Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހައިސިއްޔަތެއް ނެތް ބަޔަކު ކުޅުނު ޗަރުކޭހާއެކު ޔާމީން ޖެހުނު ގުއިރޯނު

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމަށް ކައުންސިލުން ނިންމުމުން އެތައް ބައެއްގެ ފާޑުކިއުން އަމާޒުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2022 | ހޮނިހިރު 14:17
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ޓިކެޓް ހަވާލުކުރަނީ

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ޓިކެޓް ހަވާލުކުރަނީ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެއްޖެއެވެ. އެކި ސިޔާސީ ޕާޓީތަކުން އިންތިހާބަށް ތައްޔާރުވާން ފަށައިފިއެވެ. އިއުލާންވެސް ކުރަން ފަށައިފިއެވެ. މިވެނި ޕާޓީއަކުން ވާދަކުރާނީ މިވެނި ބައެއްކަމަށް އަމިއްލައަށް ވެސް ކަނޑައަޅައިފިއެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް ޕީއެންސީން ރައީސް ޔާމީންގެ ކަރުގައި ވެސް މާފަތި އަޅުވައި ރިޔާސީ ޓިކެޓް ތަބަކަކަށްލާފައި ދީފިއެވެ. މިއީ މަޖުބޫރީގައި ކުރިކަމެއް ނުވަތަ ރުހިގެން ކުރިކަމެއް ކަމެއް ސީދާ ނޭނގެއެވެ. އެކަމަކު މި ޗަރުކޭހެއް ކުޅެން އިދިކޮޅު އިސްވެރިން އުޅޭތާ ދުވަސްކޮޅެއްވެއްޖެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހިބަކޮށް ބަޔަކު ދިން އިރު، އެ ރިޔާސީ ޓިކެޓް ކާމިޔާބުކުރުމަށް އެ ޕާޓީގެ އިސް ސަފުގައި ތިބި އެތައް ބަޔަކު ތިބީ އުއްމީދިތަކެއް ކޮށްގެންނެވެ. މިއީ އާ ވާހަކައެއް ނޫނެނެވެ. އެ ޕާޓީތެރޭގައި ވެސް ރައީސް ޔާމީނަށް ސަޖިދަ ޖަހާ ހިސާބަށްދާވަރަށް ތާއީދުކުރާ ބަޔަކު އެބަތިއްބެވެ. އެންމެ ފަހުން ގޮސް އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދިން ގޮތް ކަމުނުދާކަމަށް ބައެއް އިސް ފަރާތްތަކުން ހޮޅުއައްޓާ ކޮފީ މޭޒުތަކުގައި ދައްކަން ފެށުމުން އެކަން އެނގިވަޑައިގެން ކޯފާވެ ހުންނެވި ވަރުން ރައީސް ޔާމީން ހެއްވާލަން ކަމެއް ކޮށްލާނަމޭ ހިތާ އަދުރޭމެން ފަދަ ބޭފުޅުން މޮޔަކަމެއް ކުރަން ނިންމެވިކަމަށްވެއެވެ.

ހުކުރު ދުވަހުގެ ރެ ވެގެން ދިޔައީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީން ރިޔާސީ އިންތިހާބަށް މަސައްކަތް ފެށި ރެއަށެވެ. ސިޔާސީ ގޮތުން ބޮޑު ރެއެކެވެ. އިދިކޮޅު ކެންޑީޑޭޓަށް ރިޔާސީ ޓިކެޓް ދިން އިރު، ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީގެ އެންމެ ބޮޑު އެއް އެއްވުން ކަމުގައިވާ ކޮންގްރެސްއެވެ. ކޮންގްރެސްގެ ވާހަކަ ބާއްވާނަމަވެ. އެއްކަލަ ރައީސް ޔާމީން ބޮޑާ ހާއްކަވާފައި ހުންނެވި ވަރުން އެމަނިކުފާނު ކުރެއްވި ކަމަކީ ގަނޑުތަކެއްގައި މިވެނި އެވެނި ދާއިރާއެއް ކަމެއް ލިޔެ ޕްރިންޓްކޮށް ޖެހުނުހާ މީހަކު އަތަށްދީގެން ރައީސް ޔާމީން ސަޕްރައިޒްއެއް ދެއްވީއެވެ.

ޓްރޮފީ ވިއްކާ އާދައިގެ ފިހާރައަކުން ޓްރޮފީއެއް ގަނެގެން އައިސް އަދުރޭމެން ކުރެއްވި ކަަމަކީ ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރައިވަޑައިގެން ތިބަވާ ދުވަހަކު ދާއިރާއެއް ރަށެއް އޮތްތަނެއްވެސް ނޭނގޭ ބަޔަކުލައްވާ ގަނޑުކޮޅެއް ހިފައިގެން ތިބެ "ސަޕްރައިން ރައީސް" އޭ ވިދާޅުވާ އުސޫލުން ރިޔާސީ ޓިކެޓް ރަސްމީކޮށްދިން ކަމަށް ދެއްކިއެވެ. އަދުރޭމެންގެ މި ގުއިރޯނުގައި ރައީސް ޔާމީން ނިކަން ރަނގަޅަށް ޖެހިއްޖެއެވެ. ރައީސް ޔާމީންގެ މޫނުފުޅުން ފެނިވަޑައިގެންނެވި ހިނިތުންވުމާއެކު، މާ ބޮޑަށް ވެސް އަދުރޭމެންގެ ގުއި ރޯނުގައި ރައީސް ޔާމީން ނިކަން ރަނގަޅަށް ބެދިއްޖެއެވެ.

ނަމަވެސް ފަކީރު ރައީސް ޔާމީނަށް އެކަމުގެ ރޭކާއެއްވެސް ލިހެން ހިޔެއް ނުވެއެވެ. އެމަނިކުފާނު އެ އެންމެންގެ މެދުގައި ބަހައްޓަވާފައި ހުންނެވީ ރޯ ތުއްތު ކުއްޖަކު އަތަށް ލޮލީޕޮޕެއް ދިނީމަ ހުންނަ ބީދައިންނެވެ. ވަށައިގެން ޗަރުކޭސް ކުޅުއްވަމުން ގެންދެވި މީހުންގެ ތެރެއިން ގިނަ ބަޔަކީ އެ ހަރަކާތެއް އޮތް ބައެއްކަމެއް ވެސް ނުދެނަހުރި ބައެކެވެ. ނަމަވެސް އެ ކުޅުު ޗަރުކޭސް މޮޅެވެ.

ދެން އޮތީ ރައީސް ޔާމީނަށް ޓިކެޓް ދިން އިރު އެ ޓިކެޓަށް ފައި ވިއްދާފައި ތިބި މީހުންގެ ވާހަކަވެސް ދައްކާލަންޖެހެއެވެ. ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒާއި، މެންބަރު ޣައްސާނާއި މިހެން ގޮސް ދެތިން މީހަކު އެބަތިއްބެވެ. ޓިކެޓަށް ފެންބޮވައިގަނެގެން ތިއްބާ އެންމެ ފަހުން އެންމެ ޑިމޮކްރަޓިކް ކަމަށް ވަކާލާތުކުރާ ޕާޓީން މިވަނީ ރައީސް ޔާމީން ޓިކެޓް ވެސް ހިބަކޮށްދީފައެވެ.

ޕީޕީއެމުން ބުނަމުންދަނީ މިހާރު ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީއަކީ އެޕާޓީ ކަމަށެވެ. އެޕާޓީން ބުނާ ގޮތުގައި ޕީޕީއެމުން ބާއްވާ ޕްރައިމަރީތަކަށް ކުރިމަތިލުމުގެ ފުރުސަތު ޕާޓީގެ ކޮންމެ މެންބަރަކަށް ލިބިގެންދާނެ ކަމަށެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ނަމަވެސް އަސާސީ ގަވައިދުގެ ދަށުން މުޅި ކައުންސިލް އެއްބަސްވެވޭ ހާލަތެއްގައި ވަކި މީހަކަށް ޓިކެޓު ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިކަމުން އެނގިގެން މިދިޔައީ އިޚްލާސްތެރިކަމެއް ނެތްކަމެވެ. ޕީޕީއެމްގެ މެމްބަރުންގެ އަދަދު 50 ހާހަށް އަރާކަމަށް ބުނެ އަޑު ހަރުކޮށް އެޕާޓީއަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުން ވާހަކަ ދައްކަވާއިރު، އެދަންނަވާ 50 ހާސް މެމްބަރުންނަށް އޮތީ ކޮން އުފަލެއްތޯއެވެ؟ ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގެ ފުރުސަތެއް ނޯވެއެވެ. ޕާޓީގެ ސިޔާސީ މާބޮޑު ޙަރަކާތްތެރިކަމެއް ނެތެވެ. އާދައިގެ ރައްޔިތަކަށް ޕާޓީގެ އިސް މަޤާމަށް އާދެވޭކަމަށް ނުވެއެވެ. މެމްބަރުންގެ ސޮއެ ހޯދުމަށްފަހު ދެން މެމްބަރުން ތިބޭކަން ހަނދާންވަނީ އަނެއްކާވެސް ޖަލްސާއެއް ބާއްވަން ވީމައެވެ. 

ދިވެހި ރައްޔިތުން އަތުން ގަދަކަމުން ސޮއެ ހޯދައިގެން ޕީޕީއެމްއިން ކުރާހާވެސް ކަމެއްގެ ގޮތުގައި މިފެންނަނީ އޭގެ ތެރެއިން ކޮންމެ ސޮޔަކަށް އެތައް ސަތޭކަ ރުފިޔާއެއް އިލެކްޝަންސް ކޮމިޝަނުން ކޮންމެ އަހަރަކު ހޯދުމެވެ. އާޚިރުގައި އަހަރު ނިމިގެންދާއިރު، އާއްމު މެމްބަރުންނަށް ޕާޓީއިން ކޮށްދޭ އެއްވެސް ކަމެއް ނެތެވެ. 

ޕީޕީއެމްގެ ކަންކަން ނިންމުމުގެ ބާރު އޮންނަ ކައުންސިލަކީ އެއްކޮށްކަހަލަ ގޮތަކަށް ޕާޓީގެ ރައީސް އައްޔަންކުރާ ބައެކެވެ. ޤަވާޢިދުން ކޮންގްރެސް ނުބާއްވައެވެ. ރިޔާސީ ޓިކެޓް އަމިއްލަފުޅަށް ރައީސް ޔާމީން އެހޯއްދެވީ އެމަނިކުފާނު އެކި ވަޒީފާތައް ދެއްވާފައި ތިއްބެވި ބޭބޭފުޅުންނާއި މަޖިލިސް މަދު މެމްބަރުންކޮޅެއް ހިމެނޭ ކައުންސިލަކުން ނިންމައިގެންނެވެ. ޕާޓީގެ އާއްމު މެމްބަރުން ކުރެން ހޭ ވެސް އަހައިނުލައެވެ. މިއީ އެބޭފުޅުން ދަންނަ ޑިމޮކްރަސީއެއް ނޫންކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން2023 ރިޔާސީ އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު