Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

މިހާރު އޮތީ ކުރިއަށްވުރެ ތަފާތު ބާސެލޯނާއެއް، ކުޅުންތެރިންނަށް އެކަން ވިސްނައިދެން: ނާގަލްސްމަން

ނާގަލްސްމަން ބުނީ އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ލިބުނު ނަތީޖާއަކީ މިހާރު ކައުންޓު ކުރެވޭނެ ނަތީޖާއެއް ނޫންކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2022 | އަންގާރަ 03:54
ބަޔާންގެ ކޯޗު ނާގަލްސްމަން

ބަޔާންގެ ކޯޗު ނާގަލްސްމަން

މިހާރު އޮތީ ކުރިއަށްވުރެ ތަފާތު ބާސެލޯނާއެއް ކަމަށާއި، ބަޔާން މިއުނިކްގެ ކުޅުންތެރިންނަށް އެކަން ވިސްނައިދޭ ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފިއެވެ.

ނާގަލްސްމަން މިހެން ބުނީ މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ފުޓުބޯޅަ މެޗުގައި ބާސެލޯނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސްގައެވެ. އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު، ނާގަލްސްމަން ބުނީ ބަޔާންއަށް ބާސެލޯނާ ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ނަމަވެސް މިއީ އައު ޗެލެންޖެއްކަން ފާހަގަކޮށް ނާގަލްސްމަން ބުނީ، ބާސެލޯނާގައި މުހިންމު ދައުރު އަދާ ކުރާ އައު ކުޅުންތެރިން ތިބިކަމަށެވެ. އޭގެ ތެރޭގައި ބަޔާން ދޫކޮށް ބާސެލޯނާއަށް ބަދަލުވި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީގެ ނަން ނާގަލްސްމަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ނާގަލްސްމަން ބުނީ އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ލިބުނު ނަތީޖާއަކީ މިހާރު ކައުންޓު ކުރެވޭނެ ނަތީޖާއެއް ނޫންކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ މިހާރުގެ ބާސެލޯނާއަކީ މުޅިން ތަފާތު ޓީމެއް ކަމަށެވެ. ނާގަލްސްމަން ބުނީ ބާސެލޯނާގައި ޒުވާން ހުނަރުވެރި އެތައް ކުޅުންތެރިންނެއް ތިބިއިރު، ޕެޑްރީ އާއި ގަވީ އަކީ ވަަރަށް މޮޅު ދެ ކުޅުންތެރިންކަމަށެވެ. މީގެ އިތުރުން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވެ ޒަވީ ހެނާންޑޭޒް އަދާކުރަނީ ރަނގަޅު ރޯލެއްކަން ފާހަގަކޮށް އޭނާ ބުނީ، ޒަވީ ކޯޗުކޮށްދޭ ޓީމަކާ ދެކޮޅަށް ކުޅުމަކީ ޓަފް ކަމަކަށް ވާނެ ކަމަށެވެ.

އެންމެ ފަހުން ބާސެލޯނާއިން ބަޔާނާ ދެކޮޅަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ބަޔާނުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ބަޔާނުން 2-8 އިން އެ ޓީމު ބަލި ކުރި މެޗެވެ.

ބަޔާން އާއި ބާސެލޯނާ ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

ޗެމްޕިއަންސް ލީގުބަޔާން މިއުނިކްބާސެލޯނާހޫލިއަން ނާގަލްސްމަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު