Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިމަރަފުށީ ހަރުކަށި ފިކުރު

އަލީ މުނީޒަށް ޓެރަރިޒަމްގެ ދައުވާއެއް އުފުލި ސަބަބު: އަމާޒަށް ތީރު ޖެހުމާއި، ރާޅާ ދެކޮޅަށް ފަތަން ދަސްކުރުން

އޭނާގެ މައްޗަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އޯގަސްޓު 2022 | ބުރާސްފަތި 07:02
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުއަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވަނީ އަލީ މުނީޒަށް ލިބިގެންވާ ޙައްޤުތައް ކިޔާދެއްވާފައެވެ. އެއަށްފަހު ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތައް އިއްވާފައެވެ. އެގޮތުން "ދިވެހި ސަރުކާރުގެ ވެރިން އަތުޖެހޭ ހިސާބަށް އަތުވެއްޖެނަމަ މަރާލަންޖެހޭ" ކަމަށް އޭނާ ބުނެފައިވާކަމަށް ދައުލަތުން ފުރަތަމަ ދައުވާ އިއްވަމުން ބުނެފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

އެ ދައުވާއާ ގުޅޭގޮތުން އަލީ މުނީޒުގެ ވަކީލު އަހުމަދު ޔާމީން ވަނީ، އޭނާ ކުށުގެ އަމަލު ހިންގި ވަގުތަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އެގޮތުން ވަކި އަހަރުތަކެއް ބަޔާންކޮށްފައިވާއިރު، އޭނާ އަމަލު ހިންގިކަމަށް ބެލެވޭ ވަގުތާއި ގުޅޭގޮތުން ތަހުގީގަށް ހޯދިފައިވަނީ އެ މިންވަރުތޯ ގާޒީ އަލީ ނަދީމްވެސް އިތުރަށް ސުވާލު ކުރެއްވިއެވެ.

އެކަމާއި ގުޅިގެން ދައުލަތުން ބުނާ ގޮތުގައި 2018ން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް އެކި ފަހަރުމަތިން އެކި ތަންތަނުގައި އަލީ މުނީޒު ޓެރަރިޒަމަށް ހިތްވަރު ދީފައިވެއެވެ. އެކަން ސާބިތު ކުރުމަށް އެންމެ އަސާސީ ހެކިތަކެއްގެ ގޮތުގައި ހުށައަޅާފައިވަނީ މި މައްސަލައިގެ ސިއްރު ހެކިންކަން ދައުލަތުން ފާހަގަ ކުރެއެވެ. މި ދައުވާގައި އަހަރު ބަޔާންކޮށްފައިވަނީ ސިއްރު ހެކިވެރިންގެ ސިއްރުކަން ދެމެހެއްޓުމުގައި މަޤްސަދުވެސް އޮތުމުންކަމަށް ދައުލަތުން ބުނެއެވެ.

އަލީ މުނީޒު ވަނީ އެ ދައުވާއަށް އިންކާރު ކޮށްފައެވެ. ވުމާއެކު ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ.

އޭނާގެ މައްޗަށް ކުރާ ދެވަނަ ދައުވާއަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ބުނާ ގޮތުގައި އޭނާ 2019 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ތ ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމާއި، އަމާޒަށް ތީރު ޖެހުމުގެ ޓްރެއިނިންގ ލިބިގަތުމާއި، ތ ކަނިމީދޫއަށް ދާ ދަތުރުތަކުގައިވެސް އަމާޒަށް ތީރު ޖެހުމާއި، ރާޅާއި ދެކޮޅަށް ފެތުމާއި، ތަންތަނަށް އެރުން ފަދަ އުކުޅުތައް ދަސްކޮށްފައިވެއެވެ.

އެ ދައުވާއަށްވެސް އަލީ މުނީޒު އިންކާރު ކުރެއެވެ.

އޭނާގެ މައްޗަށް ކުރާ 3 ވަނަ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާއަށްވެސް އޭނާ އިންކާރު ކުރެއެވެ.

ގާޒީ ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވާފައެވެ. އޭނާއަށް ކުރާ ދައުވާތަކާއި ގުޅިގެން ގާޒީ ވަނީ ލިއުމުން ދިފާއީ ހެކި ހުށައެޅުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އޭގެ އިތުރުން ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށްވެސް ގާޒީ ވަނީ ފުރުސަތު ދެއްވާފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި

22 ފެބުރުއަރީ 2017
ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު