާތު ރެސްޓޯރަންޓެއް

ޣައްޒާގައި އަންހެނުންގެ ފަރާތުން އަންހެނުންނަށް ތަފާތު ރެސްޓޯރަންޓެއް!

ހަމޫދާގެ "ސަބާއިއާ ވީއައިޕީ"ގެ މުވައްޒަފުންގެ ލިސްޓުގައި ހިމެނެނީ 8 އަންހެނެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2022 | އަންގާރަ 09:41
ރެސްޓޯރަންޓަށް ދީފައިވާ "ސަބާއިއާ ވީއައިޕީ" ނަންވެސް ހާއްސަ ވަނީ އަންހެން ކުދިންނަށް

ރެސްޓޯރަންޓަށް ދީފައިވާ "ސަބާއިއާ ވީއައިޕީ" ނަންވެސް ހާއްސަ ވަނީ އަންހެން ކުދިންނަށް

ޣައްޒާއަށް ނިސްބަތްވާ އަމީނާ އަލް-ހަޔަކްއަށް، ޣައްޒާގެ އެންމެ ވަރުގަދަ އެއް ރެސްޓޯރަންޓުން ކައްކާއެއްގެ ވަޒީފާ ލިބޭ ގޮތެއް ނުވިއެވެ. ސަބަބެއް ކަމަށް ވީ، އޭނާއަކީ އަންހެނަކަށް ވުމެވެ. އެއީ މީގެ އަހަރުތަކެއް ކުރިއެވެ. ނަމަވެސް، މިއަދު އަމީނާއަކީ ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ޣައްޒާގައި ހިންގާ އެންމެ ކާމިޔާބު އެއް ރެސްޓޯރަންޓްގެ ބޮޑު ކައްކާއެވެ.

ޣައްޒާގައި ކައްކާއިންގެ ވަޒީފާއަކީ ފިރިހެނުންގެ ބޮޑު ކޮންޓްރޯލްއެއް އޮންނަ ދާއިރާއަކަށް ވީ ނަމަވެސް، ކައްކާއަކަށް ވުމަށް، އުމުރުން 50 އަހަރުގެ އަމީނާ ދެކެމުން ދިޔަ ފޮނި ހުވަފެންތަކުގައި މިއަދު ވަނީ ހިތްގައިމު ކުލަތަކެއް ޖެހިފައެވެ. މިއަދު އޭނާއަކީ ހަމައެކަނި ކައްކާއެއް ނޫނެވެ. އޭނާއަކީ، އެފަދަ އިތުރު އެތައް އަންހެނުންނެއް ގޮވައިގެން އިސް ސަފުގައި ހުރި، ކައްކާއިން ލީޑަރެކެވެ.

އޯގަސްޓް މަހުގެ ތެރޭގައި ހުޅުވި "ސަބާއިއާ ވީއައިޕީ" އަކީ ހަމައެކަނި އަންހެނުންގެ ރެސްޓޯރަންޓެކެވެ. ކައްކާއިންނާ ހިސާބުން ފެށިގެން ކަސްޓަމަރުންނަކީވެސް އަންހެނުންނެވެ. ރެސްޓޯރަންޓުގެ މެނޫގައި އާންމުކޮށް ހިމެނެނީ ޗިކަން ސޭންޑްވިޗްއާއި ފިއްޒާ ފަދަ ލުއި ކާނާގެ ބާވަތްތަކެވެ. "ސަބާއިއާ ވީއައިޕީ" އަކީ، ތޮއްޖެހިފައިވާ ޣައްޒާގެ އަންހެނުންނަށް ހުޅުވާލި ރައްކާތެރިކަމާއި އުފާވެރިކަމުގެ ގޯވައްޗެއް ކަމުގައިވެސް ސިފަކުރެވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އުފާވެރި، މަޖާ ވަގުތުތަކެއް މިނިވަންކަމާއެކު ހޭދަކޮށްލުމަކީ ޣައްޒާގެ އަންހެނުންނަށް މާ އާންމުކޮށް ލިބޭ ފުރުޞަތަކަށް އޮންނަނީ ނުވެފައެވެ. ނަމަވެސް، "ސަބާއިއާ ވީއައިޕީ" އިން އެކަން ބަދަލުކޮށްލައިފިއެވެ.

އަމީނާ، އޭނާގެ ކެއްކުމުގެ ހުނަރާއި އުކުޅުތައް ދަސްކުރީ ހިލޭ ސާބަހަށް، ހޮޓަލެއްގެ ރެސްޓޯރަންޓެއްގައި މަސައްކަތް ކުރި ދުވަސްވަރުއެވެ. ކައްކާއިން ހޯދަން ތަކުރާރުކޮށް އިއުލާންތައް ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އެއީ އަމީނާ ފަދަ މީހުންނަށް އޮތް ފުރުޞަތަކަށް ނުވިއެވެ.

ރެސްޓޯރަންޓަށް ދީފައިވާ "ސަބާއިއާ ވީއައިޕީ" ނަންވެސް ހާއްސަ ވަނީ އަންހެން ކުދިންނަށެވެ. އެ ނަން ނިސްބަތް ވަނީ އަންހެން ޖިންސުގެ ހުރިހާ އުމުރުފުރާއަކަށެވެ. ފިރިހެނުން އިސްތިސްނާކޮށެވެ.

"ސަބާއިއާ ވީއައިޕީ"ގެ އޯނަރަކީ ރީހާމް ހަމޫދާއެވެ. ހަމޫދާ ބުނި ގޮތުގައި، މިނިވަންކަމާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމަށް ބޭނުން ޖެހިފައި އޮތް ހައްސާސްކަމުގެ ތެރެއިން ރެސްޓޯރަންޓްގެ ފިކުރު އުފެދިގެން އައީއެވެ.  

ހަމޫދާގެ "ސަބާއިއާ ވީއައިޕީ"ގެ މުވައްޒަފުންގެ ލިސްޓުގައި ހިމެނެނީ 8 އަންހެނެކެވެ. އޭގެ އިތުރުން، އަމިއްލަ ގޭގައި ތިބެގެން ރެސްޓޯރަންޓަށް ކާބޯތަކެތި ތައްޔާރުކޮށްދޭ މީހުންގެ ޚިދުމަތްވެސް އޭނާ ހޯދާފައެވެ. ދުނިޔޭގެ އެންމެ ބޮޑު، އަނގަމަތި ހާ ޖަލުގެ ގޮތުގައި ސިފަ ކުރަމުންދާ ޣައްޒާގެ އާބާދީގައި 50 ޕަސެންޓް މީހުންނަކީ ވަޒީފާ ނެތް މީހުން ކަމުގައި ވާ އިރު، ހަމޫދާ ފަދަ ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު، ވަޒީފާ ނުލިބުމުގެ މައްސަލައަށްވެސް ކޮންމެވެސް ވަރެއްގެ ހައްލެއް މިވަނީ ހޯދިފައެވެ.

ސަބާއިއާ ވީއައިޕީޣައްޒާޣައްޒާގެ އަންހެނުންނަށް ޚާއްސަ ރެސްޓޯރަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު