Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހަޔަރ އެޑިއުކޭޝަން ވޮލީ މުބާރާތް

ދެ މެޗުން ވެސް މޮޅުވެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމް.އެން.ޔޫއިން ހޯދައިފި

ދެ މެޗު ވެސް އެމް.އެން.ޔޫ އިން ކާމިޔާބުކޮށްފައިވަނީ ތިން ސެޓު އެއް ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2022 | ބުދަ 04:53
މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެމް.އެން.ޔޫ ޓީމު

މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެމް.އެން.ޔޫ ޓީމު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން އިންތިޒާމުކޮށްގެން ހަޔަރ އެޑިއުކޭޝަނަށް ބާއްވާ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)އިން ހޯދައިފިއެވެ.

ދިވެހިރާއްޖޭގެ ކޮލެޖު، ޔުނިވަރސިޓީ އަދި ހައި ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ އެމް.އެން.ޔޫ އަދި އެވިޑް ކޮލެޖެވެ. އެހެންކަމުން މި ޑިވިޝަންގެ މެޗުތައް ކުޅެފައިވަނީ ބެސްޓް އޮފް ތްރީ (ދެ މެޗުން މޮޅުވާ ޓީމަކީ ޗެމްޕިއަން) އަށެވެ. އެގޮތުން ކުޅުނު ފުރަތަމަ މެޗާއި ދެ ވަނަ މެޗު ކާމިޔާބުކޮށް އެމް.އެން.ޔޫ އިން ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ.

ފުރަތަމަ މެޗުގައި އެމް.އެން.ޔޫ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވިޑް ކޮލެޖުގެ މައްޗަށް ތިން ސެޓު އެއް ސެޓުން ކުރި ހޯދާފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމް.އެން.ޔޫގެ ނަރީމާ އިދްރީސްއެވެ. ދެ ވަނަ މެޗުގައި އަންގާރަ ދުވަހުގެ ރޭ އެމް.އެން.ޔޫ އިން އެވިޑުގެ މައްޗަށް ކުރި ހޯދީ ވެސް ތިން ސެޓު އެއް ސެޓުންނެވެ.

ފޯރި ގަދަ ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ އެމް.އެން.ޔޫ އިންނެވެ. އެމް.އެން.ޔޫ އިން ފުރަތަމަ ސެޓު 25-20 އިން ކާމިޔާބުކުރިއިރު، ވާދަވެރިކޮށް ދިޔަ ދެ ވަނަ ސެޓު ހޯދީ 25-23 އިންނެވެ. ތިން ވަނަ ސެޓަށް ނިކުމެ އެވިޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެމް.އެން.ޔޫ އަށް މި ސެޓުގައި ހެދުނު ގޯސްތަކުގެ ފައިދާ ނަގައި އެވިޑުން ތިން ވަނަ ސެޓު ކާމިޔާބުކުރީ 25-17 އިންނެވެ. ހަތަރު ވަނަ ސެޓުގެ ކުޅުން ވެސް ދިޔައީ ވާދަވެރިކޮށެވެ. މި ސެޓު އެމް.އެން.ޔޫ އިން ކާމިޔާބުކުރީ 25-21 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމް.އެން.ޔޫގެ ފާތިމަތު ޝަމްހާއެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެވިޑް ކޮލެޖުގެ ލައިޝާ މަޖީދުއެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، އެވިޑް ކޮލެޖުގެ ފާތިމަތު މާޔާ ހުސެއިން، ޝާނިޔާ އަޙުމަދު، އައިމިނަތު ރުދައިނާ، އެމް.އެން.ޔޫގެ ނަރީމާ އިދުރީސް، ޝަމްހާ ރިޔާާޒް އަދި ފާތިމަތު ޝަމްހާއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމް.އެން.ޔޫގެ ނަރީމާއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަން ވެސް ކުރިއަށްދާއިރު، މި ޑިވިޝަންގެ ފައިނަލް އޮންނާނީ ބުދަ ދުވަހުގެ ރޭއެވެ. ފިރިހެން ޑިވިޝަންގެ ފައިނަލްގައި ބައްދަލުކުރާނީ އެމް.އެން.ޔޫ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އެވެ. މި ދެ ޓީމުގެ އިތުރުން ފިރިހެން ޑިވިޝަންގައި ދެން ވާދަކޮށްފައިވަނީ އެވިޑް ކޮލެޖެވެ.

އެމް.އެން.ޔޫ އިން ފިރިހެން ޑިވިޝަންގެ ފައިނަލަށް ދަތުކުރީ ދެ މެޗުން މޮޅުވެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އައި.ޔޫ.އެމް ފައިނަލަށް ދަތުރުކުރީ، ދެ ވަނަ ޓީމާއި ތިން ވަނަ ޓީމާ ދެމެދު ކުޅެވުނު ސެމީ ފައިނަލް މެޗުގައި އަންގާރަ ދުވަހު އެވިޑް ކޮލެޖުގެ މައްޗަށް ތިން ސެޓު ދެ ސެޓުން ކުރި ހޯދައިގެންނެވެ.

އެމްއެންޔޫއެސްޔޫއެމްއެންޔޫއެސްޔޫ ވީއޭއެފް ވޮލީބޯލް ޗެމްޕިއަންޝިޕް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު