Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ރިސޯޓު ވޮލީ މުބާރާތް

ޒޯން ފަހެއްގެ ފުރަތަމަ މެޗު އަމިއްލަފުއްޓަށް

މެޗު އަމިއްލަފުށިން ކާމިޔާބުކުރީ ވަކަރު މޯލްޑިވްސް އިން ފުރަތަމަ ސެޓު ހޯދާފައިވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 02:48
ޒޯން ފަހެއްގެ މެޗުގެ ތެރެއިން

ޒޯން ފަހެއްގެ މެޗުގެ ތެރެއިން

އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގައި ކުޅުނު ފުރަތަމަ މެޗު އަމިއްލަފުށިން ކާމިޔާބުކޮށްފިއެވެ.

މި ޒޯންގެ ފުރަތަމަ މެޗުގައި އަމިއްލަފުށިން ވާދަކޮށްފައިވަނީ ވަކަރު މޯލްޑިވްސްއާއެވެ. މެޗު އަމިއްލަފުށިން ކާމިޔާބުކުރީ ވަކަރު މޯލްޑިވްސް އިން ފުރަތަމަ ސެޓު ހޯދާފައިވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ.

ފުރަތަމަ ސެޓު ވަކަރު މޯލްޑިވްސް އިން ކާމިޔާބުކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ. ސެޓު ފަށައިގެން ރަނގަޅު ލީޑެއްގައި އޮވެ، ވަކަރު މޯލްޑިވްސް އިން ސެޓު ނިންމާލީ 25-11 އިންނެވެ. ނަމަވެސް ޖެހިގެން އައި ސެޓު އަމިއްލަފުށިން ވަނީ ކާމިޔާބުކޮށްފައެވެ. ވާދަވެރިކޮށް ދިޔަ ސެޓުގެ ފަހު ވަގުތު ލީޑު ނަގައި، އަމިއްލަފުށިން މި ސެޓު ހޯދީ 25-21 އިންނެވެ. ޖެހިގެން އައި ދެ ސެޓު އަމިއްލަފުށިން ހޯދީ ރަނގަޅު ލީޑެއްގައި އޮވެއެވެ. އެއީ 25-18 އަދި 25-19 އިންނެވެ.

މި ޒޯންގައި ވެސް ފަސް ޓީމެއް ވާދަކުރެއެވެ. އެއީ އަމިއްލަފުއްޓާއި، ވަކަރު މޯލްޑިވްސްގެ އިތުރުން، އަނަންތަރަ ކަޅިރަވަ، ސޮނެވާ ފުށި އަދި ދުސިތު ތާނީ އެވެ.

މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަ ރިސޯޓު ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުވަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު