Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިންލޭންޑް ނޭޓޯއާ ގުޅުން

ފިންލޭންޑަށް ނޭޓޯގެ މެމްބަރުކަން

4 އެޕްރީލު 2023 | އަންގާރަ 15:07

ފިންލޭންޑުން ނޭޓޯއާ ގުޅުމާއެކު، އަސްކަރީގޮތުން އެއްވެސް އަތަކަށް ނުޖެހި ފިންލޭންޑް އޮތް އޮތުމަށް މިވަނީ ނިމުން އައިސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 އެޕްރީލު 2023 | އަންގާރަ 15:07
ފިންލޭންޑް ދިދައާއި ނޭޓޯގެ ދިދަ، ފިންލޭންޑްގެ ފޮރިން މިނިސްޓްރީގައި ނަގާފައި

ފިންލޭންޑް ދިދައާއި ނޭޓޯގެ ދިދަ، ފިންލޭންޑްގެ ފޮރިން މިނިސްޓްރީގައި ނަގާފައި

ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)ގެ މެމްބަރުކަން ރަސްމީކޮށް ފިންލޭޑަށް ދީފިއެވެ.

ނޭޓޯގެ މެމްބަރުކަން ފިންލޭންޑަށް ދީފައިވަނީ އޭޕްރިލް ހަތަރުވަނަ ދުވަހުއެވެ. އެއާއެކު ނޭޓޯގެ 30 މެމްބަރު ގައުމުގެ ދިދައާއެކު ފިންލޭންޑްގެ ދިދަވެސް ވަނީ މިހާރު، ބްރަސްލްސްގައި ހުންނަ ނޭޓޯގެ މައި އިދާރާގައި ނަގާފައެވެ.

މީގެ ކުރިން ފިންލޭންޑަކީ އަސްކަރީގޮތުން އެއްވެސް ގައުމަކާއެކު ބައިއަތު ހިފާފައިވާ ގައުމެއްނޫނެވެ. ނަމަވެސް އެގައުމުން ނޭޓޯއާ ގުޅުމާއެކު، އަސްކަރީގޮތުން އެއްވެސް އަތަކަށް ނުޖެހި ފިންލޭންޑް އޮތް އޮތުމަށް މިވަނީ ނިމުން އައިސްފައެވެ.

ފިންލޭންޑުން ނޭޓޯއާ ގުޅެން ނިންމާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުންނެވެ. މިއާއެކު އެގައުމުން ވަނީ, ރަޝިއާއަކީ އެގައުމެއް ސަލާމަތަށްވެސް އޮތް ނުރައްކަލެއް ކަމަށް ދެކި، ނޭޓޯގެ މެމްބަރު ގައުމަކަށް ވުމުގެ މަސައްކަތް ފަށާފައެވެ.

ނޭޓޯގެ މެމްބަރު ގައުމަކަށް، އެހެން ގައުމަކުން ހަމަލާއެއް ދީފިނަމަ، އެޖަމިއްޔާގެ ހުރިހާ ގައުމެއް އެގައުމެއްގެ ދިފާއުގައި ތެދުވެ ރައްދު ހަމަލާ ދޭންޖެހޭނެއެވެ.

ފިންލޭންޑުން ނޭޓޯގެ މެމްބަރުކަން ހޯދުމާއެކު އެކަމުގެ ކަންބޮޑުވުން ރަޝިއާއިން ވަނީ ފާޅުކޮށްފައެވެ. އަދި މިއާއެކު އަޅަންޖެހޭ ފިޔަވަޅުތައް ރަޝިއާއިން އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ފިންލޭންޑާއެކު ސްވިޑްންއިންވެސް ވަނީ ނޭޓޯގެ މެމްބަރުކަން ހޯދުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، ނޭޓޯގެ މެމްބަރަކަށް ވުމަށްޓަކައި އެޖަމިއްޔާގައި މިހާރު ތިބި ހުރިހާ ގައުމެއްގެ ރުހުން ބޭނުންވާތީއާއި, ނަމަވެސް ތުރުކީއާއި ހަންގޭރީގެ ރުހުން ސްވިޑްންއަށް ނުލިބޭތީ އެގައުމަށް ވަނީ ނޭޓޯގެ މެމްބަރުކަން ހޯދުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

ފިންލޭންޑްނޭޓޯ

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2025

ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ
03 ސެޕްޓެމްބަރު 2025

ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
12 ޖުލައި 2025

ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

12 ޖުލައި 2025
ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
14 އޮކްޓޯބަރު 2024

އިންގްލެންޑުން ފިންލެންޑު ބަލިކޮށްފި

14 އޮކްޓޯބަރު 2024
އިންގްލެންޑުން ފިންލެންޑު ބަލިކޮށްފި
26 ޖޫން 2024

ނޭޓޯގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ޑަޗް ބޮޑުވަޒީރު މާކް ރަޓާ

26 ޖޫން 2024
ނޭޓޯގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ޑަޗް ބޮޑުވަޒީރު މާކް ރަޓާ
26 އެޕްރީލު 2024

ޗައިނާއިން ހުޅަނގާއެކު ރަނގަޅު ގުޅުމެއް ގާއިމުކުރަން ބޭނުންނަމަ ރަޝިއާއަށް އެހީ ފޯރުކޮށްދިނުން ހުއްޓައިލަންޖެހޭ: ނޭޓޯ

26 އެޕްރީލު 2024
ޗައިނާއިން ހުޅަނގާއެކު ރަނގަޅު ގުޅުމެއް ގާއިމުކުރަން ބޭނުންނަމަ ރަޝިއާއަށް އެހީ ފޯރުކޮށްދިނުން ހުއްޓައިލަންޖެހޭ: ނޭޓޯ
29 ޖޫން 2023

ވެގްނަރ ގްރޫޕު ބެލަރޫސްގައި ތިބުމަކީ ސަރަހައްދަށް އޮތް ނުރައްކަލެއް: ނޭޓޯ

29 ޖޫން 2023
ވެގްނަރ ގްރޫޕު ބެލަރޫސްގައި ތިބުމަކީ ސަރަހައްދަށް އޮތް ނުރައްކަލެއް: ނޭޓޯ
25 މެއި 2023

ދުނިޔޭގެ އެންމެ ބޮޑު އެއަރކްރާފްޓް އުފުލާ ބޯޓު ނޭޓޯގެ ތަމުރީނުތަކަށް އޮސްލޯއަށް

25 މެއި 2023
ދުނިޔޭގެ އެންމެ ބޮޑު އެއަރކްރާފްޓް އުފުލާ ބޯޓު ނޭޓޯގެ ތަމުރީނުތަކަށް އޮސްލޯއަށް
07 އެޕްރީލު 2023

ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީ އާއި ހަންގޭރީ ދެކޮޅުހަދަނީ ކީއްވެ؟

07 އެޕްރީލު 2023
ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީ އާއި ހަންގޭރީ ދެކޮޅުހަދަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް