Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-އިންޑިއާ ގުޅުން

ޖޭއެސްސީއާއި އިންޑިއާއާ ދެމެދު ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީނު ކުރުމާގުޅޭ އެމްއޯޔޫގައި ސޮއިކޮށްފި

23 އޯގަސްޓު 2022 | އަންގާރަ 07:26

މިއީ ޝަރުއީ ދާއިރާއިން އެއްބާރުލުން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އޯގަސްޓު 2022 | އަންގާރަ 07:26
ޖޭއެސްސީއާއި އިންޑިއާއާ ދެމެދު ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީނު ކުރުމާގުޅޭ އެމްއޯޔޫގައި ސޮއިކުރުން

ޖޭއެސްސީއާއި އިންޑިއާއާ ދެމެދު ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީނު ކުރުމާގުޅޭ އެމްއޯޔޫގައި ސޮއިކުރުން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިންޑިއާއާ ދެމެދު ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީނު ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު އޮތް ރަސްމިއްޔާތެއްގައި ޖޭއެސްސީގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރައްވާފައިވަނީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އައު ސަފީރު މުނޫ މަހާވަރުއެވެ.

މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ނެއިބަރހުޑް ފަރސްޓް ޕޮލިސީގެ ދަށުން އަނެއްކާވެސް ކުރިއަށް ގެންދެވޭ އިތުރު މަސައްކަތެކެވެ. އެގޮތުން އިންޑިއާގެ ކެބިނެޓުން އެކަމަށް ހުއްދަ ދިނުމަށް ފާސްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

މި އެއްބަސްވުމުގެ ދަށުން ކޯޓުތަކުގެ މަސައްކަތް އިތުރަށް ޑިޖިޓަލައިޒް ކުރުމާއި، އައިޓީގެ ދާއިރާއިން އިތުރަށް މަސައްކަތްތައް ފުޅާ ކުރެވިދާނެ ގޮތުގެ ތަމްރީނު ފޯރުކޮށްދިނުމަށް ގިނަ ކަންކަން ވަނީ ރޭވިފައެވެ. ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޖުޑީޝަރީގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

އެކަމާ ގުޅޭގޮތުން ޖޭއެސްސީން ބުނީ، އިންޑިއާއިން ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާ ކުރާކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކުރުން ވެގެންދާނީ މުޅި ޖުޑީޝަރީއަށްވެސް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަކަށްކަން ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވަނީ ރާއްޖެއާއި އިންޑިއާ ސަރުކާރުގެ އިސް ވެރިންނަށް ޝުކުރު އަދާ ކުރައްވައި، މިފަދަ އެއްބަސްވުމެއްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ހިސާން ވިދާޅުވީ، މި އެމްއޯޔޫގެ ސަބަބުން ގިނަ ފުރުސަތުތަކެއް ރާއްޖޭގެ ޝަރުއީ ދާއިރާއަށްވެސް ލިބިގެންދާ ކަމަށެވެ. މިއީ އިންޑިއާއާއެކު މިފަދައިން ވެވުނު ދެވަނަ އެއްބަސްވުންކަންވެސް ހިސާން ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އައު ސަފީރު މުނޫ މަހާވަރު ވަނީ އެ ޤައުމުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ނެއިބަރހުޑް ފަރސްޓް ޕޮލިސީގެ ދަށުން އެ ޤައުމުން ގެންދަނީ އެކި ރޮނގުރޮނގުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިންޑިއާގެ "ނެއިބަރހުޑް ފަސްޓް ޕޮލިސީ" އަކީ އެ ގައުމުން ހާއްސަ އިސްކަމެއްދޭ ސިޔާސަތެއް ކަމަށާއި މި ސިޔާސަތުގެ ދަށުންވެސް އެންމެ އިސްކަމެއް ދެނީ ރާއްޖެއަށް ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ރާއްޖެއިން އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން އޮންނާނީ ތައްޔާރަށް ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

04 އެޕްރީލު 2017
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް