Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

އިންގްލެންޑުން ފިންލެންޑު ބަލިކޮށްފި

މޮޅާއެކު އިންގްލެންޑު ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޮކްޓޯބަރު 2024 | ހޯމަ 04:17
މެޗުގައި ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ނޭޝަންސް ލީގު ބީގެ ގުރޫޕު ދޭއްގައި ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންގްލެންޑުން ގުރޫޕުގެ ދެ ވަނައިގައި ހަމަޖެހިލައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 3-1 އިންނެވެ. އޭގެ ކުރިން ގްރީސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން، އިންގްލެންޑު އޮތީ ވެސް ޕްރެޝަރުގަ އެވެ.

ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން 18 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޖެކް ގްރީލިޝް އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި، މެޗުގެ 74 ވަނަ މިނެޓުގައި އިންގްލެންޑުގެ ދެ ވަނަ ލަނޑު ޖެހީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އެވެ. އޭގެ ދިހަ މިނެޓު ފަހުން އިންގްލެންޑުގެ ތިން ވަނަ ލަނޑު ޖެހީ ޑެކްލަން ރައިސް އެވެ. މެޗުގައި ފިންލެންޑުގެ ހަމައެކަނި ލަނޑަކީ 87 ވަނަ މިނެޓުގައި އާޓޫ ހޮސްކޮނެން ޖެހި ލަނޑެވެ.

މޮޅާއެކު އިންގްލެންޑު ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ތިން މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއް ވަނައިގައި އޮތް ގްރީސް ވަނީ މިހާތަނަށް އެ ޓީމުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

ޔުއެފާ ނޭޝަންސް ލީގުއިންގްލެންޑުގެ ގައުމީ ޓީމުފިންލޭންޑް

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
10 ސެޕްޓެމްބަރު 2025

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް
07 ސެޕްޓެމްބަރު 2025

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު
05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު