Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ރިސޯޓު ވޮލީ މުބާރާތް

ދެވަނަ މެޗުގައި ވަކަރު މޯލްޑިވްސްއިން ސޮނެވާފުށި ބަލިކޮށްފި

މިއީ ވަކަރު މޯލްޑިވްސްއިން މުބާރާތުގައި ހޯދި ފުރަތަމަ މޮޅު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ސެޕްޓެމްބަރު 2022 | އަންގާރަ 02:32
ވަކަރު މޯލްޑިވްސް އަދި ސޮނެވާ ފުށިން ކުޅުނު މެޗުގެ ތެރެއިން

ވަކަރު މޯލްޑިވްސް އަދި ސޮނެވާ ފުށިން ކުޅުނު މެޗުގެ ތެރެއިން

އިންޓަރ ރިސޯޓު ވޮލީ ބޯޅަ މުބާރާތުގެ ޒޯން ފަހެއްގައި ވަކަރު މޯލްޑިވްސްއިން ސޮނެވާފުށީގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިއީ މި ދެ ޓީމުން ވެސް މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ދެ ޓީމު ވެސް މުބާރާތް ފަށަން ޖެހުނީ ބައްޔަކުންނެވެ. ފުރަތަމަ މެޗުގައި އަމިއްލަފުއްޓާއި ވާދަކޮށް ވަކަރު މޯލްޑިވްސް ވަނީ ބަލިވެފައެވެ. އަދި ސޮނެވާފުށި ބަލިވެފައިވަނީ އަނަންތަރަ ކިހާވަކާ ވަދަކޮށެވެ.

ދެވަނަ މެޗަށް ނުކުތްއިރު މިއީ ދެ ޓީމަށް ވެސް މުހިންމު މެޗަކަށްވިއެވެ. މި މެޗުގައި ވަކަރު މޯލްޑިވްސްއިން ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ސޮނެވާފުށި ބަލިކޮށްފައެވެ. މެޗުގެ ސެޓުތައް ވަކަރު މޯލްޑިވްސް އިން ހޯދީ 18-25، 20-25 އަދި 22-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވަކަރު މޯލްޑިވްސްގެ ޙަސަން ނިލާމްއެވެ.

މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެއްވަނަ މަގާމުގައި އޮތީ އަމިއްލަފުއްޓެވެ. ވަކަރު މޯލްޑިވްސް އާއި އަނަންތަރައަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ނަމަވެސް މިއަދު ހަވީރު ދުސިތު ތާނީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، އަނަންތަރައަށް ޕޮއިންޓުގެ ގޮތުން އަމިއްލަފުއްޓާއި އެއްވަރުކުރެވޭނެއެވެ.

މި ޒޯން ވެސް ކުރިއަށްދާނީ ރައުންޑް ރޮބިން އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް، އެއްވަނަ ލިބޭ ޓީމު ދާނީ ސީދާ ފައިނަލަށެވެ. ދެވަނަ ޓީމާއި ތިންވަނަ ޓީމު ޖެހޭނީ ޕްލޭ އޮފް މެޗެއް ކުޅޭށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު