Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއްބަސްވުން އައު ނުކުރަން ނިންމުން

ސިޓީ ކައުންސިލުގެ ނިންމުމާއެކު ވެމްކޯގައި ކުނިކެހުމުގައި އުޅޭ ދިވެހި މުވައްޒަފުންގެ ކުރިމަގާމެދު ވަނީ ސުވާލު އުފެދިފައި: ވެމްކޯ

9 ސެޕްޓެމްބަރު 2022 | ހުކުރު 02:04

ވެހިކަލް މަރާމާތު ކުރުމާއި ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ވެމްކޯއިން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ސެޕްޓެމްބަރު 2022 | ހުކުރު 02:04
ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތުގައި

ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތުގައި

މާލެ އާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަން ސާފުކުރުމަށް ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމުމާއެކު ވެމްކޯގައި ކުނި ކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދިވެހި އެތައް މުވައްޒަފެއްގެ ވަޒީފާގެ ކުރިމަގާމެދު ސުވާލު އުފެދިފައިވާކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއާ އެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޑިސެމްބަރު މަހު 26ށް ހަމަވާއިރު އެންމެ ފަހުން ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވަނީ އެއްބަސްވުން އައު ނުކޮށް މާލެއިން ކުނި ނެގުމުގެ މަސައްކަތް ކައުންސިލުން ކުރާގޮތަށް ފާސްކޮށްފައެވެ.

Advertisement - newsAdvertisement

ކައުންސިލުގެ މިނިންމުމާއެކު ވެމްކޯއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 8 ސެޕްޓެމްބަރުގައި ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުގެ މެމްބަރުންގެ ކަންބޮޑުވުމަކީ މާލެ އަދި ވިލިމާލޭގެ މަގުތަކާއި މައިޒާންތައް ފޮޅައި ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރާ ޚަރަދު ބޮޑުވުމުގެ ޝަކުވާކަމަށެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން މަހަކު ވެމްކޯއަށް ސިޓީ ކައުންސިލުން 2.5 މިލިއަން ރުފިޔާ ޚަރަދުކުރަންޖެހޭއިރު އެކައުންސިލުން އަމިއްލަ ޚަރަދުގައި މިމަސައްކަތްކުރާނަމަ ޚަރަދުކުރަންޖެހޭނީ މަހަކު 1.5 މިލިއަން ރުފިޔާކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މިގޮތުން ޚަރަދުގެ ގޮތުގައި މުވައްޒަފުން ބެލެހެއްޓުމަށް އަހަރަކު 12 މިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު މިފަދަ ބޮޑު ޚިދުމަތެއް ފޯރުކޮށްދިނުމުގައި ހިމެނޭ އެހެނިހެން ޚަރަދުތައް ކަމުގައިވާ ވެހިކަލް މަރާމާތު ކުރުމާއި ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން އިތުރަށް ބުނީ އެކުންފުނީގެ އޮޕަރޭޝަންގެ ތެރެއިން މާލެ ސިޓީ އާއި ވިލިމާލެ ކުނިކަހާ ސާފުކުރުމުގެ މަސައްކަތަކީ ކޯޕަރޭޝަނުން ބޮޑު އިސްކަމެއްދީގެން އެއްބަސްވެފައިވާ ގޮތުގެ މަތިން ގާތުން މޮނިޓަރުކުރަމުން ކުރިޔަށްގެންދާ މަސައްކަތެއްކަމަށެވެ. އަދި މިމައުލޫމާތު ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް މާލެ ސިޓީ ކައުންސިލާއި ހިއްސާކުރަމުންދާކަމަށް ވެމްކޯއިން ބުނެއެވެ.

މީގެއިތުރުން ވެމްކޯއިން ބުނީ ވެމްކޯގެ ޚިދުމަތް މެދުވެރިކޮށް މިވަގުތުވެސް ގަވާއިދާ ޚިލާފަށް މާލެ ސިޓީގެ މަގުތަކަށް ނެރެފައި ހުންނަ އެތައް ޓަނެއްގެ ކުނި ކޮންމެ ދުވަހަކު ދަނީ ނަގާ ސާފުކުރެވެމުންކަމަށެވެ.

މީގެއިތުރުން ވެމްކޯއިން ބުނީ ރައްޔިތުންގެ ޚިދުމަތުގައި އިންތިޚާބުވެފައިވާ މަންދޫބުން ތަމްސީލުކުރާ ސިޓީ ކައުންސިލަކުން ސިޔާސީ ބޭނުމަކަށް ވެމްކޯގެ ޚިދުމަތުގެ ހަގީގަތް އޮޅޭނެފަދަ އިބާރާތުން އަދި ރައްޔިތުންނަށް ޚިދުމަތްދިނުމަށް ގާއިމުކޮށްފައިވާ ކުންފުންޏެއްގެ ނަން ކިލަނބުވާނެ ފަދަ މޭރުމަކުން ދެއްކި ވާހަކަ ކުށްވެރިކުރާކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ފާހަގަކޮށްފައިވަނީ ކައުންސިލުން މިނިންމުން ނިންމަނީ ވެމްކޯއަށް ކައުންސިލުން ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި މަގުތައް ސާފުނުކުރާކަމުގެ ޝަކުވާ ބޮޑުވެފައިވާކަމަށް ބުނެއެވެ.

ވެމްކޯމާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް