Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރޮހިންޖާ މުސްލިމުން

ރަޚައިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފުކަންކަން ކުށްވެރި ކުރަން، ހާލުގައި ޖެހިފައިވަނީ މުސްލިމުން އެކަންޏެއް ނޫން: ސޫކީ

ސޫޗީ މިހެން ވިދާޅުވީ، މިޔަންމާގެ ގާނޫނު ހަދާ މަޖިލީހުގައި އަންގާރަ ދެއްވި ތަގުރީރެއްގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2017 | އަންގާރަ 04:52
މިޔަންމާގެ ލީޑަރ  އަންގ ސަން ސޫޗީ

މިޔަންމާގެ ލީޑަރ އަންގ ސަން ސޫޗީ

ރަޚައިން ސްޓޭޓްގެ ހާލަތާ މެދު ދުނިޔޭގެ ކަންބޮޑުވުން އޮތްކަން އެނގިލައްވާ ކަމަށާއި މިޔަންމާ ސަރުކާރުން އިންސާނީ ހައްގުތަކާ ހިލާފު ހުރިހާ ކަމެއް ކުށްވެރިކުރާ ކަމަށް، އެ ގައުމުގެ ލީޑަރު ލީޑަރު އަންގ ސަން ސޫކީ ވިދާޅުވެއްޖެ އެވެ.

ސޫކީ މިހެން ވިދާޅުވީ މިޔަންމާގެ ގާނޫނު ހަދާ މަޖިލީހުގައި އަންގާރަ ދެއްވި ތަގުރީރެއްގައެވެ. މިޔަންމާގެ ރޮހިންޖާ މުސްލިމުނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކަށް ދުނިޔޭގައި ނަޒަރު ހުއްޓިފައިވާ އިރު، މިއީ މިކަމާ ގުޅިގެން ސޫކީ ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

"ރަޚައިންގެ ހާލަތާ މެދު ދުނިޔޭގެ އެކި ކަން ކޮޅުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުުން. އެކަކު އަނެކަކު ބޮލުގަ އިލްޒާމް އެޅުވުން ނުތަވަ ޒިންމާއިން ރެކުމަކީ މިޔަންމާ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން. އިންސާނީ ހައްގުތަކާ ހިލާފު ކަންކަމާއި ގަވާއިދާ ހިލާފަށް ދެމުންދާ ހަމަލާތައް މިޔަންމާ ސަރުކާރުން ކުށްވެރި ކުރަން. މުޅި ސްޓޭޓްގައި ސުލްހަ މަސަލަސްކަމާއި ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށް މިޔަންމާ ސަރުކާރުން މިހިރީ،" ސޫކީ ވިދާޅުވިއެވެ.

މީގެ އިތުރުން، ސެކިއުރިޓީ އޮޕަރޭޝަންތައް ކުރިއަށް ގެންދާ އިރު ކޯޑް އޮފް ކޮންޑަކްޓްއާ އެއްގޮތަށް މަސައްކަތް ކުރުމަށް އަސްކަރިއްޔާއަށް އަންގާފައިވާކަން ސޫކީ ފާހަގަ ކުރެއްވިއެވެ. އަދި ހަމަނުޖެހުންތަކާ ގުޅުމެއް ނެތް އާންމު ރައްޔިތުންނަށް އަނިޔާ ނުވާ ގޮތަށް އޮޕަރޭޝަންތައް ހިންގުމަށް އަންގާފައިވާނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އޮގަސްޓް 25 އިން ފެށިގެން މިޔަންމާގެ ރަޚައިން ސްޓޭޓްގައި ހަމަނުޖެހުންތައް ގިނަވެ، 400،000 އަށް ވުރެ ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝަށް ދަތުރުކޮށްފައެވެ. އަރަކަން ރޮހިންޖާ ސެލްވޭޝަން އާމީން ފުލުސް ޕޯސްޓްތަކަކަށް ހަމަލާ ދީފައިވާކަމަށް ބުނެ، މިޔަންމާ ސަރުކާރުން ވަނީ އެ ސަރަހައްދުގައި ސެކިއުރިޓީ އޮޕަރޭޝަނެއް ފަށާފައެވެ. ސަރުކާރުން ދަނީ އިންސާނީ އެހީ ފޯރުކޯށްދޭ ޖަމިއްޔާތަކަށް ހުރަސް އަޅަމުންނެވެ.

ސަރުކާރުން ބުނާ ގޮތުގައި ހަމަނުޖެހުންތައް ހިންގަމުންދަނީ ރޮހިންޖާ މުސްލިމުންނެވެ. ބަންގްލަދޭޝަށް ދަތުރުކުރި ފަރާތްތަކުން އަސްކަރިއްޔާއިން އެމީހުންގެ ގެތައް އަންދަމުންދާކަމަށް ތުހުމަދު ކުރުމުން، ސަރުކާރުން ބުނެފައިވަނީ ގަތެއް އަންދަމުން ދަނީ ވެސް ރޮހިންޖާ މުސްލިމުންކަމަށެވެ.

އަންގާރަ ދުވަހު ދެއްވި ތަގުރީރުގައި ސޫކީ ވިދާޅުވީ، ހަމަނުޖެހުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ހުރިހާ ފަރާތްތަކަށް ހަމްދަރްދީ ވެލައްވާކަމަށެވެ.

"ގެ ދޫކޮށް ދާން ޖެހިފައިވާ މީހުން ވަރަށް ގިނަ. ހަމަ އެކަނި މުސްލިމުންނެއް ނޫން، ނުވަތަ ރަޚައިން މީހުނެއް ނޫން. އިތުރު މައިނޯރިޓީ ގްރޫޕްތައް ވެސް ހިމެނޭ. ނަމަވެސް މި މީހުންގެ ވާހަކައެއް ދުނިޔޭގަ ގިނަ ކަންކޮޅުތަކަކަށް ނޭނގޭ،" ސޫކީ ވިދާޅުވިއެވެ.

ސޫކީ މިހެން ވިދާޅުވި އިރު، އދ.ފަދަ ޖަމިއްޔާތަކުގެ އިސް އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މިޔަންމާ ސަރުކާރުން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަނީ "ނަސްލު ނައްތާލުމުގެ ލާމަސީލު މިސާލެއް"ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާ އަސްކަރިއްޔާ އިން ލާއިންސާނީ ޖަރީމާތައް ހިންގި ކަމުގެ ސާފު ހެކި ވަނީ ލިބިފައި: އެމްނެސްޓީ

މިޔަންމާ އަސްކަރިއްޔާ އިން ލާއިންސާނީ ޖަރީމާތައް ހިންގި ކަމުގެ ސާފު ހެކި ވަނީ ލިބިފައި: އެމްނެސްޓީ

18 އޮކްޓޯބަރު 2017
މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު މަޝްވަރާ ކުރުުމަށް ސެކިޔުރިޓީ ކައުންސިލް އެއްވަނީ

މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު މަޝްވަރާ ކުރުުމަށް ސެކިޔުރިޓީ ކައުންސިލް އެއްވަނީ

26 ސެޕްޓެމްބަރު 2017
މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޓިލާސަން

މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޓިލާސަން

15 ސެޕްޓެމްބަރު 2017
 ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2017
ރޮހިންޖާ މައްސަލަ: އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އިންސާނީ އެހީއަށް ޖާގަދޭން ގުޓްރޭޒް ގޮވާލައިފި

ރޮހިންޖާ މައްސަލަ: އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އިންސާނީ އެހީއަށް ޖާގަދޭން ގުޓްރޭޒް ގޮވާލައިފި

13 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު