Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެސްގެ މަގާމުން މުސްއަބު ވަކިކުރުން

ޕީއެސްގެ މަގާމުން މުސްއަބު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައިފި

28 އޯގަސްޓު 2022 | އާދީއްތަ 11:25

ހައި ކޯޓުން ހުކުމްކުރީ ބަދަލުގެގޮތުގައި އޭނާއަށް 1,187,766.60ރ. ދިނުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 އޯގަސްޓު 2022 | އާދީއްތަ 11:25
މުސްއަބު

މުސްއަބު

އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުން މުސްއަބު އަބްދުﷲ ވަކިކުރީ ގާނޫނާ ޚިލާފަށްކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު އައްޔަންކުރީ 25 ޖުލައި 2017ގައެވެ. މަގާމުގައި ހުންނަވަނިކޮށް، މުސްއަބާ ދެކޮޅަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑުކުރީ 29 މެއި 2019ގައެވެ. އެންމެ ފުރަތަމަ ސަސްޕެންޑުކުރީ މުސާރަ ލިބިވަޑައިގަންނަވާގޮތަށް ނަމަވެސް، ފަހުން ހަތަރު ފަހަރެއްގެ މަތިން މުސާރަ ލިބިވަޑައިނުގަންނަވާގޮތަށް ސަސްޕެންޑު އިތުރުކުރިއެވެ.

މުސްއަބާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ބަލައި ސިވިލް ސަރވިސްގެ ގާނޫނާއި، ސިވިލް ސަރވިސްގެ ގަވައިދާއި، ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ޚިލާފުވެވަޑައިގެންފައިވާކަމަށް ބުނެ އޭނާ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އޭނާ މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއްކަމަށް ވިދާޅުވެ، ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑުކުރި މުއްދަތުން ފެށިގެން ލިބިވަޑައިގަންނަވަންޖެހޭކަމަށް އޭނާ ގަބޫލުފުޅުކުރައްވާ މުސާރައާއި އިނާޔަތް ހޯދުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިވަޑައިގަތް ގެއްލުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯއްދެވުމަށް ކުރައްވަންޖެހުނު ޚަރަދު ހޯއްދެވުމަށް އޭނާ ވަނީ ސިވިލް ކޯޓުގައި ސިވިލް ސަރވިސް ކޮމިޝަނާ ދެކޮޅަށް ދައުވާކުރައްވާފައެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ސިވިލް ސަރވިސް ކޮމިޝަނުން އޭނާ މަގާމުން ވަކިކުރަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ސާބިތުނުވާކަމަށެވެ. އޭނާ މަގާމުން ވަކިކުރީ އެކަށީގެންވާ ސަބަބުތައް ހުރެ އިޖުރާއަތްތަކާ އެއްގޮތަށްކަމަށް ހުކުމުގައިވެއެވެ.

ސިވިލް ކޯޓުގެ ނިންމުން މުސްއަބުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ, މުސްއަބު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށްކަމަށެވެ. އެހެން ކަމުން އެ މައްސަލަ އިސްތިއުނާފުކުރި ދުވަހާ ހަމައަށް އޭނާއަށް ލިބިވަޑައިގަންނަވަންޖެހޭ މުސާރައާއި އިނާޔަތް ދިނުމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ގާނޫނާ ޚިލާފަށް މުސްއަބު ވަޒީފާއިން ވަކިކުރިނަމަވެސް އޭނާ ކުރިން ހުންނެވި ވަޒީފާއަށް އަނބުރާ އިއާދަކޮށްދެވެން ނެތްކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ. ސަބަބަކީ އޭނާ ކުރިން ހުންނެވި ވަޒީފާއަށް އެހެން މީހަކު ހަމަޖައްސާފައިވުމެވެ.

އެހެންކަމުން ހައި ކޯޓުން ހުކުމްކުރީ، ބަދަލުގެގޮތުގައި އޭނާއަށް 1,187,766.60ރ. (އެއްމިލިއަން އެއްލައްކަ އައްޑިހަ ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސް ރުފިޔާ، ފަސްދޮޅަސް ލާރި) ދިނުމަށެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ
09 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

09 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!
26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
26 މާރިޗު 2017

މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު

26 މާރިޗު 2017
މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
15 މާރިޗު 2017

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

15 މާރިޗު 2017
ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ
11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
01 މާރިޗު 2017

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް