Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ރިސޯޓު ވޮލީ މުބާރާތް

ދެވަނަ މެޗުން ވެސް މޮޅުވެ އަމިއްލަފުށި ޒޯން ފަހެއްގެ އެއްވަނައަށް

ދެވަނަ މެޗުގައި ދުސިތު ތާނީގެ މައްޗަށް ކުރި ހޯދާފައިވަނީ ތިން ސެޓު އެއް ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ސެޕްޓެމްބަރު 2022 | ހޯމަ 02:43
އިންޓަރ ރިސޯޓު ޒޯން ފަހެއްގައި ވާދަކުރާ އަމިއްލަފުށި

އިންޓަރ ރިސޯޓު ޒޯން ފަހެއްގައި ވާދަކުރާ އަމިއްލަފުށި

އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގައި ދުސިތު ތާނީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އަމިއްލަފުށިން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މުބާރާތުގައި މިއީ އަމިއްލަފުށިން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ވަކަރު މޯލްޑިވްސްގެ މައްޗަށް ކުރި ހޯދާފައެވެ. ދެވަނަ މެޗުގައި ދުސިތު ތާނީގެ މައްޗަށް ކުރި ހޯދާފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު އަމިއްލަފުށިން ކާމިޔާބުކުރީ 25-18 އިންނެވެ. ނަމަވެސް ދުސިތު ތާނީ ވަނީ ވަނީ ޖެހިގެން އައި ދެވަނަ ސެޓު 25-19 އިން ކާމިޔާބުކޮށްފައެވެ. ސެޓުގެ ގޮތުން އެއްވަރުވެ އޮވެ، ދެ ޓީމު ތިންވަނަ ސެޓަށް ނުކުތްއިރު މި ސެޓުގައި ރަނގަޅު ކުޅުމެއް ދެއްކީ އަމިއްލަފުށިންނެވެ. އެ ޓީމުން ވަނީ 25-15 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. އެ ރޫހުގައި ނުކުމެ އަމިއްލަފުށިން ވަނީ ހަތަރުވަނަ ސެޓު 25-19 އިން ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަމިއްލަފުށީގެ އަޙުމަދު އަޒީމްއެވެ.

މި ޒޯންގެ ދެވަނަ މެޗުގައި ވާދަކުރީ އަނަންތަރަ ކިހާވަކާއި ސޮނެވާ ފުއްޓެވެ. އެ މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކުރީ އަނަންތަރައެވެ.

މި ޒޯންގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން އަމިއްލަފުށި އޮތީ ތާވަލްގެ އެއްވަނަ މަގާމުގައެވެ. ދެވަނަ މަގާމުގައި އަނަންތަރަ އޮތީ ކުޅުނު އެއް މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. ދެން މި ޒޯންގައި ހިމެނޭ ދުސިތު ތާނީ، ސޮނެވާފުށި އަދި ވަކަރު މޯލްޑިވްސްއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު