Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގައި ފެންބޮޑުވުން

ފެންބޮޑުވެ ގިނަބަޔަކު ހާލުގައި ޖެހިފައިވާތީ ޕާކިސްތާނުން ދުނިޔޭގެ އެހީތެރިކަމަށް އެދިއްޖެ

28 އޯގަސްޓު 2022 | އާދީއްތަ 06:54

ފެންބޮޑުވުމުގެ އަސަރު 33 މިލިއަން މީހުންނަށް ކޮށްފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 28 އޯގަސްޓު 2022 | އާދީއްތަ 06:54
ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އާއިލާއެއް

ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އާއިލާއެއް

ދެމަހެއްހާ ދުވަސްވަދެން ވިއްސާރަ މޫސުމާއި ކުރިމަތިލާންޖެހުމާއި ގުޅިގެން ބޮޑު ހިސާބެއްގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިފައިވާތީ ޕާކިސްތާނުން ދުނިޔޭގެ އެހީތެރިކަމަށް ގޮވާލައިފިއެވެ.

މިއާއެކު އެމެރިކާ، އިނގިރޭސި ވިލާތް އަދި ޔުނައިޓަޑް އެމިރޭޓްސް ފަދަ ބައެއް ގައުމުތަކުން ވަނީ އެހީ ފޮނުވާފައެވެ. ނަމަވެސް އަދިވެސް އިތުރު އެހީ ބޭނުން ވާކަމަށް ޕާކިސްތާނު އިންޓީރިއަރ މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވި އެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުތުރުގެ ބިންތިރި ހިސާބުތަކަށެވެ. މިދިޔަ ޖޫން މަހުން ފެށިގެން ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ކޯރުތައް ވަނީ ފުރިފައެވެ. އަދި ގިނަ ހިސާބުތަކެއްގައި ކޯރުތައް ބަންޑުންވެ ފެންބޮޑުވުމުގެ ސަބަބުން އެއްލައްކަ އައްޑިހަ ހާހެއްހާ މީހުން ވަނީ މަޖްބޫރުވެގެން ގެދޮރު ދޫކޮށް ގޮސްފައެވެ. ބޮޑު ކޯރެއް ފުރިގެން ބަންޑުން ގޮސް ފެންގަނޑު ދެމިގެން ދިޔަގޮތުން ބްރިޖަކާއި ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ. އަދި ފަގީރު އަވަށްތަކުގެ އެތައްހާސް އާދައިގެ ގެތައް ވަނީ ހަލާކުވެ ގޮސްފައެވެ. އަދި އެތައްހާސް ބަޔަކު ބޯހިޔާވަހި ކަމެއް ނެތި ކާނެ އެއްޗެއް ނެތި ދުވަސްތައް ހޭދަކުރަމުން ދާކަމަށް ޚަބަރު ލިބެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި މިހާތަނަށް 1500 އަށް ވުރެގިނަ މީހުން ވަނީ މަރުވެފައެވެ. މޫސުމީ ވިއްސާރައިގެ ސަބަބުން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެކަމުގެ އަސަރު ޕާކިސްތާނުގެ 33 މިލިއަން މީހުންނަށް ވަނީ އެކިގޮތްގޮތުން ކޮށްފައެވެ. މިއީ އެގައުމުގެ އާބާދީގެ 15 އިންސައްތަ އެވެ. އަދި މިއީ އިންސާނީ ކާރިސާއެއްގެ ގޮތުގައި ކްލައިމެޓް މިނިސްޓަރުވެސް ވަނީ ސިފަކުރައްވާފައެވެ. ސަރުކާރުން އެހީ ފޯރުކޮށް ނުދޭކަމަށްބުނެ އާންމުން ޝަކުވާ ކުރަމުން ދިޔަނަމަވެސް ސަރުކާރުން ބުނަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން ދާކަމުގައެވެ. ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓްރީގެ އިސް އޮފިޝަލެއްކަމަށްވާ ސޫފީ ވިދާޅުވީ މިކަން މިދިމާވީ ޕާކިސްތާނަށް ކުރިމަތިވެފައިވާ ބޮޑެތި އިގްތިސާދީ ގޮންޖެހުންތަކަކުން އަރައިގަތުމަށް މަސައްކަތް ކުރަމުން ދިޔަ ދަނޑިވަޅުގައި ކަމަށެވެ. އެހެންކަމާއެކު ވެސް ތަރައްގީގެ ޕްރޮޖެކްޓުތައް މަޑުޖައްސާލާ އެކަމަށް ކަނޑައަޅާފައިވާ ފައިސާ އިން ނަމަވެސް ދަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ކަންކަން ކުރަމުން ކަމުގައެވެ. އަދި އަސްކަރިއްޔާއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނެރެފައެވެ.

ޕާކިސްތާންގެ ފެންބޮޑުވުމުގެ ހާލަތު ލޮލުން ދުށް ފަރާތްކާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާގޮތުން  މިފަހަރުގެ ވިއްސާރަޔަކީ މިހާރު ތިބި ގިނަ ބަޔަކު ދުވަހަކު ވެސް ނުދެކޭފަދަ ދިގުލާދިޔަ އަދި ބޯ ވިއްސާރަ އެކެވެ. ހެދިފައިވާ ފެންގަނޑު ބޮޑު ކަމުން ބައެއް ހިސާބުތަކުން ފެނުން މައްޗަށް އަރާފަ ހުރީ ހަމަ އެކަނި ގަސްތަކުގެ ކުރި ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފައިވެއެވެ. އަދި އެހާބޮޑަށް ފެންގަނޑު ބޮޑުވެފައިނުވާ ހިސާބުތަކުގައި ވެސް ފެން ތަޣައްޔަރުވެފައި ވުމުގެ ސަބަބުން އެކި ބަލިމަޑުކަން ދަނީ ބާރަށް ފެތުރެމުންނެވެ. ގިނަ ބަޔަކު ކާނެ އެތިކޮޅަކަށް އެދި އެދި ތިބި އިރު އަނެއް ބަޔަކުދަނީ ބޭރަށް ހިންގުމާއި ހޮޑުލުން ފަދަ ބަލިތަކަށް ފަރުވާއަށް އެދި އާދޭސް ކުރަމުންނެވެ.

ޕާކިސްތާނަށް އެންމެ ފަހުން މިހާ ބޮޑަށް ވިއްސާރަކޮށް ފެންބޮޑުވެފައިވަނީ 2010-2011 ގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2018

މިޔަންމާގައި ފެންބޮޑުވެ 12އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

02 އޯގަސްޓު 2018
މިޔަންމާގައި ފެންބޮޑުވެ 12އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
19 ޖުލައި 2018

ކެރެލާގައި ފެންބޮޑުވެ 16 މީހަކު މަރުވެއްޖެ

19 ޖުލައި 2018
ކެރެލާގައި ފެންބޮޑުވެ 16 މީހަކު މަރުވެއްޖެ
09 ޖުލައި 2018

ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

09 ޖުލައި 2018
ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
03 ޑިސެމްބަރު 2017

އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ފެންބޮޑުވެއްޖެ

03 ޑިސެމްބަރު 2017
އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ފެންބޮޑުވެއްޖެ
19 ސެޕްޓެމްބަރު 2017

ރަޚައިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފުކަންކަން ކުށްވެރި ކުރަން، ހާލުގައި ޖެހިފައިވަނީ މުސްލިމުން އެކަންޏެއް ނޫން: ސޫކީ

19 ސެޕްޓެމްބަރު 2017
ރަޚައިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފުކަންކަން ކުށްވެރި ކުރަން، ހާލުގައި ޖެހިފައިވަނީ މުސްލިމުން އެކަންޏެއް ނޫން: ސޫކީ
28 އޯގަސްޓު 2017

ތޫފާން ހާވީ:ފެންބޮޑުވުމުގައި ހާލުގައި ޖެހިގެން 2،000 މީހުން ސަލާމަތް ކޮށްފި

28 އޯގަސްޓު 2017
ތޫފާން ހާވީ:ފެންބޮޑުވުމުގައި ހާލުގައި ޖެހިގެން 2،000 މީހުން ސަލާމަތް ކޮށްފި
23 އޯގަސްޓު 2017

ހަނގުރާމަވެރި ޖަމާއަތްތަކަށް ޕާކިސްތާނުން ރައްކާތެރިކަން ފޯރުކޮށްދޭނަމަ އެމެރިކާ އިން ދީފައިވާ އަސްކަރީ ރަހްމަތްތެރިކަމުގެ މަގާމު ގެއްލިގެން ހިނގައިދާނެ: ޓިލާސަން

23 އޯގަސްޓު 2017
ހަނގުރާމަވެރި ޖަމާއަތްތަކަށް ޕާކިސްތާނުން ރައްކާތެރިކަން ފޯރުކޮށްދޭނަމަ އެމެރިކާ އިން ދީފައިވާ އަސްކަރީ ރަހްމަތްތެރިކަމުގެ މަގާމު ގެއްލިގެން ހިނގައިދާނެ: ޓިލާސަން
22 އޯގަސްޓު 2017

އިންޑިއާގައި ފެންބޮޑުވުން: 250 އަށްވުރެ ގިނަ މީހުން މަރުވެ، ހަތަރުލައްކަ މީހުން ހާލުގައިޖެހިފައި

22 އޯގަސްޓު 2017
އިންޑިއާގައި ފެންބޮޑުވުން: 250 އަށްވުރެ ގިނަ މީހުން މަރުވެ، ހަތަރުލައްކަ މީހުން ހާލުގައިޖެހިފައި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް