Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންނަށް ހަމަލާދިނުން

ފުލުހުންނަށް ޙަމަލާ ދިނުމުގައި ފަތިބުރިއާއި ގައު ފަދަ ތަކެތި ބޭނުންކޮށްފައިވޭ

11 ސެޕްޓެމްބަރު 2022 | އާދީއްތަ 06:20

ފުލުހުންނަށް ހަމަލާ ދިނީ ހުކުރު ދުވަހު 11:52ހާއިރު، އެމީހުން އޮފް ޑިއުޓީގައި އުޅެނިކޮށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 06:20
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ފުލުހުންނަށް ހަމަލާދިން ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ފުލުހުންނަށް ހަމަލާ ދިނީ ހުކުރު ދުވަހު 11:52ހާއިރު، އެމީހުން އޮފް ޑިއުޓީގައި އުޅެނިކޮށެވެ. މި ހާދިސާގައި އަނިޔާވި ފުލުހުންނަށް އޭޑީކޭގައި ފަރުވާދެމުން ދާއިރު ފުލުހުންތަކަކަަށް ހަމަލާދިނީ ހެންވޭރުގެ މަޝްހޫރު ގޭންގަކުންކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ހުކުރު ދުވަހު ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ފުލުހުންތަކަކަަށް ހަމަލާދިން މައްސަލައިގައި ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާއިރު، މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވި އިތުރު މީހުން ހައްޔަރު ކުރައްވާނެ ކަމަށާއި، ފުލުހުންނަށް ދޭ މިފަދަ ހަމަލާގެ މައްސަަލަތައް ވަރަށް ސީރިއަސްކޮށް ނަންގަވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ. މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 18 އަހަރުގެ އަހުމަދު އުވައިސް ނަމަކަށް ކިޔާ މީހަކާއި، 20 އަހަރުގެ ޔޫސުފް ސުހައިލް އަލީ މުސްތަފާއެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައެވެ.

ގާޒީ އިސްމާއިލް ޝަފީއު ނެރުއްވި އަމުރުގައި ވިދާޅުވީ، އަނިޔާ ލިބުނު ފަރާތްތަކަށް ޙަމަލާ ދިނުމުގައި ފަތިބުރިއާއި ގައު ފަދަ ތަކެތި ބޭނުންކޮށްފައިވާ ކަމަށާއި، އަނިޔާވެރިކަމާއެކު ޙަމަލާދީފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ފަރާތުންވެސް އެމީހުން ދެނެގަނެފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުންތަކަކަަށް ހަމަލާދިން މައްސަލައިގައި ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާއިރު، ޙަމީދު ވިދާޅުވީ، ރާވައިގެން ހިންގާ ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ފުލުހުން ފަހަތަށް ނުޖެހޭނެކަމަށެވެ. ނަމަވެސް ގޭންގުތަކުގެ ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަަތައް ހުއްޓުވޭނީ އެންމެން ގުޅިގެންކަމަށް ސީޕީ ވިދާޅުވިއެވެ.

މުޖުތަމައަށް ޚިދުމަތްކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ފުލުހުންގެ ރައްކާތެރިކަންވެސް ކަަށަވަރުކުރުމަށް އިތުރު އެއްބާރުލުން ބޭނުންވާކަން ޙަމީދު ފާހަގަކުރެއްވިއެވެ.

ފުލުހުންނަށް ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި، ސައިކަލެއްގައި ވެއްޓިފައި އޮތް މީހަކު ފުލުހުން ނަގައި އެމްބިއުލާންސަކަށް އަރުވައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް