Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުލަކު އަތޮޅަށް ކުރައްވާ ދަތުރުފުޅު

އެމްޓީސީސީން މަސައްކަތްކުރަނީ ކުރިއަތް އޮތް މަސްދުވަހުގެ ތެރޭގައި ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމަށް: ރައީސް ޞާލިޙް

ސަރުކާރުން ވައުދުވީ އެރަށުގައި 25 ހެކްޓަރުގެ ބިން ހިއްކުމަށް، 17 ހެކްޓަރުގެ ބިން ހިއްކާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 އޯގަސްޓު 2022 | ހޮނިހިރު 17:21
ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

އެމްޓީސީސީން މަސައްކަތްކުރަނީ ކުރިއަތް އޮތް މަސްދުވަހުގެ ތެރޭގައި މ. ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ވައުދުވީ ރަށުގައި 25 ހެކްޓަރުގެ ބިން ހިއްކުމަށްކަމަށާއި 17 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާކަމަށެވެ. އަދި އެމްޓީސީސީން ތައްޔާރުވަނީ ރަށުގައި ނުނިމި އޮތް ބިން ހިއްކުމުގެ މަޝްރޫއު ނިންމައި ވީ ވައުދުތައް ފުރިހަމަކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އުދަ އެރުމުގެ ސަބަބުން ދިއްގަރަކީ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިލާން ޖެހިފައިވާ އެއް ރަށް ކަމަށާއި، ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ލިބެމުން އައި ގެއްލުމަކީ ރައްޔިތުން ތަހައްމަލުކުރަމުން އައި އެއް ކަންތައްކަމަށް ރައީސް ވިދާޅުވިއެވެ.

ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލެވުނީ އެތައް ބައެއްގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިކަމުގެ ކްރެޑިޓް ލިބޭނީ ރައްޔިތުންނަށް ކަމަށެވެ. ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އެ ސަރުކާރަކާ އެއްވިސްނުމެއްގައި ތިބުމުން ޕްރޮޖެކްޓްތައް ނިންމަން ފަސޭހަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން ހުށަހަޅާ ހުށަހެޅުންތަކަށް އަމަލީ ސިފަ ގެނެސްދޭނެކަމަށް އެހެން ސަރުކާރުތަކުންވެސް ވައުދުވެފައިވާނެ ކަމަށާއި، މިއަދު އެ ދުވަސްވީ ތަކުލީފަށް ހައްލެއް ގެނެސްދިނީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ދުއްތުރާކޮށް ޕްރޮޖެކްޓްތައް ހުއްޓުވުން އެއީ ޚިޔާލު ތަފާތުވުން ނޫންކަމަށާއި، އަދި އެއީ ޕްރޮޖެކްޓްތައް ހުއްޓުވަންޖެހޭ ސަބަބެއް ނޫންކަމަށާއި، މިއަދުވެސް އެކަހަލަ ބައެއް ކަންތައްތައް ދިމަވާވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ބިން ހެޔޮގޮތުގައި ބޭނުންކުރުމުގެ ޕްލޭނެއް ކައުންސިލުން ތައްޔާރުކުރުމަށް އެދިވަޑައިގެން ރައީސް ވިދާޅުވީ، އިގުތިސާދީގޮތުން، ރަށުގައި ތިބެގެން ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދައިދޭން ޖެހޭނެކަމަށެވެ. އަދި މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ކައުންސިލަށްކަމަށް ރައީސް ވިދާޅުވިއެވެ.

1400ށްވުރެ ގިނަ މީހުން ދިއްގަރުގެ ރަޖިސްޓްރީގައި ތިބިކަމަށާއި 1،000ށްވުރެ ގިނަ ރައްޔިތުން ރަށުގައި ދިރިއުޅެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރަށްވުރެ ރަނގަޅު ބަޖެޓެއް އަންނަ އަހަރު ދިއްގަރަށް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު