Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ 2023

މަރޭ އަންދާޒާ ކުރާ ގޮތުގައި އައިއޯއައިޖީގައި ރާއްޖެއަށް 21 މެޑަލް ލިބޭނެ

22 އޯގަސްޓު 2022 | ހޯމަ 06:22

ފާއިތުވި 18 މަސް ދުވަހު އެތުލީޓުންގެ ޕާފޯމަންސްއަށް ބަލާއިރު، ކުރިއަށް އޮތް ގޭމްސްގައި 21 މެޑަލް ލިބޭނެ ކަމަށް މަރޭ ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޯގަސްޓު 2022 | ހޯމަ 06:22
މަރްޒޫގް

މަރްޒޫގް

އަންނަ އަހަރު އޮންނަ އިންޑިއަން އައިލެންޑް އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދިވެހި އެތުލެޓީކުން 21 މެޑަލް ހޯދާނެ ކަމަށް އަޙުމަދު މަރުޒޫގް (މަރޭ) ބުނެފިއެވެ.

މަރޭ ވަނީ ކުރިން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) ގެ ޖެނަރަލް ސެކްޓްރީކަމުގެ މަގާމު ވެސް އަދާކޮށްފައެވެ. ކުޅިވަރަށް ޚިދުމަތް ކުރުމުގައި ދެމި ހުރި މަރޭ މީގެ ކުރިން ވެސް ވަނީ އައިއޯއައިޖީގައި ދިވެހި އެތުލީޓުން މެޑަލް ހޯދާނެ އަަދަދު ދިމާ ކޮށްފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ ގޭމްސްގެ ކުރިން މަރޭ ވަނީ ދިވެހި އެތުލީޓުން އެ ގޭމްސްގައި ނުވަ މެޑަލް ހޯދާނެ ކަމަށް ބުނެފައެވެ. އެ އަހަރު ދިވެހި އެތުލީޓުން ހޯދާފައިވަނީ ނުވަ މެޑަލްއެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ ގޭމްސްގެ ކުރިން މަރޭ ވަނީ އެ އަހަރު ލިބޭނީ 15 މެޑަލް ކަމަށް ބުނެފައެވެ. އެއަހަރު ވެސް އެ ހިސާބު ވަނީ ދިމާވެފައެވެ.

މަރޭ އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ، ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެތައް ފަރާތްތަކުން އޭނާއަށް ގުޅައި، ކުރިއަށް އޮތް ގޭމްސްގައި ދިވެހި އެތުލީޓުންނަށް ކިތައް މެޑަލް ހޯދޭނެތޯ އަހައި ސުވާލު ކުރި ކަމަށެވެ. މަރޭ ބުނީ ކުރިއަށް ގޭމްސް އޮތް އިރު، މިހާރު ދިވެހި އެތުލީޓުންގެ ފެންވަރު އެނގޭކަމަށެވެ.

ފާއިތުވި 18 މަސް ދުވަހު އެތުލީޓުންގެ ޕާފޯމަންސްއަށް ބަލާއިރު، ކުރިއަށް އޮތް ގޭމްސްގައި 21 މެޑަލް ލިބޭނެ ކަމަށް މަރޭ ބުނެފައިވެއެވެ. ތަކުރާރުކޮށް މަރޭ ވަނީ އެ އަދަދު ބުނެފައެވެ. މީގެ އިތުރުން މަރޭ ބުނީ 21 މެޑަލް ހޯދުން ބިނާވެގެންދާނީ އެކަމަށް ޕްލޭން ކުރެވޭ ގޮތަކާއި، ތައްޔާރުވެވޭ ގޮތެއްގެ މައްޗަށް ކަމަށެވެ. އިތުރަށް މަރޭ ބުނީ މެޑަލަށް ޓާގެޓު ކުރާ އެތުލީޓުންނަށް ކުރިއަށް އޮތް 10 މަސް ދުވަހަަށް ޕްލޭންއެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ކުރިން މެޑަލަށް ޓާގެޓު ކުރަ އެތުލީޓުންނަށް ބޭރު ޤައުމުތަކުން ތަމްރީނު ދިނުމަށް އެދޭ ކަމަށް މަރޭ ވަނީ ބުނެފައެވެ. މަރޭ ވަނީ ދިވެހި އެތުލީޓުން ޤައުމު ފަޚުރުވެރިކޮށްދޭނެ ކަމަށް ވެސް ބުނެފައެވެ.

މީގެ އިތުރުން މަރޭ ވަނީ އެމްއޯސީ އާއި ޤައުމީ އެސޯސިއޭޝަންތަކުން ސަރުކާރާއި ގުޅިގެން އެ ޓާގެޓަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ.

އަންނަ އަހަރުގެ އައިއޯއައިޖީ ކުރިއަށް ދާނީ މަޑަގަސްކަރުގައެވެ. އަންނަ އަހަރުގެ ގޭމްސް ބޭއްވުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ ރާއްޖެއަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް އައި ހީނަރުކަމުގެ ތެރެއިން ރާއްޖޭގައި ގޭމްސް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. 2019 ވަނަ އަހަރު ރާއްޖެއިން ގޭމްސް ބޭއްވުމަށް ބިޑު ކާމިޔާބުކުރިއިރު، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އާއި ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފާއެކު އެންމެ އިސް ދައުރެއް އަދާ ކުރި އެއް ފަރާތަކީ މަރޭއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް