Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގްރެންފެލް ޓަވަރ

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

އިމާރާތުގެ ތެރެއިން ފުލުހުން މިހާތަނަށް ނެރެފައިވަނީ 16 މީހެއްގެ ހަށިގަނޑު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 17 ޖޫން 2017 | ހޮނިހިރު 22:30
ގްރެންފެލް ޓަވަރ ގައި އަލިފާން ރޯވެ އަނދަނީ

ގްރެންފެލް ޓަވަރ ގައި އަލިފާން ރޯވެ އަނދަނީ

ލަންޑަންގެ ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ވަރުގަދަ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ނިންމައިފިއެވެ. އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ އެކިއެކި ފަންގިފިލާތައް ވަކިވަކިން ބަލައި ފުލުހުން ގެންދަނީ މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ކަނޑައެޅިއިރު، އޭގެ ތެރޭގައި މަރުވެފައި ވަނިކޮށް މިހާތަނަށް ފެނިފައިވާ 30 މީހުންގެ ހަށިގަނޑުވެސް ހިމަނާފައި ވެއެވެ. "ގްރެންފެލް ޓަވަރުގައި ދިރިއުޅޭ މީހުންގެ ތެރެއިން، އަލިފާނުގެ ހާދިސާ ހިނގި ރޭ، ވީނުވީއެއް ނޭނގި ގެއްލިގެން އަޅުގަނޑުމެންނަށް ރިޕޯޓް ކޮށްފައިވަނީ 58 މީހުން. އެހެންކަމުން، ވަރަށް ހިތާމަޔާއެކު ދަންނަވަން، އެމީހުން މަރުވެފައިވާނޭ ކަމަށް އަޅުގަނޑު ކަނޑައަޅަން" ޕޮލިސް ކޮމާންޑަރ ސްޓުއާޓް ކުންޑީ، ނޫސްވެރިންގާތު ވިދާޅުވިއެވެ. ސްޓުއާޓް ވިދާޅުވީ، ގެއްލިފައިވާ މީހުންނާބެހޭ މައުލޫމާތު އިތުރަށް ލިބެމުންދާ މިންވަރަކަށް އަލިފާނުގެ ހާދިސާގައި މަރުވި ކަމަށް ކަނޑައެޅި މީހުންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އިމާރާތުގެ ތެރެއިން ދިރިހުރި އެކަކުވެސް ފެނުމުގެ އުންމީދެއް ނެތްކަމަށް ވަނީ ކަނޑައަޅާފައެވެ. އިމާރާތުގެ ތެރެއިން ފުލުހުން މިހާތަނަށް ނެރެފައިވަނީ 16 މީހެއްގެ ހަށިގަނޑެވެ. މަރުވެގެން ހަށިގަނޑު ނެރުނު މީހުންގެ ތެރެއިން ފުލުހުން ފުރަތަމަ ދެނެގަނެފައިވަނީ، ސޫރިޔާގެ ރެފިއުޖީއެއް ކަމަށްވާ އުމުރުން 23 އަހަރުގެ މުހަންމަދު އަލްހާޖްއަލީ ނަމަކަށްކިޔާ ޒުވާނެކެވެ. އަލިފާނުގެ ހާދިސާގައި މޮރޮކޯ ރައްޔިތުންގެ 7 މީހުން މަރުވެފައިވާ ކަމަށް މޮރޮކޯ ސަރުކާރުގެ ޚާރިޖިއްޔާއިން ކަށަވަރު ކޮށްދީފައި ވެއެވެ. އަލިފާނުގެ ހާދިސާގައި ފިހިގެން އަނިޔާވި މީހުންގެ ތެރެއިން 19 މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ގެންދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 10 މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ގްރެންފެލް ޓަވަރު އަލިފާނުގެ ހާދިސާއާ ގުޅިގެން އާންމުންގެ ރުޅިވެރިކަން އިންތިހާއަށް މައްޗަށް ގޮސްފައިވެއެވެ. ބޮޑުވަޒީރު ތެރީސާ މޭއަށާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އާންމުންގެ ރުޅިވެރިކަންވެސް އަމާޒުވެފައި ވެއެވެ. ބުދަދުވަހުގެ ހާދިސާއަކީ ބައެއްގެ އިހުމާލުން ހިނގި ހާދިސާއެއް ކަމަށްބުނެ، މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި އަދި ގެދޮރު ގެއްލުނު މީހުންނަށް އިންސާފު ހޯދައިދިނުމަށްވެސް އާންމުން ގެންދަނީ ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ

ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ

23 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު

ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު

20 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު