Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލެވަންޑޯސްކީގެ ހެޓްރިކާއެކު މެދުކެނޑުމަކަށްފަހު ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާއަށް ބޮޑު މޮޅެއް

ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 5-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:09
ބާސެލޯނާއިން ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާއިން ކުޅުނު މެޗުގެ ތެރެއިން

އަހަރެއްގެ މެދުކެނޑުމަކަށްފަހު ބާސެލޯނާއިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 5-1 އިންނެވެ. މި މެޗުގައި ބަޔާން މިއުނިކް ދޫކޮށް ބާސެލޯނާއަށް ބަދަލުވި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ބާސެލޯނާގައި ލެވަންޑޯސްކީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެޗުގައި ބާސެލޯނާއަށް ފުރަތަމަ ލީޑު ނަގައިދިނީ މިޑްފީލްޑަރު ފްރޭންކް ކެސިއޭއެވެ. މެޗުގެ 13 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖެހީ ޑިފެންޑަރު ޖޫލްސް ކޫންޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ބާސެލޯނާއަށް ލީޑު ފުޅާކޮށްދިނީ ސާޖީ ރޮބާޓޯގެ އެހީތެރިކަމާއެކު 34 ވަނަ މިނެޓުގައި ލެވަންޑޯސްކީއެވެ. އޭގެ ފަހުން މެޗުގެ 44 ވަނަ މިނެޓުގައި ވިކްޓޯރިއާ ޕްލެޒެންގެ ޔޭން ސައިކޯރާ ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އެއީ އޮސްމާން ޑެމްބެލޭގެ އެހީތެރިކަމާއެކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓުގެ ތެރޭގައި ލެވަންޑޯސްކީ ޖެހި ލަނޑެކެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ބާސެލޯނާއިން ވަނީ އިތުރު ލަނޑު ޖެހުމަށް މަސައްކަތްކޮށްފައެވެ. އިތުރު ލަނޑެއް ޖެހުމަށް ބާސެލޯނާއިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ޓޮރެސްގެ އެހީތެރިކަމާއެކު ލެވަންޑޯސްކީ ވަނީ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ހަމަކޮށްފައެވެ. ބާސެލޯނާގެ ފަހު ލަނޑު ޖެހީ ޓޮރެސްއެވެ. މެޗުގެ 71 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖެހީ ޑެމްބެލޭގެ އެހީތެރިކަމާއެކުއެވެ.

މެޗުން މޮޅުވެ ބާސެލޯނާ އޮތީ ގްރޫޕް ސީގެ އެއް ވަނަ މަގާމުގައެވެ. ދެވަނަ މަގާމުގައި އޮތް ބަޔާނަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ނަމަވެސް ބާސެލޯނާއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް ދެން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު ރަށުން ބޭރުގައި ބަޔާނާ ދެކޮޅަށް ކުޅޭ މެޗެވެ.

ޗެމްޕިއަންސް ލީގުބާސެލޯނާރޮބަރޓް ލެވަންޑޯސްކީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު