Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަސްޓޯޑިއަލް ޖަލުތައް ހިންގުން

ޖަލު ހިންގުމުގެ އުސޫލަކާ ޚިލާފުވިޔަސް އަސާސީ ޚިދުމަތަކުން މަޙުރޫމެއް ނުކުރެވޭނެ

ޤަވާއިދު ހެދީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ބާރު ލިބިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ސެޕްޓެމްބަރު 2022 | ހުކުރު 09:33
ކަސްޓޯޑިއަލް ޖަލަށް ވެއްދުން ހުއްދަ ތަކެތި ވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައި

ކަސްޓޯޑިއަލް ޖަލަށް ވެއްދުން ހުއްދަ ތަކެތި ވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައި

ކަސްޓޯޑިއަލް ޖަލުތަކުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު ނެރެފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ މި ޤަވާއިދަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 6 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ބާރު ލިބިގެން އެކުލަވާލާފައިވާ، ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ. އެގޮތުން ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުންނަ ހަމަ ކޮންމެ މީހަކަށް ވެސް، އޭނާ ބަންދުކޮށްފައި ހުންނަ މުއްދަތުގެ ތެރޭގައި، މި ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބިދޭންޖެހޭ ޚިދުމަތްތަކާއި، ޢިނާޔަތްތަކާއި، ޙިމާޔަތާއި، ރައްކައުތެރިކަން ލިބިދޭންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

Advertisement - newsAdvertisement

ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުންނަ މީހަކާމެދު، އިންސާނިއްޔަތާ ޚިލާފު އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެ ކަމަށާއި، އަނިޔާއެއް ކޮށްގެން ވެސް ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ޖަލުގައި ދެވޭ އަސާސީ ޚިދުމަތެއް ނުވަތަ އެފަދަ ޚިދުމަތަކުން ބައެއްވިޔަސް، ޖަލު ހިންގުމުގެ އުސޫލަކާ ޚިލާފުވުމުގެ ސަބަބުން އަޅާ ފިޔަވަޅެއްގެ ގޮތުން ނިގުޅައިގަނެގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، ކަސްޓޯޑިއަލް ޖަލަށް ވެއްދުން ހުއްދަ ތަކެތިވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކީރިތި ޤުރުއާނާއި، އާންމު މައުލޫމާތުތަކާއި ގުޅޭ ފޮތްތަކާއި، ނަމާދު ކުރުމުގައި ބޭނުންކުރާ ތަކެއްޗާއި، ސާފުތާހިރުވެ ރީތިވާން ބޭނުންކުރާ ތަކެއްޗާއި، އަންނައުނު ގޮތުގައި ބޭނުންކުރާ ތަކެތީގެ އިތުރުން، ލިއެ ކިއުމަށް ބޭނުންކުރާ ތަކެއްޗާއި، އަންހެނުންނަށް ޚާއްސަ ތަކެތި އޭގެ ތެރޭގައި ހިމެނެއެވެ.

އެހެންނަމަވެސް، ދިމާވާ ވަކި ހާލަތަކާ ގުޅިގެން ޖަލުގެ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި، ނުވަތަ ބަންދު ކޮށްފައި ތިބޭ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި، އޭގެ ތެރެއިން ވަކި އެއްޗެއް ކަސްޓޯޑިއަލް ޖަލަށް ނުވެއްދުމަށް އެ ކަސްޓޯޑިއަލް ޖަލާ ހަވާލުވެހުރި އިސް އޮފިސަރަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، ޕޮލިސް ކަސްޓޯޑިއަލަށް ނުވަތަ ކަސްޓަޑީއަށް ވެއްދުން ހުއްދަ ތަކެތިކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެއްޗާއި، ފުލުހުން ހުއްދަދީގެން އެތެރެކުރާ އެއްޗެއް ފިޔަވައި، އެހެން އެއްވެސް އެއްޗެއް ފުލުހުންގެ މަރުކަޒަށް ނުވަތަ ކަސްޓޯޑިއަލަށް ގެންދިއުން ނުވަތަ ވެއްދުން ނުވަތަ އެތެރެކުރުންވެސް މަނާވާނެ ކަމަށް ޤަވާއިދުގައި ބުނެއެވެ. އެގޮތުން ކަސްޓޯޑިއަލް ޖަލަށް އަންނަ އެއްވެސް ފަރާތަކުން އެއިން ކަމަކާ ޚިލާފަށް ޢަމަލުކޮށްފިނަމަ، އެ ފަރާތަށް ކަސްޓޯޑިއަލް ޖަލުން ޚިދުމަތް ނުދީ ފޮނުވައިލުމުގެ ނުވަތަ އެފަދަ ޚިދުމަތެއް ދިނުން ވަކި މުއްދަތަކަށް މެދުކަނޑައިލުމުގެ އިޚްތިޔާރު،އެ ކަސްޓޯޑިއަލް ޖަލެއްގެ އިސްވެރިއަކަށް ލިބިގެންވެއެވެ.

ކަސްޓޯޑިއަލް ޖަލެއްގައި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ބައިތިއްބޭނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރާ ފަރާތްތަކުގެ ތެރެއިން ތަޙުޤީޤު މަރުޙަލާގައި ތިބޭ ފަރާތްތަކާއި، ބަންދުކޮށްފައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފައިވާ ފަރާތްތަކުގެ ތެރެއިން ކޯޓަށް ހާޒިރުކުރުމުގެ ބޭނުމަށް ހައްޔަރުކޮށް ބަންދުކުރާ ފަރާތްތަކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)މޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

23 ޑިސެމްބަރު 2025
911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!
23 ޑިސެމްބަރު 2025

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

23 ޑިސެމްބަރު 2025
ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!
21 ޑިސެމްބަރު 2025

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް
17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު