Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަސްމަކަށް ޗާލްސް ވަޑައިގެންނެވުން

އިނގިރޭސި ރަސްކަމަށް ޗާލްސް

ރަސްގެފާނު ޗާލްސްގެ ޚާއްސަ ބަޔާނުގައި ވަނީ މަންމާފުޅު އަވަހާރަވުމުން އެމަނިކުފާނާ މުޅި އާއިލާއަށްވެސް ފުން ހިތާމައެއް ލިބިފައިވާކަމަށް ވިދާޅުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2022 | ހުކުރު 02:12
ރަސްގެފާނު ޗާލްސް ތިންވަނަ

ރަސްގެފާނު ޗާލްސް ތިންވަނަ

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ ދޮށީ ދަރިކަލުން ޗާލްސް ރަސްކަމަށް ވަޑައިގެންފިއެވެ.

ރާނީ އަވަހާރަވުމާއެކު އިނގިރޭސި ޝާހީ އާއިލާގެ ރަސްމީ ޓްވިޓާ އެކައުންޓުން އާންމުކޮށްފައިވާ ރަސްގެފާނު ޗާލްސްގެ ޚާއްސަ ބަޔާނުގައި ވަނީ މަންމާފުޅު އަވަހާރަވުމުން އެމަނިކުފާނާ މުޅި އާއިލާއަށްވެސް ފުން ހިތާމައެއް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ.

އަދި އެކަމަނާ އަވަހާރަވުމުގެ އަސަރު މުޅި ގައުމާއި ކޮމަންވެލަތަށްވެސް ކުރާނެކަމަށާއި އޭގެ އަސަރު ދުނިޔޭގެ އެތަން މިތަނުގައި ދިރިއުޅޭ ގިނަ ބަޔަކަށްކުރާނެކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރާނީ އަވަހާރަވުމާއި ގުޅިގެން ރަސްކަން އޮޓަމެޓިކުން ޗާލްސް އަށް ވަނީ ލިބިވަޑައިގަންނަވާފައެވެ. ނަމަވެސް ރަސްކަމުގެ ތާޖު ތުރުކުރެއްވުމަށް ގިނަ ކަންތައްތަކެއް އިނގިރޭސި ސަގާފަތާ އެއްގޮތަށް ކުރައްވަން ޗާލްސް އަށް ޖެހިވަޑައިގަންނަވާނެއެވެ. ރަސްކަމަށް ޗާލްސް ވަޑައިގަތުމާއެކު ޗާލްސް އަށް ދެން ނިސްބަތްކުރެވޭނީ ރަސްގެފާނު ޗާލްސް ތިންވަނައިގެ ގޮތުގައެވެ.

އުމުރުފުޅުން 73 އަހަރުގެ ޗާލްސް އާއި އަނބިކަނބަލުން ރާނީ ކޮންސޯޓް ކެމިލާ ހުންނެވީ ރާނީ އެލިޒަބަތު އޮންނެވި ބަލްމޯރަލް ގަނޑުވަރުގައެވެ. ހުކުރު ދުވަހު ރަސްގެފާނު ޗާލްސް ލަންޑަނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިނގިރޭސި ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވާނެއެވެ. މީގެއިތުރުން އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސްއާ ވެސް ބައްދަލުކުރައްވާނެއެވެ.

ރާނީ ފަސްދާނުވެޑުވުމުގެ ކަންކަން ކުރިޔަށްދާނެ ގޮތެއް އަދި ސާފެއްނުވެއެވެ.

ޗާލްސް ރަސްމީކޮށް ރަސްކަމަށް އައްޔަނުކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުއެވެ. ރަސްކަމަށް ޗާލްސް ވަޑައިގަތުމާއެކު ކޮމަންވެލްތުގެ އެންމެ އިސްވެރިޔަކަށް ވެސް ޗާލްސް ވެވަޑައިގަންނަވާނެއެވެ.

ރަސްކަމަށް ޗާލްސް ވަޑައިގަތުމުން އިނގިރޭސިވިލާތުގެ އައު ވަލީ އަހުދަކީ އެމަނިކުފާނުގެ ދޮށީ ދަރިކަލުން އުމުރުފުޅުން 40 އަހަރުގެ ވިލިއަމްއެވެ.

ރާނީ އެލިޒަބަތު 2ރަސްގެފާނު ޗާލްސް ތިންވަނައިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް

އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް

03 ނޮވެމްބަރު 2025
އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

18 އޮކްޓޯބަރު 2025
ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި

ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި

23 މާރިޗު 2024
އިނގިރޭސި ރަސްގެފާނު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނީ

އިނގިރޭސި ރަސްގެފާނު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނީ

06 ފެބުރުއަރީ 2024

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު