Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ ރިސޯޓް ވޮލީ މުބާރާތް

ފަހަތުން އަރައި ކޮރަ ކޮރާއިން ސިޔާމް ވޯލްޑް ބަލިކޮށްފި

7 ސެޕްޓެމްބަރު 2022 | ބުދަ 05:06

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗު ކޮރަ ކޮރާއިން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ސެޕްޓެމްބަރު 2022 | ބުދަ 05:06
އިންޓަރ ރިސޯޓުގައި ވާދަކުރާ ކޮރަ ކޮރާ ޓީމު

އިންޓަރ ރިސޯޓުގައި ވާދަކުރާ ކޮރަ ކޮރާ ޓީމު

އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ހައެއްގައި ސިޔާމް ވޯލްޑާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި ކޮރަ ކޮރާއިން ކާމިޔާބުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗު ކޮރަ ކޮރާއިން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ސިޔާމް ވޯލްޑުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހުއެވެ. ފުރަތަމަ ސެޓު އެ ޓީމުން ހޯދީ 25-23 އިންނެވެ. އަދި ދެ ވަނަ ސެޓު ހޯދީ 25-20 އިންނެވެ. ފަހު ސެޓުން ކާމިޔާބުކޮށް، ސިޔާމް ވޯލްޑްއިން ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރުމާ ދިމާލަށް ދަނިކޮށް، ކޮރަ ކޮރާއިން ވަނީ ތިން ވަނަ ސެޓު ހޯދާފައެވެ. އެއީ ވާދަވެރި ކުޅުމެއްގައި 25-23 އިންނެވެ.

ތިން ވަނަ ސެޓު ކާމިޔާބުކޮށް ލިބުނު އުންމީދުގައި ނުކުމެ ކޮރަ ކޮރާއިން ވަނީ ހަތަރު ވަނަ ސެޓު ވެސް ކާމިޔާބުކޮށް މެޗު ހޯދުމުގެ އުންމީދު ގެނުވާފައެވެ. ހަތަރު ވަނަ ސެޓުގައި ކޮރަ ކޮރާއިން ސިޔާމް ވޯލްޑްގެ މައްޗަށް ކުރި ހޯދީ 25-19 އިންނެވެ. ފަހު ސެޓަށް ނުކުމެ ރަނގަޅު ކުޅުމެއް ދައްކައި ކޮރަ ކޮރާއިން މި ސެޓު ވެސް ހޯދިއެވެ. ކުރިން ސެޓުތަކާ ޚިލާފަށް ކޮރަ ކޮރާއިން މި ސެޓު ހޯދީ ރަނގަޅު ލީޑެއްގައި އޮވެއެވެ. އެއީ 15-07 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޮރަ ކޮރާގެ ސައިފްއެވެ.

މި ޒޯންގައި ވާދަކުރާ ޓީމުތަކަކީ، ސަން ޝިޔާން އިރުފުށި، ކޮރަ ކޮރަ މޯލްޑިވްސް، ޖޯލި ބީން އަދި ދިގަލި މޯލްޑިވްސްއެވެ. މި ޒޯންގެ ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓު ލިބޭ ޓީމަކަށެވެ. ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ޖެހޭނީ ޕްލޭ އޮފް މެޗެއް ކުޅޭށެވެ.

މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތުގެ ނަމަކީ ގޯލްޑަން އިޔާ އިންޓަ ރިސޯޓު ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ

27 އެޕްރީލު 2017
ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ
23 އެޕްރީލު 2017

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

23 އެޕްރީލު 2017
އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި
20 އެޕްރީލު 2017

ވިލާ ސްކޫލުން ފަހަތުން އަރައި އަހުމަދިއްޔާ ސްކޫލް ބަލިކޮއްފި

20 އެޕްރީލު 2017
ވިލާ ސްކޫލުން ފަހަތުން އަރައި އަހުމަދިއްޔާ ސްކޫލް ބަލިކޮއްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
01 އެޕްރީލު 2017

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި
23 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް