Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިޓްލޮސްގެ ނިންމުން

އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި

މި މައްސަލައާ ގުޅިގެން އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓާފައިވާ ކަމަށް ބުނި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ޑިސެމްބަރު 2023 | ބުދަ 01:59
ބަންޑާރަ ނައިބު އަހުމަދު އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް

އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާއި ހަވާލުކުރުމުން މި މައްސަލައާއި ގުޅޭގޮތުން ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފުށުއަރާކަމަށް ބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ނިންމުން ރިވިއުކުރުމާ ގުޅޭގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންގެންދާ މަސައްކަތާ ގުޅޭގޮތުން އެ އޮފީހުން ނެރުނު ނޫސްބަޔާނުގައިވަނީ މި މައްސަލައާ ގުޅިގެން އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ފައްޓަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މިމައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ދިރާސާތަކާއި، މިމައްސަލައިގައި އައްޔަންކޮށްފައިވާ ދިވެހިރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާގެ މައްޗަށް ރިޢާޔަތްކޮށް ނިމިދިޔަ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެމަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅުއްވާފައިވާ ޤާނޫނީ ޕޮޒިޝަނާއި އަމަލުކުރައްވާފައިވާގޮތާ ގުޅޭ ގޮތުން އެކުލަވާލާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. އަދި މިކަމާބެހޭ މަޢުލޫމާތު އާންމު ކުރުމަށް ބަންޑާރަ ނައިބު ނިންމަވާފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ ކޮޕީއާއި އެސިޓީގެ ޖަވާބުގައި މޮރިޝަސްގެ ބޮޑުވަޒީރު ފޮނުއްވާފައިވާ ސިޓީގެ ކޮޕީ ބަންޑާރަ ނައިބުގެ އޮފީހަށް ލިބިފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އޭޖީ އޮފީސް

އިތުރަށް ކިޔާލަން

07 މެއި 2024

އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު

07 މެއި 2024
އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު
14 ނޮވެމްބަރު 2023

ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި

14 ނޮވެމްބަރު 2023
ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި
07 އޯގަސްޓު 2023

ޔާމީނު ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވާތީ އޭޖީ އޮފީހުން ކޯޓަށް

07 އޯގަސްޓު 2023
ޔާމީނު ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވާތީ އޭޖީ އޮފީހުން ކޯޓަށް
05 ފެބުރުއަރީ 2023

މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި

05 ފެބުރުއަރީ 2023
މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި
24 އޮކްޓޯބަރު 2022

އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ސިޔާސީ އެއްވެސް ކަމެއް ނުހިމެނޭ: މިއުވާން

24 އޮކްޓޯބަރު 2022
އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ސިޔާސީ އެއްވެސް ކަމެއް ނުހިމެނޭ: މިއުވާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު