Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެރެލާގައި ފެން ބޮޑުވުން

ކެރެލާގައި ފެންބޮޑުވެ 16 މީހަކު މަރުވެއްޖެ

ބައެއް އަވަށްތަކުގައި ފެންބޮޑުވެ ކިސަޑު ފޭބުމުގެ ހާދިސާތައް ވަނީ ހިނގާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 ޖުލައި 2018 | ބުރާސްފަތި 16:12
ކެރެލާގެ ގޮނޑުދޮށް: ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފައި

ކެރެލާގެ ގޮނޑުދޮށް: ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފައި

އިންޑިއާގެ ކެރެލާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 16 މީހަކު މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

އިންޑިއާގެ ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކެރެލާގެ އަވަށްތައް ކަމަށްވާ ކޮއްޓަޔަމް، އަލަޕޫޒާ އަދި އިޑުއްކިއަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މިއީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މިހާ ގިނަ އަދަދަކަށް ވާރޭ ވެހުނު ފުރަތަމަ ފަހަރެވެ.

ޚަބަރުތައް ބުނާ ގޮތުގައި މީހުން މަރުވީ ބައެއް އަވަށްތަކުގައި ފެންބޮޑުވެ ކިސަޑު ފޭބުމާ ގުޅިގެންނެވެ.

ކެރެލާގެ އަވަށްތަކުގައި ދިރިއުޅޭ 10،000 އެއްހާ މީހުން ހިކިފަސް ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމަސައްކަތުގައި ހަރަކާތްތެރިވާ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް އިން ބުނެއެވެ. އެ ފޯސް އިން ބުނީ އެ ހިސާބުން މީހުން ރިލީފް ކޭމްޕްތަކަށް ބަދަލުކުރުމުގައި އިސްކަން ދެނީ މުސްކުޅިންނާއި ބަލިމީހުންނަށް ކަމަށެވެ.

ކެރެލާއަށް ކުރަމުންދާ ވިއްސާރައިގައި އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު މިއީ ފާއިތުވެދިޔަ ފަސްއަހަރާ އަޅާބަލާއިރު ކެރެލާގައި މިއަހަރު ވަނީ 18 ޕަސެންޓަށް ވުރެ އިތުރަށް ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރިލީފް ކޭމްޕްތައް ވެސް ވަނީ ޖަހާފައެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ފަސްދުވަހުގެ ތެރޭގައި ވެސް ކެރެލާއަށް ބޯކޮށް ވާރޭ ވެހޭނެއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު