Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް

ލޯންގް ޖަމްޕުގެ ޤައުމީ ރެކޯޑު އަނެއްކާ ވެސް ނާހިލް މުގުރާލައިފި

ދާދި ފަހުން ނާހިލް ވަނީ ތުރުކީގެ ކޮންޏާގައި ކުރިއަށް ދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް ލޯންގް ޖަމްޕުގެ ޤައުމީ ރެކޯޑު މުގުރާލާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޯގަސްޓު 2022 | ހޮނިހިރު 06:23
އިބްރާހިމް ނާހިލް ނިޒާރު

އިބްރާހިމް ނާހިލް ނިޒާރު

މިހާރު ކުރިއަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ވާދަކޮށް، އިބްރާހިމް ނާހިލް ނިޒާރު ލޯންގް ޖަމްޕްގެ ޤައުމީ ރެކޯޑު މުގުރާލައިފިއެވެ.

ދާދި ފަހުން ނާހިލް ވަނީ ތުރުކީގެ ކޮންޏާގައި ކުރިއަށް ދިޔަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވެސް ލޯންގް ޖަމްޕުގެ ޤައުމީ ރެކޯޑު މުގުރާލާފައެވެ. އެ މުބާރާތުގައި 13 އަހަރުން ކުރިން ހުސެއިން ހަލީމް ހަދާފައިވާ ރެކޯޑު ނާހިލް މުގުރާލީ، 6.71 މީޓަރު ދުރަށް ފުއްމައިގެންނެވެ. ހަލީމް ވަނީ 6.47 މީޓަރު ދުރަށް ފުންމާފައެވެ.

ހޮނިހިރު ދުވަހު ނާހިލް ވަނީ އިސްލާމިކް ސޮލީޑަރިޓީ ގޭމްސްގައި އޭނާ އައު ކުރި ޤައުމީ ރެކޯޑު މުގުރާލާފައެވެ. އެއީ 6.82 މީޓަރު ދުރަށް ފުންމައިގެންނެވެ. ދެ ވަނަ ފަހަރަށް ނާހިލް ޤައުމީ ރެކޯޑު މުގުރާލިއިރު، މިއަހަރުގެ ކުރީކޮޅު ކުރިއަށް ދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވެސް ނާހިލް ވަނީ ވިދާލާފައެވެ.

ރެކޯޑު މުގުރާލައި، ނާހިލް ވަނީ ލޯންގް ޖަމްޕުގެ ރަން މެޑަލް ހޯދާފައެވެ. މި ބައިގެ ދެ ވަނަ ހޯދީ 6.48 މީޓަރަށް ފުންމައިގެން އިބާދުﷲ އާދަމްއެވެ. އިބާދު އަކީ ރައުހަތް ސްޕޯޓްސް އެކަޑަމީގެ އެތުލީޓެކެވެ. ތިން ވަނަ ހޯދީ ސާއިދު ސްޕޯޓްސް އެކަޑަމީގެ އާދަމް ރިފްއަތެވެ. އެއީ 5.71 މީޓަށް ފުންމައިގެންނެެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ވަނީ އަންހެން ލޯންގް ޖަމްޕް އިވެންޓު ވެސް ކުރިއަށް ގެންގޮސްފައެވެ. މި އިވެންޓުގެ އެއް ވަނަ ހޯދީ ނޫރާ ޢަބްދުލް ހަމީދެވެ. އެއީ 4.83 މީޓަރަށް ފުންމައިގެންނެވެ. މި އިވެންޓުގެ ދެ ވަނަ ހޯދި އާމިނަތު ލަޔާނާ 4.80 މީޓަރަށް ފުންމިއިރު، ތިން ވަނަ ހޯދި އައިޝަތު ޝުބާ ސަލީމް ވަނީ 4.78 މީޓަށް ފުންމާފައެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
07 މާރިޗު 2017

ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ

07 މާރިޗު 2017
ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު