Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީޗަރ ރިޕޯޓް

ހާމައަށް މާރާމާރީ ހިންގާއިރު ބަލައިގެން ވީޑިއޯ ކުރުމުގައި!

ރާއްޖޭގައި އާއްމު ތަންތަނުގައި މާރާމާރީ ހިންގުން ވަނީ އާއްމުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2022 | އާދީއްތަ 08:28
ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި

ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި

ރާއްޖޭގައި މިހާރު ދެ ދުވަހުން އެއް ދުވަހު އަޑު އިވެނީ މާރާމާރީ ހިންގައިގެން އުޅޭ ވާހަކައެވެ. ކޮންމެ ވެސް މީހަކަށް ތޫނު އެއްޗަކުން ނުވަތަ ހަތިޔާރަކުން ހަމަލާދިން ވާހަކައެވެ. މިފަދަ ކަމެއް ހިނގައިފިނަމަ ނޫސްތަކުގެ ފަލަސުރުޙީތަކަށް އެރުމުގެ ކުރިން ސޯޝަލް މީޑިއާގެ ޒަރީއާއިން އެ މަންޒަރު ލައިވްކޮށް ކޮންމެ މީހަކަށް ވެސް ބަލައިލެވެއެވެ. އަނިޔާވެރި އެ މަންޒަރުތައް ވީޑިއޯކޮށް ސޯޝަލް މީޑިއާ ދޫކޮށްލާއިރު ފެނިގެންދަނީ ހިތާމަވެރި މަންޒަރުތަކެކެވެ. އެންމެންގެ ކުރިމަތީގައި ހާމައަށް މީހަކަށް ހަމަލާދޭއިރު އާއްމުން ކުޅި ބަލަން ތިބޭ މަންޒަރެވެ.

ރޯމާ ދުވާލު މަގުމަތީގައި މީހުންނަށް އަނިޔާކުރާ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވަމުންދާއިރު ކޮންމެ ވީޑީއޯއަކުން ވެސް މި މަންޒަރުތައް ފެނެއެވެ. މާރާމާރީ ހިންގާތީ އެ ސަރަހައްދުން އުޅަނދު ދުށްވަން ދަތިވުމުން މަޑުކޮށްލައިގެން ތިބެނީއެވެ. އަނިޔާކޮށް ނިމޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެ މާރާމާރީ ނިމި ޓްރެފިކް ރަނގަޅުވުމުން ދާން ބޭނުންވާ ތަނަކަށް ދެެވޭނެ އިންތިޒާރުގައެވެ. ކުރިމަތިން ފެންނަ މަންޒަރަކީ "އާއްމު" ކަމެއް ކަމަށް ބަލައި އަޅާވެސް ނުލަނީއެވެ. އެއްބަޔަކު މި އިންތިޒާރުގައި ތިބޭއިރު އަނެއްބަޔަކު އަވަސް ވެގަންނަނީ އެ މަންޒަރު އަވަހަށް ވީޑިއޯކޮށް، ސޯޝަލް މީޑިއާއަށް ދޫކޮށްލުމަށެވެ.

މިފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވުމުން ވީޑިއޯތަކަށް ކޮމެންޓު ކުރާ ފަރާތްތަކުން މަންޒަރު ބަލަން ތިބޭ މީހުންނަށާއި ވީޑިއޯ ކުރާ މީހުންނަށް ފާޑު ކިޔައެވެ. އެފަދަ ލާއިންސާނީ އަމަލެއް ލޯ ކުރިމަތީގައި ހިނގަމުންދާއިރު ހުއްޓުވާނެ މީހަކު ނެތީތޯ ސުވާލު އުފައްދައެވެ. މަންޒަރު ބަލަން ތިބޭ މީހުން ސިފަވަނީ ސިނަމާގައި ފިލްމެއްގެ ވަރުގަދަ ތަޅާލުންގަޑެއް ބަލައިލަން ތިބި ބައެއްގޮތުގައި ކަމަށް ވެސް ބުނެއެވެ.

މިގޮތަށް ކޮމެންޓު ކުރާ ފަރާތްތަކަށް ރައްދު ދޭ މީހުން ވެސް މަދެއް ނޫނެވެ. ރައްދުގެ ގޮތުގައި ގިނަ ފަހަރު ބުނަނީ އެފަދަ ކަމެއް ހުއްޓުވަން އުޅެފިނަމަ ވާނެ ގޮތް އެނގޭތީ އެކަން ހުއްޓުވަން ކައިރިވާން މީހުން ޖެހިލުންވަނީ ކަމަށެވެ. ގިނަ ފަހަރު މިގޮތަށް ހިންގާ މާރާމާރީތަކަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގާ މާރާމާރީތައް ކަމުން އޭގެ ތެރެއަށް ވަނުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ވީޑިއޯ ކުރާ ފަރާތްތަކަށް ކިޔާ ފާޑުކިޔުމުން ދޭ ޖަވާބުތަކަކީ އެ މީހުން ވީޑިއޯކޮށް، އެ ވީޑިއޯތައް ސޯޝަލް މީޑިއާއަށް ދޫކުރުމުން އެ މާރާމާރީ ހިންގާ މީހުން ހޯދުމަށް ފުލުހުންނަށް ފަސޭހަވާނެ ކަމެވެ. އަދި އަމިއްލައަށް އެކަން ހުއްޓުވަން ނުކެރޭތީ އެހެން ގޮތަކުން އިންސާފު ހޯދައިދޭން ކުރާ ކަމެއް ކަމަށް ވެސް ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލާ ފަރާތްތަކުން ބުނެއެވެ. އަދި ވީޑިއޯ ސޯޝަލް މީޑިއާއަށް އާއްމު ކުރުމުން ފުލުހުންގެ ސަމާލުކަމަށް އެކަން އައުން ވެސް މާ އަވަސް ކަމަށް ބައެއް މީހުން ބުނެއެވެ.

ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް އެ ވީޑިއޯތައް ދޫކޮށްލެވެނީ ހެޔޮ ނިޔަތެއްގައި ކަމަށް ތިމާއަށް ގަބޫލު ކުރެވުނު ނަމަވެސް އެއީ އެފަދަ އަނިޔާވެރި ކަންކަމަށް ލިބޭ ހިތްވަރަކަށް ވެދާނެއެވެ. މިފަދަ މަންޒަރުތައް ފެނުމުން މީހުންގެ މެދުގައި ބިރުވެރިކަން އުފެދުމުގެ ފުރުސަތު ބޮޑުވެ، މާރާމާރީ ހިންގާ ފަރާތްތަކަށް އެކަން ކުރުމުގައި ޖެހިލުން ކުޑަވެގެންދެއެވެ. އެހެން ގޮތަކަށް އިންސާފު ހޯދައިދޭން ވީޑިއޯ ކުރާނަމަ އެ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ވީޑިއޯ ހަވާލު ކުރަންވީ ކަމާ ބެހޭ ފަރާތްތަކާއެވެ.

ރާއްޖޭގައި މާރާމާރީ "ނޯމަލައިޒް" ކުރެވެނީ އެކަން ކުރިމަތީގައި ހިނގާއިރު ހުއްޓުވާނެ ބަޔަކު ނެތުމުން ކަަމަށާއި ފުލުހުންނަށް އެކަންކަން ހުއްޓުވަން މަސައްކަތް ނުކުރެވޭތީ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފީޗަރ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023
އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

23 ޖޫން 2023
މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

23 މެއި 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު