Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭޕީގެ ބަޔާން

ޝަރުތެއް ނެތި މުބީން ޖޭޕީއަށް ބަދަލުވުމަށް، ނޫނީ އިސްތިއުފާ ދިނުމަށް ގޮވާލައިފި

10 އެޕްރީލު 2017 | ހޯމަ 19:33

މުބީން ހޮވުމަށް ގިނަ ހޭދައަކާއި ބޮޑު ޚަރަދެއް ޖޭޕީން ކުރެވުނު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 10 އެޕްރީލު 2017 | ހޯމަ 19:33
މުބީން އާއި އަބްދުއް ރަހީމް: ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައި

މުބީން އާއި އަބްދުއް ރަހީމް: ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައި

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާއަށް ހޮވިވަޑައިގެންފައިވާ މެންބަރު އަހުމަދު މުބީން އެނބުރި އެޕާޓީއަށް ވަޑައިގަތުމަށާއި ނޫން ނަމަ އިސްތިއުފާ ދެއްވުމަށް ޖުމްހޫރީ ޕާޓީ ފީއަލީ ގޮފިން ގޮވާލައިފިއެވެ.

މުބީންގެ ދާއިރާގައި ހިމެނޭ ފީއަލީގެ ޖުމްހޫރީ ޕާޓީގެ ގޮފިން މިހެން ގޮވާލީ ޤާސިމް ހައްޔަރު ކުރުމާއި މަޖިލީހުގައި ކަންކަން ކުރަމުންދާ ގޮތާމެދު ހޯމަ ދުވަހު ނެރުނު ބަޔާނެއްގައެވެ.

Advertisement - newsAdvertisement

އެބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވާ ހައްޔަރުކުރުން އެގޮފީގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ޤާސިމް އިބްރާހީމަށް ދެމުން ގެންދާ އަނިޔާއަކީ އިންސާފުން އެއްކިބާވެ، ނުހައްޤުން ދެމުން ގެންދާ އަނިޔާއެއް ކަމަށް ދެކޭ ކަމަށާއި އެ އަމަލު ހިންގުމުގައި ބައިވެރިވާ އެންމެހާ ފަރާތްތައް އިންސާފްގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު އެފަރާތްތަކަށް ދިނުމަށް ގޮވާލާ ކަމަށް ބަޔާނުގައިވެ އެވެ.

ފީއަލީ ގޮފިން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ޤާނޫނުން ލިބިދޭން ޖެހޭ އެންމެހާ އިނާޔަތްތަކާއި ރައްކާތެރިކަން ނުޙައްޤުން ނިގުޅައިގަނެ، މަޖިލީހުގެ ތަޅުމަށް ހުށަހެޅުނު ކުއްލި މައްސަލައަށްވެސް ފުރުސަތެއް ދިނުމެއް ނެތި، މަޖިލީހުގެ ތަޅުމަށް ޤާސިމް އިބްރާހީމް ހާޒިރުކުރުމެއްނެތި ހޯމަ ދުވަހު ކަންކަން ހިންގާފައިވާ ގޮތަކީ ލަދުވެތި ޢަމަލެއް ކަމަށެވެ. އެއަމަލު ކުށްވެރިކުރާ ކަމަށާއި މިހާރުން މިހާރަށް ޤާސިމް މިނިވަން ކުރުމަށް ގޮވާލާކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެގޮފިން ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ބިލެތްދޫ ދާއިރާއަށް ކުރިމަތިލާ ޕާޓީއާ އެގޮފީގެ ފަރާތުން ނުހަނު ގިނަގުނަ ހޭދައާއި، ޚަރަދުކޮށްގެން މަޖިލީހަށް ދާއިރާ ތަމްސީލް ކުރުމަށް ހޮވާފައިވާ މެންބަރު އަހުމަދު މުބީން އެއްވެސް ޝަރުތެއްނެތި މިހާރުން މިހާރަށް ޖުމްހޫރީ ޕާޓީއަށް ރުޖޫއަވެ ރައްޔިތުންގެ ފަރާތައް އަރާވަޑައިގަތުމަށް ގޮވާލާ ކަމަށެވެ. ނޫންނަމަ މިހާރުން މިހާރަށް އިސްތިއުފާ ދެއްވައި ދާއިރާގެ ގޮނޑި ހުސްކޮށް ދެއްވުމަށް ގޮވާލާކަމަށް ޖުމްހޫރީ ޕާޓީ ފީއަލި ގޮފިން ވަނީ ބުނެފައެވެ.

ޖޭޕީ ފީއަލި ގޮފިން މިގޮތައް ގޮވާލާފައިވާއިރު ޤާސިމް ހައްޔަރު ކުރުމާ ދެކޮޅަށް މުޅި ރާއްޖޭގެ އެކިސަރަހައްދު ތަކުގައި ދަނީ ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

09 އެޕްރީލު 2017
42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި
06 އެޕްރީލު 2017

އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު

06 އެޕްރީލު 2017
އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު
06 އެޕްރީލު 2017

ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!

06 އެޕްރީލު 2017
ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
13 މާރިޗު 2017

ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު

13 މާރިޗު 2017
ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް