Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މީޑިއާ ބިލު

މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅު އުސޫލަކުން ނޫން: ކުރީގެ ޕީޖީ މުއިއްޒު

މީޑިއާ ބިލުގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ރަނގަޅު އުސޫލަކުން ނޫން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2025 | އަންގާރަ 16:29
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު: ވިދާޅުވީ މީޑިއާ ބިލް ފާސްކުރުމުގައި ކަންކަން ގެންދިޔައީ ރަނގަޅަށް ނޫން ކަމަށް

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު: ވިދާޅުވީ މީޑިއާ ބިލް ފާސްކުރުމުގައި ކަންކަން ގެންދިޔައީ ރަނގަޅަށް ނޫން ކަމަށް

ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ފާސްކުރި މީޑިއާ ބިލުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅު އުސޫލަކުން ނޫން ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހަށް, ސަރުކާރާ ގުޅުން ބޮޑު އަމިއްލަ މެންބަރު، އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގައި ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ނޫސްވެރިންނަށް އަދަބު ދިނުމާއި މީޑިއާތައް ބަންދު ކޮށް އެ މީޑިއާތަކުގެ ރެޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ދިނުން ހިމެނެއެވެ.

Advertisement - newsAdvertisement

ފުރަތަމަ ދުވަހު ވެސް ސަރުކާރުން ބުނީ، މި ބިލާ ސަރުކާރާ ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް، ފަހުން ދައުލަތުގެ ބަންޑާރަނައިބާއި ޕީއެންސީން ވަނީ މުޅި ބިލުގެ ދިފާއުގައި ނުކުންނަވާފައެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބާއްވައި އަންގާރަ ދުވަހު ބިލު ވަނީ ފާސްކޮށްފަ އެވެ.

އާ ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ, މުއިއްޒު އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުން ގާނޫނުތައް އެކުލަވާލުމުގައި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެ ކަމަށާއި އަދި ކަމާ ބެހޭ ފަންނީ ބޭފުޅުންނާއި ޚަބީރުންގެ ލަފަޔާއި އެންމެހާ ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް މީގެ ފާހަގަކުރެއްވި އެއްވެސް ކަމެއް ކޮށްފައި ނުވާތީ މި ބިލު ފާސްކުރަން މަޖިލީހުން މަސައްކަތްކުރަނީ އާދަޔާހިލާފަށް އަވަހަށް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ގާނޫނު ހަދާ މަޖިލީހުން ގާނޫނުތައް އެކުލަވާލުމުގައި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެ. އަދި ކަމާ ބެހޭ ފަންނީ ބޭފުޅުންނާއި ޚަބީރުންގެ ލަފަޔާއި އެންމެހާ ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެ
ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު

އޭނާ އިތުރަށް ވިދާޅުވީ، މިހާރު އެ ބިލު އެ އޮތްގޮތަށް ފާސްކުރުމާމެދު ކަންބޮޑުވާ ކަމަށެވެ. އަދި، ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށް, އަވަސްއަރުވާލައިގެން ބިލު ފާސްކުރުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ލަފާފުޅަކީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުޙައްމަދު ނަޝީދު ފަދަ ދާއިރާގެ އިލްމުހުރި ބޭފުޅުންގެ ޚިޔާލާއި ލަފާ ހޯދައިގެން ބިލު އަލުން އެކުލަވާލުމަށެވެ.

ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓާ, ބާ ކައުންސިލުން ވެސް ވަނީ މިހާރު ބިލު އޮތްގޮތަށް ފާސްކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީޑިއާ ބިލު މަޖިލީސްއަބްދުލް ހަންނާން އަބޫބަކުރުނޫސްވެރިކަންއެޓަރނީ ޖެނެރަލްކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

30 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު