Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިންލެންޑްގެ ބޮޑުވަޒީރު ޑްރަގަށް ނެގެޓިވް

ޕާޓީކުރެއްވި ފިންލެންޑްގެ ބޮޑުވަޒީރު ޑްރަގަށް ނެގެޓިވް

19 އޮގަސްޓް ގައި ނެގުނު ބޮޑުވަޒީރުގެ ސާމްޕަލު މަސްތުވާތަކެތީގެ އެއްވެސް ބާވަތަކަށް ޕޮޒިޓިވްވެފައިނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 އޯގަސްޓު 2022 | އަންގާރަ 02:53
ފިންލޭންޑްގެ ބޮޑުވަޒީރު ސަނާ މާރިން

ފިންލޭންޑްގެ ބޮޑުވަޒީރު ސަނާ މާރިން

ފިންލެންޑްގެ ބޮޑުވަޒީރު ސަނާ މާރިން ޕާޓީކުރައްވާ ވީޑިއޯއެއް ލީކުވެފައިވާ މައްސަލަ ހޫނުވެ އެންމެފަހުން ޑްރަގަށް ޓެސްޓްކުރައްވާފައިވާއިރު އެކަމަނާ ޑްރަގަށް ނެގެޓިވް ކަމަށް ނަތީޖާއިން ދައްކައިފިއެވެ.

ބޮޑުވަޒީރުގެ ޚާއްސަ އެޑްވައިޒަރ ވިދާޅުވީ މާރިންގެ ޔޫރިން ސާމްޕަލް މަސްތުވާތަކެތީގެ އެކި ބާވަތްތައްކަމުގައިވާ ކޮކެއިން، ކެނެބިސް، އެމްފެޓަމިންސް، އޮޕިއޮއިޑްސް އަށް ޓެސްކޮށްފައިވާކަމަށެވެ.

ބޮޑުވަޒީރުގެ އޮފީހުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 19 އޮގަސްޓް ގައި ނެގުނު ބޮޑުވަޒީރުގެ ސާމްޕަލު މަސްތުވާތަކެތީގެ އެއްވެސް ބާވަތަކަށް ޕޮޒިޓިވްވެފައި ނުވާކަމަށެވެ.

އުމުރުފުޅުން 36 އަހަރުގެ މާރިން، ފިންލެންޑްގެ މަޝްހޫރު ލަވަކިޔުންތެރިނާއި އާޓިސްޓުންނާއެކު ޕާޓީކުރައްވާ ވީޑިއޯ ފިންލެންޑްގެ ގިނަ ސޯޝަލް މީޑިޔާ ޕްލެޓްފޯމުތަކެއްގެ އިތުރުން ބައިނަލްއަގުވާމީ މަސްރަހުގައިވެސް ވަނީ ވައިރަލްވެފައެވެ. ވީޑިއޯ ވައިރަލްވުމާއެކު ސޯޝަލް މީޑިޔާގެ އެކި ޕްލެޓް ފޯމުތަކުގައި ވަނީ އެކިގޮތްގޮތަށް މިވީޑިއޯއާ ގުޅޭގޮތުން ވާހަކަތައް ދެކެވިފައެވެ. އެގޮތުން އެކަމަނާ ހުންނެވީ މަސްތުގެ ހާލުގައިކަމަށް ބުނެ ވާހަކަތައް ދެކެވިފައިވެއެވެ.

އެކަމާގުޅިގެން ހުކުރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މާރިން ވިދާޅުވީ  މިތުހުމަތުތައް ވަރަށް ސީރިޔަސްކޮށް ނަންގަވާކަމަށާއި އެކަމާގުޅިގެން ޑްރަގަށް ޓެސްޓް ކުރައްވާފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ދުވަހަކުވެސް ބޭނުންނުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މާރިން ވަނީ ޕްރައިވެޓް ޕާޓީއެއްގައި ނައްޓަވާ މަންޒަރު ފެންނަ ވީޑިއޯ ޕަބްލިޝްކުރުމުން އެކަމާ ނުރުހުންފާޅުކުރައްވާ އެއީ ހަމައެކަނި ރަހުމަތްތެރިންނަށް ފެންނަންޖެހޭ ވީޑިއޯއެއްކަމަށް ވިދާޅުވެފައެވެ.

އަދި މިވީޑިއޯކޮށްފައިވަނީ ޕްރައިވެޓް ތަނެއްގައިކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޕާޓީގައި އެއްވެސް މީހަކު މަސްތުވާތަކެތި ބޭނުންކޮށްފައި ނުވާކަމަށް މާރިން ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފިންލެންޑްގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާފައިވާ މާރިންއަކީ ދުނިޔޭގެ އެންމެ ހަގު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ވީޑިއޯއާ ގުޅިގެން ފިންލެންޑުގެ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުންނާއި އިދިކޮޅުންވެސް ވަނީ އެކަމަނާ ޑްރަގަށް ޓެސްޓްކުރެއްވުމަށް ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

19 ޖޫން 2017

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

19 ޖޫން 2017
ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު