Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުންނަށް ފްލެޓް ދިނުން

ފަނޑިޔާރުންނަށް ފްލެޓް ލިބޭގޮތަށް ހުށަހެޅި އިސްލާހުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރަން ނިންމައިފި

ފަނޑިޔާރުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއަކުން ގޯތި ނުވަތަ ފްލެޓަށް ކުރިމަތިލުމުގައި، އެ ސްކީމެއް ހިންގޭ ރަށް ނުވަތަ ސިޓީއެއްގައި ފަނޑިޔާރު ދިރިއުޅޭނެ ތަނެއް ނެތްނަމަ ކުރިމަތިލެވޭގޮތަށް ހަމަޖެއްސުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 12:17
ބަންޑާރަނައިބު އިބްރާހީމް ރިފްއަތު

ބަންޑާރަނައިބު އިބްރާހީމް ރިފްއަތު

ފަނޑިޔާރުންނަށް ފްލެޓް ލިބޭ ގޮތަށް ހުށަހެޅި އިސްލާހުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރަން ނިންމައިފިއެވެ.

ފަނޑިޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ އޮނިގަނޑު އިސްލާހުކުރުމަށާއި އެނޫންވެސް ބައެއް މުހިންމު އިސްލާހުތައް ގެނައުމަށްޓަކައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޮނުވާފައިވާއިރު، އެ އިސްލާހާ ގުޅިގެން ބައެއް ފަނޑިޔާރުންގެ ކަންބޮޑުވުންތައް ހުއްޓެވެ. އެގޮތުން ފްލެޓަށް ނުވަތަ ގޯއްޗަށް ކުރިމަތިލާން ޝަރުތު ހަމަވާނީ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންގެ ކަމަށް ބުނެފައި، ދެން އޮންނަނީ، އޭގެ މާނައަކީ "ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކުން ފަނޑިޔާރުގެ ނަމުގައި ނުވަތަ ފަނޑިޔާރު ސީދާ ބަހަލައްޓަންޖެހޭ ވާރިސުންގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ނެތުން" ކަމަށެވެ. ފަނޑިޔާރު ސީދާ ބަލަހައްޓަންޖެހޭ ވާރިސުންކަމަށް އިސްލާހުގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުގެ އުފަން ދަރިންނާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި އޭނާގެ މައިންބަފައިންނެވެ.

Advertisement - newsAdvertisement

މީގެއިތުރުން މިހާރު ލިބެމުން އަންނަ އެލަވަންސް ކުޑަނުވާނެގޮތަކަށް ހަމަޖައްސަންޖެހޭނެކަމަށް އިސްލާހުގައި އޮވެއެވެ. ނަމަވެސް ދެން އޮންނަނީ ލިވިންގ އެލަވަންސްވެސް ލިބޭނީ ފަނޑިޔާރުގެ ނަމުގައި ނުވަތަ ފަނޑިޔާރު ސީދާ ބަހަލައްޓަންޖެހޭ ވާރިސުންގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ނެތްކަމުގައިވާނަމަ، ނުވަތަ ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓެއް ނުވަތަ ބިމެއް ލިބިފައިނުވާނަމަ، ނުވަތަ ފަނޑިޔާރުކަމުގެ މުއްދަތުގައި ފަނޑިޔާރު ދިރިއުޅުމަށް ދައުލަތުން ރަސްމީ ތަނެއް ހަމަޖައްސައިދީފައި ނުވާނަމައެވެ.

މިހާރު އޮންނަނީ އުމުރުން 55 އަހަރުވުމުން ފަނޑިޔާރުން އަމިއްލައަށް އެދިގެން ރިޓަޔަރވެވޭގޮތަށެވެ. ނަމަވެސް އިސްލާހު ހުށަހަޅާފައިވަނީ 65 އަހަރު ވުމުން ނޫނީ އަމިއްލައަށް އެދިގެން ރިޓަޔަރ ނުވެވޭނެކަމަށެވެ. އަދި އިސްލާހުގައި އިބާރާތް އޮތްގޮތުންނަމަ، 65 އަހަރުވެގެން އަމިއްލައަށް ރިޓަޔަރކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމަކީވެސް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ.

މިކަމާގުޅިގެން ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވީ، ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހުގައިވާ "ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް ދިނުމަށް ކަނޑައަޅާފައިވާ ލިވިންގ އެލަވަންސަކީ މިހާރު ފަނޑިޔާރުންނަށް ލިބެމުންދާ މުސާރައާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުވާނެގޮތަށް ލިބޭ އެއްޗެއްގެގޮތުގައި ހުށަހަޅާފައިވާ އެލަވަންސެއްކަމަށެވެ. ފަނޑިޔާރުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއަކުން ގޯތި ނުވަތަ ފްލެޓަށް ކުރިމަތިލުމުގައި އެ ސްކީމެއް ހިންގޭ ރަށް ނުވަތަ ސިޓީއެއްގައި ފަނޑިޔާރު ދިރިއުޅޭނެ ތަނެއް ނެތްނަމަ ކުރިމަތިލެވޭގޮތަށް ހަމަޖެއްސުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔަރކުރަން ބޭނުންވާ، 65 އަހަރުން ދަށުގެ އަދި ކަނޑައެޅޭ ވަކި އުމުރަކަށްވުރެ މަތީ އުމުރުގެ ފަނޑިޔާރުންނަށް އެ ފުރުސަތު ލިބޭގޮތަށް ގާނޫނު އިސްލާހުކުރުމަށް ހުށަހަޅުއްވާނެ ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.

ފަނޑިޔާރުންއޭޖީ އޮފީސްއެޓަރނީ ޖެނެރަލް

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް

17 އޮކްޓޯބަރު 2025
 ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް
07 އޮކްޓޯބަރު 2025

ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"

07 އޮކްޓޯބަރު 2025
ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"
29 ސެޕްޓެމްބަރު 2025

ގާނޫނު އަސާސީގައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތް ބަންޑާރަނައިބު ވެސް ކުރަންޖެހޭ: މުއިއްޒު

29 ސެޕްޓެމްބަރު 2025
ގާނޫނު އަސާސީގައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތް ބަންޑާރަނައިބު ވެސް ކުރަންޖެހޭ: މުއިއްޒު
22 ސެޕްޓެމްބަރު 2025

މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.

22 ސެޕްޓެމްބަރު 2025
މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.
16 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅު އުސޫލަކުން ނޫން: ކުރީގެ ޕީޖީ މުއިއްޒު

16 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅު އުސޫލަކުން ނޫން: ކުރީގެ ޕީޖީ މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު