Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޓްރިކް ވެހިކަލާބެހޭ ސަރވޭ

އިލެކްޓްރިކް ވެހިކަލާބެހޭ ކޮންސިއުމަރ ޕްރިފަރަންސް ސަރވޭއެއް ކުރިއަށްގެންދަނީ

ދިވެހިރާއްޖެއިން ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް، ވައިގެ ޒަރީއާއިން ޖައްވަށް އެކިމާއްދާތައް ބޭރުކުރާ މިންވަރު %26 ދަށްކުރުމަށް އަޒުމުކަނޑައަޅާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 13:12
މަގުމަތީގައި ޕާކްކޮށްފައިވާ ވެހިކަލްތަކެއް

މަގުމަތީގައި ޕާކްކޮށްފައިވާ ވެހިކަލްތަކެއް

އަރންސްޓް އެންޑް ޔަންގް އިން، ސީޑީއީ ކޮންސަލްޓިންގް، ވޯރލްޑް ބޭންކް ގްރޫޕް އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން، އިލެކްޓްރިކް ވެހިކަލާބެހޭ ކޮންސިއުމަރ ޕްރިފަރަންސް ސަރވޭއެއް ހުޅުވާލައިފިއެވެ.

މި ސަރވޭގައި، ވެހިކަލްގެ މިލްކުވެރިކަމާއި، ވެރިފަރާތް އުޅޭ ތަން، ޖިންސު، ދަތުރުކުރާ ދުރުމިން، އިލެކްޓްރިކް ވެހިކަލް ގަތުމާއި ޗާޖުކުރުމުގައި އިޚްތިޔާރުކުރާ ކަންކަން، އަދި އާންމު ގޮތެއްގައި މައިކްރޯ-މޮބިލިޓީއާމެދު ހޭލުންތެރިކަން އޮތް މިންވަރު ދެނެގަތުމަށް ކުރެވޭ ސުވާލުތައް ހިމެނޭނެއެވެ. މި ސަރވޭގައި ބައިވެރިވާ ފަރާތްތައް ޖަވާބުދެނީ ކޮން ފަރާތެއްކަން ނޭނގޭގޮތަށެވެ. މިސަރވޭގައި އެއްކުރެވޭ މައުލޫމާތުތައް، އިލެކްޓްރިކް ވެހިކަލްތަކަށް ބަދަލުވުމަށާއި، ބަދަލުވުމުގައި ދިމާވެދާނެ ދަތިތަކުން އަރައިގަތުމަށާއި، މިކަމުގެ ސަބަބުން ވަކިވަކި ރަށްރަށުގެ ކަރަންޓު ގްރިޑަށް ކުރާނެ އަސަރު ދެނެގަތުމާއި އަދި މިކަންތައްތައް ފަހިކޮށްދިނުމަށް އެކްޝަން ޕްލޭނެއް ހެދުމަށް ބޭނުންކުރެވޭނެއެވެ.

Advertisement - newsAdvertisement

2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ދިވެހި ސަރުކާރުން ވަނީ ޕެރިސް އެގްރިމެންޓްގެ ދަށުން "ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ)" އަޕްޑޭޓް ކޮށްފައެވެ. މިގޮތުން ދިވެހިރާއްޖެއިން ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް، ވައިގެ ޒަރީއާއިން ޖައްވަށް އެކިއެކި މާއްދާތައް ބޭރުކުރާ މިންވަރު 26 އިންސައްތަ ދަށްކުރުމަށާއި، އަދި ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީއާއެކު 'ނެޓް ޒީރޯ އެމިޝަންސް'އަށް ވާސިލްވުމަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅާފައެވެ. ޔޫ.އެން.އެސް.ޑީ އެނަރޖީ ބެލެންސް ޑާޓާބޭސްއަށް ބަލާއިރު، މަގުމަތީގެ ދަތުރުފަތުރުތަކަށް 2019 ވަނަ އަހަރު ވަނީ ދުނިޔޭގެ ހަކަތައިގެ 30 އިންސައްތަ ބޭނުންކުރެވިފައެވެ. މިއީ ކަރަންޓު އުފެއްދުމަށް ބޭނުންކުރި ހަކަތައަށްފަހު (34 އިންސައްތަ) ދެވަނައަށް އެންމެ ހަކަތަ ބޭނުންކުރި ސިނާއަތެވެ.

އިލެކްޓްރިކް ވެހިކަލް ބޭނުންކުރަން ފެށުމާއި، އިއާދަކުރުވަނިވި ހަކަތައިން އުޅަނދުތައް ޗާރޖުކުރަންފެށުމަކީ، މަގުމަތީގެ ދަތުރުފަތުރުތަކުންނާއި ކަރަންޓު އުފެއްދުމުގެ ސިނާއަތުންވެސް ވައިގެ ޒަރީއާއިން ޖައްވަށް އެކިއެކި މާއްދާތައް ބޭރުވާ މިންވަރު މަދުކުރުމަށް އެންމެ ރަނގަޅު މަގެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާ ވޯރލްޑް ބޭންކާ ގުޅިގެން، ކަމާބެހޭ އެކި ފަރާތްތަކާއެކު މި ކަންތައްތަކަށް މަގުފަހިކޮށްދިނުމަށް ދަނީ ދިރާސާކޮށް މަސައްކަތްކުރަމުންނެވެ.

ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ 1.31 ލައްކައެއްހާ އެއްގަމު އުޅަނދުގެ ތެރެއިން ކަރަންޓު ބޭނުންކޮށްގެން ދުއްވަނީ އެންމެ 4 އިންސައްތަ އުޅަނދެވެ. މީގެ ތެރެއިންވެސް އާންމުކޮށް ހުންނަނީ ތިން ފުރޮޅުލީ އުޅަނދާއި އީ-ބައިސްކަލެވެ. އިލެކްޓްރިކް ވެހިކަލްގެ ތެރޭގައި ހިމެނޭ ދެފުރޮޅުލީ ސައިކަލުގެ (>50cc ކެޓެގަރީގެ) ހިއްސާއަކީ 80 އިންސައްތަ ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިލެކްޓްރިކް ވެހިކަލަށް ބަދަލުކުރުމަށް އޮތް ފުރުސަތު ބޮޑެވެ. ރާއްޖެއަށް އެތެރެކުރާ އިލެކްޓްރިކް ނޫން އުޅަނދުފަހަރާ އަޅައިބަލާއިރު، އިލެކްޓްރިކް ސައިކަލާއި ކާރަށް ކަސްޓަމްސް އިމްޕޯޓު ޑިއުޓީން 150 އިންސައްތައިގެ ލުޔެއް ލިބުނުކަމުގައި ވިޔަސް، މާލެ، ހުޅުމާލެ އަދި އައްޑޫފަދަ ބޮޑެތި ރަށްރަށުގައި އިލެކްޓްރިކް ވެހިކަލް ބޭނުންކުރަމުންދާ މިންވަރު ވަރަށް ކުޑައެވެ. 

މާލޭގައި ކާރާއި ސައިކަލު ބޭނުންކުރާ ފަރާތްތަކަށް އިލެކްޓްރިކް ވެހިކަލް ބޭނުންކުރުމުގައި ތަފާތު ދަތިތަކާ ކުރިމަތިވެއެވެ. މިގޮތުން ޕާކްކުރުމުގައި ދިމާވާ ދަތިކަމަކީ އެންމެ ބޮޑު އެއް މައްސަލައެވެ. އުޅަނދުތައް ގެންގުޅޭ ފަރާތްތަކުން އާންމުގޮތެއްގައި ވެހިކަލް ޕާކްކޮށްފައި ހުންނަނީ ޕޭވްމެންޓާ ޖެހިގެން މަގުމަތީގައެވެ. މިގޮތަށް ޕާކްކުރަންޖެހެނީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ޕާކްކުރާނެ ޖާގަ ނެތުމުގެސަބަބުންނެވެ. މީގެ އިތުރުން، އިލެކްޓްރިކް ވެހިކަލް ޗާރޖްކުރުމުގެ އިންތިޒާމު، ޕާކްކުރާ ސަރަޙައްދުތަކުގައި ނެތުމަކީ އިލެކްޓްރިކް ވެހިކަލް ބޭނުންކުރަން ފެށުމަށް އޮތް އެންމެ ބޮޑު އެއް ހުރަހެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި، ޕާކްކުރާ ސަރަހައްދުތަކުގައި ޗާޖުކުރެވޭނެ ފަދަ ގޮތްތަކެއް އީޖާދުކުރެވެންޖެހެއެވެ.

މިކަން ކުރުމަށް އަރބަން ޕްލޭނިންގެ މާހިރުންނާއި، އާރކިޓެކްޓުންނާއި, އިލެކްޓްރިކް ވެހިކަލް އަދި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމާބެހޭ މާހިރުންނާއި އަދި ކަމާބެހޭ އިތުރު ފަރާތްތަކާއި މަޝްވަރާކޮށް ސްޕޭޝިއަލް ޕްލޭނެއް (އެންމެ އެކަށޭނަ އަދަދާއި ތަން ހިމެނޭގޮތަށް) އެކުލަވާލަން ޖެހިފައިވެއެވެ. ތެޔޮ ބޭނުންކުރާ ވެހިކަލްތަކާ އަޅައިބަލާއިރު އިލެކްޓްރިކް ވެހިކަލްތަކުގެ އެތައް ފައިދާއެއް ހުރެއެވެ. މީގެ ތެރޭގައ ޖުމްލަ ޚަރަދު ކުޑަވުމާއި، އަޑު މަޑުވުމާއި، ވައި ތަޣައްޔަރުވުން ކުޑަވުމާއި، ޓެއިލް ޕައިޕުން ވިހަ ދުން ބޭރުނުވުމާއި، ޕާކްކުރާ ސަރަހައްދުތަކުގައި ފަސޭހަކަމާއެކު ޗާޖްކުރެވުން ހިމެނެއެވެ.

ތިރީގައިވާ ލިންކް ބޭނުން ކޮށްގެން މި ސަރވޭގައި ބައިވެރިވެވޭނެއެވެ.

ދިވެހި ބަހުން ސަރވޭ ފުރިހަމަ ކުރަން ބޭނުން ނަމަ:https://forms.gle/xL64GmJkfmux8S1V6 

އިނގިރޭސި ބަހުން ސަރވޭ ފުރިހަމަ ކުރަން ބޭނުން ނަމަ:https://forms.gle/ob5K31BYDzgdhWoUA

އިލެކްޓްރިކް ވެހިކަލް ކޮންސިއުމަރ ޕްރިފަރަންސް ސަރވޭއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު