Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

7 ސެޕްޓެމްބަރު 2022 | ބުދަ 09:20

ޗެލްސީގެ ބަޔާނުގައި ބުނީ ކުލަބުގެ އައު އޯނަރޝިޕުން ކުލަބާ ހަވާލުވިތާ 100 ދުވަސް ވެގެންދާއިރު، ކުލަބުގެ ކުރިމަގަށް މިއީ މި ނިންމުން ނިންމަން ޖެހުނު އެންމެ ރަނގަޅު ވަގުތު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ސެޕްޓެމްބަރު 2022 | ބުދަ 09:20
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް

ޗެލްސީގެ ކޯޗުކަމުގެ މަގާމުން ތޯމަސް ޓުޗެލް ވަކިކޮށްފިއެވެ.

އެކަން ހާމަކޮށްފައިވަނީ ޗެލްސީން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި ވަނީ ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ހުރެ ޓުޗެލް އެ ޓީމަށް ކޮށްދީފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އެ ބަޔާނުގައި ވަނީ ޗެލްސީގެ ތަރީޚުގައި ޓުޗެލްގެ ނަން ފާހަގަކުރެވިގެން ދާނެ ކަމަށެވެ. އޭނާ ވަނީ ޗެލްސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

މީގެ އިތުރުން ޗެލްސީގެ ބަޔާނުގައި ބުނީ ކުލަބުގެ އައު އޯނަރޝިޕުން ކުލަބާ ހަވާލުވިތާ 100 ދުވަސް ވެގެންދާއިރު، ކުލަބުގެ ކުރިމަގަށް މިއީ މި ނިންމުން ނިންމަން ޖެހުނު އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އިތުރަށް އެ ބަޔާނުގައި ބުނީ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނޭ ފަރާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ޓީމުގެ ފަރިތަކުރުންތަކާއި، މެޗުތަކަށް ޓީމާ ހަވާލުވާނެ ކަމަށެވެ.

ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވެފައިވަނީ 2021 ވަނަ އަހަރުއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭނާ ވަނީ ޗެލްސީއާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕާއި، ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެފްއޭ ކަޕާއި ކަރަބޯ ކަޕްގެ ރަނަރަޕްކަން ހޯދާފައިވެއެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމުން ޓުޗެލް ވަކިކޮށްފައިވާއިރު، މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޗެލްސީ ވަނީ ބަލިވެފައެވެ.

އިތުރަށް ކިޔާލަން

08 މެއި 2017

ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

08 މެއި 2017
ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް