Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަބްރޫކް އިސްތިއުފާ ދެއްވުން

މަބްރޫކް އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މިއުވާން އައްޔަންކޮށްފި

މިއުވާން މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރެއްގެ މަގާމުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 އޯގަސްޓު 2022 | ބުދަ 07:39
ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބްރޫކް (ކ) އަދި އެ މަގާމަށް އައްޔަން ކުރި މިއުވާން (ވ)

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބްރޫކް (ކ) އަދި އެ މަގާމަށް އައްޔަން ކުރި މިއުވާން (ވ)

ރައީސް އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމުން މަބްރޫކް އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމުން މުޙައްމަދު މަބްރޫކް ޢަޒީޒު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އޮފީހާއި ސަރުކާރަށް އޭނާ ކޮށްދެއްވާފައި ވަނީ ވަރަށް އިޚުލާސްތެރި، އަދި އަގުހުރި ޚިދުމަތްތަކެއް ކަމަށާއި، އޭނާ ކޮށްދެއްވާފައިވާ ތަޢުރީފު ހައްޤު މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

މަބްރޫކް މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވަން ބޭނުންވެވަޑައިގަންނަވާކަން ރައީސް ސާލިހަށް ވެސް މީގެ މަސްތަކެއް ކުރިން ދަންނަވާ އެމަނިކުފާނުގެ އިރުޝާދާއެކު ކުރިއަށް ވަޑައިގަންނަވަމުން ގެންދެވީކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް ވިދާޅުވީ އުނދަގޫ ދަތި ހާލަތުގައި ރަނގަޅަށް މަސައްކަތްކުރުމުގެ މަގުފަހިވެ، ރާއްޖެއަށް ދިމާވި ކާރިސާގެ ތެރޭގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި މާތްﷲ އަށް ޝުކުރުވެރިވާކަމަށެވެ.

މަބްރޫކް މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު، ރައީސް އޮފީހުގެ ތަރުޖަމާނުގެ މަޤާމަށް މިއުވާން މުހައްމަދު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ އައްޔަން ކުރައްވާފައެވެ. މިއުވާން މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައެވެ.

މިއުވާން ރައީސް އޮފީހުގެ ތަރުޖަމާނުކަމަށް އައްޔަން ކުރެއްވުމާއި ގުޅިގެން މަބްރޫކް ވަނީ މިއުވާނަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން މަބްރޫކް ވިދާޅުވީ ނޫސްވެރިއެއްގެ ހައިސިއްޔަތުންނާއި ކޮމިއުނިކޭޝަން އޮފިޝަލެއްގެ ގޮތުގައި މިއުވާން ކުރައްވާފައިވާ މަސައްކަތަކީ ނަމޫނާ މަސައްކަތެއް ކަމަށާއި، ތަރުޖަމާނެއްގެ ހައިސިއްޔަތުން ވެސް އޭނާ ރަނގަޅަށް މަސައްކަތް ކުރައްވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މަބްރޫކް ވަނީ ރާއްޖޭގެ ނޫސްވެރިންނަށް ވެސް މެސެޖެއް ދެއްވާފައެވެ. މަބްރޫކް ވިދާޅުވީ ނޫސްވެރިންގެ ކޯލްތަކާއި، މެސެޖް އަދި އެންމެ ނުގަޑީގައި ވެސް އަންނަ ކޯލްތަކާއި މެސެޖްތައް މަތިން ހަނދާންވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ހިޔާލުތަފާތުވުންތަކުގެ ތެރެއިން ވެސް ސަރުކާރުގެ ކަންކަން ނޫސްވެރިން ރިޕޯޓްކޮށް ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައިވާއިރު، މިނިވަން އަދި ވަކިއަތަކަށް ނުޖެހޭ މީޑިއާއެއް އަބަދުވެސް އޮންނާނެކަމަށް އުއްމީދުކުރައްވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ ރައީސް ސާލިހުގެ މެސެޖްތައް އާންމުންނާ ހަމައަށް ފޯރުކޮށްދެއްވުމަށް އޭނާއަށް ކުރެއްވި އިތުބާރަށް ރައީސްއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މަސައްކަތް ކުރެއްވި އިރު ލިބިވަޑައިގެންނެވި ތަޖްރިބާއަކީ އަބަދަށްވެސް ދެމިހުންނާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ނިންމާލައްވަމުން މަބްރޫކް ވަނީ އޭނާގެ ޓީމަށާއި، އާއިލާއާއި ރައްޓެހިން އަދި ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތް ކުރެއްވި އެންމެންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެންނަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ޝަރުތެއް ނެތި މުބީން ޖޭޕީއަށް ބަދަލުވުމަށް، ނޫނީ އިސްތިއުފާ ދިނުމަށް ގޮވާލައިފި

10 އެޕްރީލު 2017
ޝަރުތެއް ނެތި މުބީން ޖޭޕީއަށް ބަދަލުވުމަށް، ނޫނީ އިސްތިއުފާ ދިނުމަށް ގޮވާލައިފި
06 އެޕްރީލު 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

06 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު