Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ އާރަށު ހިޔާނަތް

ދޫވެހީގައި ނަރީޝް އާއިއެކު ގުނީ ވަކިވަކި ފައިސާ ނޫޓެއް ނޫން، ގުނީ ފައިސާ ބޮނޑިތައް: ހެކިވެރިޔާ

ރައީސް ޔާމީނު ޕީއޭގައި އުޅުއްވިއިރުން ފެށިގެން އޭނާއާ ރައީސް ޔާމީނާ ގާތް ގުޅުމެއް އޮވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 06:44
ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރު ކޮށްފައިވަނީ އަބްދުﷲ ރަޝީދެވެ. އޭނާ ބުނީ، މި މައްސަލައިގައި ރައީސް ޔާމީނާއެކު ދައުވާ އުފުލާފައިވާ ޔޫސުފް ނައީމް އޭނާއާ ދެފަހަރެއްގެ މަތިން ބައްދަލުވި ކަމަށެވެ. އެއީ ކެމްޕޭން ދަތުރެއްގައާއި، ރައީސް ޔާމީނު ވިދާޅުވެގެން ފައިސާގެ މުއާމަލާތަކާއި ގުޅިގެން ކަމަށް އޭނާ ބުންޏެވެ.

Advertisement - newsAdvertisement

އަބްދުﷲ ރަޝީދު ކިޔާދިން ގޮތުގައި ރައީސް ޔާމީނު ޕީއޭގައި އުޅުއްވިއިރުން ފެށިގެން އޭނާއާ ރައީސް ޔާމީނާ ގާތް ގުޅުމެއް އޮވެއެވެ. އެގޮތުން ރައީސް ޔާމީނުގެ އަމިއްލަފުޅު ކަަންކަމުގައާއި، ފައިސާގެ މުއާމަލާތްތަކާއި ގުޅުންހުރި ކަންކަމުގައި އޭނާއަށް ގުޅުއްވާކަމަށް ބުންޏެވެ. އެގޮތުން އެކި މީހުންނަށް ދޭން ޖެހޭ ފައިސާއާއި، ބޭންކަށް ޖަމާކުރަންޖެހޭ ފައިސާގެ މުއާމަލާތްތަކާއި ގުޅިގެން ރައީސް ޔާމީނު އޭނާއަށް ގުޅުއްވާކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ އިތުރަށް ބުނީ، ރައީސް ޔާމީނު ޔޫސުފް ނައީމް އަތުން ނެންގެވި 1 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމަށް ޙަވާލު ކުރުމުގެ ކަންކަމުގައި އުޅެފައިވާނެ ކަމަށެވެ. އެއީ 15،420،00 ދިވެހި ރުފިޔާއެވެ.

އެ ފައިސާ ރައީސް ޔާމީނުގެ ގެކޮޅުގައި ތިބެ ގުނި ކަމަށާއި، އަތުން އެ ފައިސާ ގުނީ ފައިސާ ބޮނޑިތައް ވަކިން ކަމަށް އޭނާ ބުންޏެވެ. 1 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމަށް ދިނުމާއި ގުޅޭގޮތުން ރައީސް ޔާމީނު ސޮއި ކުރައްވައި އިނގިލީގެ ނިޝާން ޖެއްސެވި ލިއުމެއްވެސް އެވަގުތު ދެއްވިކަމަށް އޭނާ ބުންޏެވެ.

އެ ލިއުމާއި ފައިސާ އަޅާފައި ހުރި 2 ދަބަސް ޔޫސުުފް ނައީމާ ޙަވާލު ކުރީ އޭނާއާ އަހުމަދު ނަރީޝްއާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ނަރީޝް ހޯދި ކާރެއްގައި ފައިސާ ހިފައިގެން ގޮސް، އެ ފައިސާ ޙަވާލު ކޮށްފައިވަނީ ޔޫސުފް ނައީމްގެ ގޭގައި ތިބެގެންނެވެ. އެކަމާ ގުޅޭ ލިއުމުގައި ޔޫސުފް ނައީމްވެސް ސޮއި ކުރެއްވި ކަމަށާއި، ޔޫސުފް ނައީމްވެސް ގުނުއްވީ ފައިސާ ބޮނޑިތައް ކަމަށް އޭނާ ބުންޏެވެ.

އެހިސާބުން ޔޫސުފް ނައީމް ސޮއިކުރެއްވި ލިއުން ގެންގޮސް ރައީސް ޔާމީނާ ޙަވާލު ކުރެއްވީކަމަށް އޭނާ ބުންޏެވެ.

ދެން ސުވާލުކުރީ ދައުލަތުންނެވެ. ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ހެކިވެރިޔާ ބުނީ، ޔޫސުފް ނައީމްގެ ގެއަށް ވަދެވުނު ގޮތް މިހާރު ހަނދާން ނެތް ކަމަށާއި، ގޭގެ ދޮރު ހުރީ ތަޅުލާފައިކަން ނުވަތަ ނޫންކަން މިހާރު ބުނެދޭން ނޭނގޭ ކަަމަށެވެ. ޔޫސުފް ނައީމް ދިރިއުޅެނީ ގޭގެ ކޮން ބައެއްގައިކަންވެސް ސީދާ ބުނަން ނޭނގޭ ކަމަށާއި، ފައިސާ ގުނީ ކޮން ތަނެއްގައި ތިބެގެންކަންވެސް ހަނދާނުގައި ނެތް ކަމަށް އޭނާ ބުންޏެވެ.

އެ ގެއަށްގޮސް ޔޫސުފް ނައީމަށް ގުޅީ ނަރީޝްކަމަށް އޭނާ ބުންޏެވެ. އަދި ފައިސާ ދަބަސް އެ ގެއަށް ވެއްދީ އޭނާއާއި ނަރީޝް ކަމަށާއި، އިތުރު ބަޔަކު އޭރު އެގޭގައި ނުޅޭކަމަށްވެސް އޭނާ ބުންޏެވެ. އެމީހުން ޔޫސުފް ނައީމްގެ ގެއަށް ދިއުމާއި، ގެއަށް ގޮސް ފައިސާ ގުނައިގެން ނުކުންނަން ހޭދަވި ވަގުތެއް ނޭނގޭކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ، އަނބުރާ ރައީސް ޔާމީނުގެ ގެއަށް ގޮސް، އެ ގެއަށް ވަދެވުނު ގޮތް މިހާރު ހަނދާނުގައި ނެތް ކަމަށެވެ. ރައީސް ޔާމީނު ގުޅުއްވައިގެން ދޫވެއްސަށް ދިޔައީ ދުވާލުކަން ނުވަތަ ނޫންކަންވެސް ހަނދާނުގައި ނެތް ކަމަށާއި، ރައީސް ޔާމީނު ގުޅުއްވުމުން ދޫވެއްސަށް ގޮސް، އެ ގެއިން ނުކުމެވުނީ ކިހާ އިރަކުކަންވެސް ހަނދާނުގައި ނެތްކަމަށް ހެކިވެރިޔާ ފާހަގަކުރިއެވެ.

އޭގެ އިތުރުން، ދޫވެއްސަށް ދިޔައިރު ފައިސާ ހުރީ ގޭގެ ސިޓިންގ ރޫމްގަ ދަބަހެއްގެ ތެރޭގައި ކަމަށާއި، ކޮންމެ ފައިސާ ބޮނޑިއެއްގައި ހުރީ ކިހާ ނޫޓެއްތޯ ބަލާފައިނުވާނެކަމަށްވެސް އޭނާ ބުންޏެވެ. އަދި ފައިސާ ގުނަން ހުރީ ކޮޅަށްތޯ ނުވަތަ އިށީނދެގެންތޯވެސް ހަނދާނުގައި ނެތްކަމަށް އޭނާ ބުންޏެވެ. އެއީ ޕޮލިމަރ ނޫޓުތޯ ނުވަތަ ކުރީގެ ކަރުދާސް ނޫޓުތޯވެސް ހަނދާނުގައި ނެތްކަމަށް އޭނާ ބުންޏެވެ.

ކްރިމިނަލް ކޯޓްޔާމީންއެމްއެމްޕީއާރްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު