Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޯއްލަ މަހާސިންތާ

ގާތްގަނޑަކަށް %40 ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ އެންމެ އެކަށީގެންވާ ފައިދާ ނުލިބޭ: ނިޔާޒް

ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުގެ އެންމެ އެކަށީގެންވާ ފައިދާ ނުލިބޭކަމުގެ ޝަކުވާ ކައުންސިލްތަކުން ހުށަހެޅި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 08:10
މެމްބަރު ނިޔާޒް

މެމްބަރު ނިޔާޒް

ލާމަރުކަޒު ކުރުމުގެ ގޮތުން ދެމުން އަންނަ ބްލޮކް ގްރާންޓުގެ އެންމެ އެކަށީގެންވާ ފައިދާ ގާތްގަނޑަކަށް %40 ކައުންސިލްތަކަށް ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ރައީސް ޢަލީ ނިޔާޒު ވިދާޅުވިއެވެ.

ރާއްޖެ ޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނިޔާޒް ވަނީ ފަނޯއްލަ މަހާސިންތާގައި ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުގެ އެންމެ އެކަށީގެންވާ ފައިދާ ނުލިބޭކަމުގެ ޝަކުވާ ކައުންސިލްތަކުން ހުށަހަޅާފައިވާކަން ފާހަގަކުރައްވާފައެވެ. ގާތްގަނޑަކަށް 60% އަށް ވުރެ ގިނަ ކައުންސިލްތަކަށް މިހާރު ވެސް އެ ގްރާންޓުގެ ފައިދާ ލިބުނު ނަމަވެސް ގްރާންޓު ދޭ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ބައެއް ކައުންސިލްތަކުން ގްރާންޓުގެ ނިސްބަތަށް ބަދަލު ގެންނަން ހުށަހެޅި ނަމަވެސް އެއީ އެންމެ އެކަށީގެންވާ އުސޫލު ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ. ބްލޮކް ގްރާންޓު ދޭން ފެށުމަކީ އެ ކައުންސިލްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަން ފާހަގަކުރައްވާ ނިޔާޒް ވަނީ އެ ނިޒާމް ހިންގަން ފެށުމާއި އެކު ގްރާންޓު ދިނުމުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރިކަން ނިޔާޒް ފާހަގަުރެއްވިއެވެ.

ނިޔާޒް ވަނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށާއި މި ފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަން ފާހަގަކުރައްވާފައެވެ.

ލ އަތޮޅުގައި ކުރިޔަށްދާ ފަނޯއްލަ ދަރުބާރުގައި ޖުމުލަ 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ނިލަންދެއަތޮޅު ދެކުނުބުރިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ގެ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއި ކަމާގުޅުން ހުރި ވުޒާރާތަކާއި އަދި އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިން ހިމެނެއެވެ.

އަލީ ނިޔާޒްވިޔަވަތި ރާއްޖެ

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2025

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް

01 އޮކްޓޯބަރު 2025
ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް
06 ސެޕްޓެމްބަރު 2025

މިހާރުވެސް ފިސްކަލް ފޯމިއުލާ އެކުލެވިގެންވަނީ ބިމުގެ އޭރިއާ ހިމެނޭގޮތައް، ގާނޫނަށް ބަދަލު ގެންނަންޖެހޭ ހާލަތެއް ނެތް: ނިޔާޒް

06 ސެޕްޓެމްބަރު 2025
މިހާރުވެސް ފިސްކަލް ފޯމިއުލާ އެކުލެވިގެންވަނީ ބިމުގެ އޭރިއާ ހިމެނޭގޮތައް، ގާނޫނަށް ބަދަލު ގެންނަންޖެހޭ ހާލަތެއް ނެތް: ނިޔާޒް
05 އޯގަސްޓު 2025

ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު

05 އޯގަސްޓު 2025
ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު
04 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ގެނައުމަށް ވުރެ، ރައީސްގެ ގަރާރަކުން ކައުންސިލްތައް އުވާލުން ވެސް މާ ރަނގަޅުވާނެ: ނިޔާޒު

04 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ގެނައުމަށް ވުރެ، ރައީސްގެ ގަރާރަކުން ކައުންސިލްތައް އުވާލުން ވެސް މާ ރަނގަޅުވާނެ: ނިޔާޒު
07 ޖުލައި 2025

ދައުލަތުން ރާއްޖޭގެ ރައްތަކުގެ އިދާރީ ހިންގުމަށް 1.5 ބިލިއަން ރުފިޔާއަށްވުރެ މަތީ އަދަދެއް ދީގެން ނުވާނެކަހަލަ ގޮތަކަށް ގާނޫނު ބަދަލުކުރަން އުޅުމަކީ އިންސާފުވެރި ގޮތެއް ނޫން: އަލީ ނިޔާޒް

07 ޖުލައި 2025
ދައުލަތުން ރާއްޖޭގެ ރައްތަކުގެ އިދާރީ ހިންގުމަށް 1.5 ބިލިއަން ރުފިޔާއަށްވުރެ މަތީ އަދަދެއް ދީގެން ނުވާނެކަހަލަ ގޮތަކަށް ގާނޫނު ބަދަލުކުރަން އުޅުމަކީ އިންސާފުވެރި ގޮތެއް ނޫން: އަލީ ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު